Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަރަބިއްޔާ ސްކޫލްގެ މަސައްކަތް

"ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ 2024ގައި އަރަބިއްޔާގެ އާ އިމާރާތުގައި ކިޔެވުން ފެށޭނޭ"

އަރަބިއްޔާ ސްކޫލްގެ އެޅުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން 168 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަގަކަށް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 އެޕްރީލު 2023 | ހޯމަ 06:50
އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރު ޢާއިޝަތު ޢަލީ

އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރު ޢާއިޝަތު ޢަލީ

ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގޮސްފި ނަމަ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށަން ވާއިރަށް އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގައި ކިޔަވާދޭން ފެށޭނެ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ އެފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިޤް (ޓޮމް) ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ތާރިޤު ވަނީ ޢަރަބިއްޔާ ސްކޫލަށް މާލޭގައި އާ ޢިމާރާތެއް އެޅުމަށް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާ ކަމަށް 2022 ވަނަ އަހަރު އިޢުލާންކޮށްފައިވާތީ އެ ޢިމާރާތް ކޮންޓްރެކްޓްކޮށްފައިވަނީ ކޮން އަގެއްގައި، ކޮން މުއްދަތަކަށް ނިންމުމަށްތޯ ސުވާލުކުރައްވާފައެވެ. އަދި މިހާރު މަސައްކަތް ނިމިފައިވަނީ ކިހާވަރަކަށްތޯ އަދި ސްކޫލް ބޭނުންކުރަން ފެށޭނެ ދުވަހެއް އެނގިވަޑައިގަންނަވާތޯ ވެސް ސުވާލުކުރައްވާފައިވެއެވެ.

މިހާރު އަރަބިއްޔާ ސްކޫލްގެ ކޮންސެޕްޓް ކުރަހާ ނިންމާފައިވާ ކަށާއި، މިހާރު ކުރިއަށް ދަނީ އެ އިމާރާތުގެ ތަފްސީލީ ކުރެހުން ކުރެހުމުގެ މަސައްކަތް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ޑީޓެއިލް ޑިޒައިން ނުވަތަ ތަފްސީލީ ކުރެހުން މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. ހޯމަ ދުވަހުގެ ވަގުތެއްގައި ބާޖަމާލުއްދީން ހުރި އިމާރާތުގައި އަރަބިއްޔާ ސްކޫލްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޢަރަބިއްޔާ ސުކޫލު ކުރިން ހިންގަމުން އައި އިމާރާތް ބޭނުން ކުރަން އެކަށީގެން ނުވާތީ، މިހާރު އެ ސުކޫލު ވަގުތީ ގޮތުން ހިންގަމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގަމުން އައި އޮފީސް އިމާރާތުގައެވެ. އެކަމާއި ގުޅިގެން އެ ސުކޫލު ހިންގުމުގެ ކަންކަން ރަނގަޅު ނޫން ކަމަށް ބުނެ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިން ދަނީ ދޭތެރެދޭތެރެއިން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަރަބިއްޔާ ސްކޫލްގެ އެޅުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން 168 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަގަކަށް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާއިއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު