Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިތުރު ޒަކާތް

އަންގާރަ ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނެ!

ހުކުރު ދުވަސް ނޫން ހުރިހާ ދުވަހެއްގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 9 އެޕްރީލު 2023 | އާދީއްތަ 12:50
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުން

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުން

ގޮވާމުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އަންނަ އަންގާރަ ދުވަހުން ފެށިގެން ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާދީއްތަ ދުވަހު ބުނީ އެ ފުރުސަތު ހުޅުވާލާނީ 11 އޭޕްރިލް ވާ އަންގާރަ ދުވަހުން ފެށިގެން 20 އޭޕްރިލް ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. އެގޮތުން، ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާއްމުގޮތެއްގައި ކެއުމަށް ބޭނުން ކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Advertisement - newsAdvertisement

މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގެ ސަލާހުއްދީން ހޯލުގައެވެ. އެތަނަށް ޒަކާތް ދައްކަން ދާ ފަރާތްތަކުން ބޭނުން ކުރާނީ އަމީރު އަހުމަދު މަގުގައި ހުންނަ ކުރީގެ ދަރުމަވަންތަ ސްކޫލް ގޭޓު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ހުކުރު ދުވަސް ނޫން ހުރިހާ ދުވަހެއްގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނެއެވެ. އެގޮތުން، ހެނދުނު 10:00 ން 12:00 އަށް އަދި މެންދުރު 1:00 ން 3:15 އަށް، ރޭގަނޑު 9:00 ން 10:30 އަށް ޒަކާތް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މާލޭގައި ފައިސާއިން ފިތުރު ޒަކާތް މިހާރު ވެސް ދެއްކޭނެއެވެ. އެގޮތުން ދިރާގު، އުރީދޫ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ފިނޭންސް އިތުރުން، ފަހިޕޭ މެދުވެރިކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ރާއްޖެއިން ބަލައިގަންނަ ބާވަތްތަކާއި އަގުތައްވެސް އެ މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އާދައިގެ ހަނޑުލުން ޒަކާތް ނެރޭނަމަ، ދައްކަންޖެހެނީ 12 ރުފިޔާގެ ރޭޓުންނެވެ. އަދި ތައިލެންޑް ހުދުހަނޑުލުން 84 ރުފިޔާ، ރަތް ހަނޑުލުން 99 ރުފިޔާ ދައްކަންޖެހޭއިރު، އާދައިގެ ބާސްމަތީ ހަނޑުލުން ދައްކަން ޖެހެނީ 84 ރުފިޔާއެވެ. ހަމައެހެންމެ މޮޅު ބާސްމަތީ ހަނޑުލުން 100 ރުފިޔާގެ މަގުން، އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުން ދައްކަންޖެހެނީ 125 ރުފިޔާއެވެ.

މީގެ އިތުރުން ފުށުން ޒަކާތް ނެރެންޖެހޭ ފައިސާގެ އަދަދަށް ބަލާއިރު، އާދައިގެ ފުށުން ނަމަ ދައްކަންޖެހެނީ 12 ރުފިޔާއެވެ. އަދި އާޓާ ފުށުން ދައްކަންޖެހެނީ 75 ރުފިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމަށް ހުކުމް ކުރުން އަންނަ އަންގާރަ ދުވަހު!

ވިސާމަށް ހުކުމް ކުރުން އަންނަ އަންގާރަ ދުވަހު!

23 މާރިޗު 2017
ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

20 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު