Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ތަށި ދިފާއު ނުކުރެވޭނެ، ބޭނުން ވަނީ ޒުވާން ޓީމެއް ނެރެން: ކުޑަ ހީނާ

ވެލެންސިއާގެ ޔޫތު ޑިވެލޮޕްމަންޓުގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އެޕްރީލު 2023 | ހޮނިހިރު 19:27
ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ)

ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ)

ކުލަބް ވެލެންސިއާ އަށް ޕްރެޒިޑެންޓްސް ކަޕްގެ ތަށި ދިފާއު ނުކުރެވޭނެ ކަމަށާއި، ބޭނުން ވަނީ ޒުވާން ޓީމެއް ނެރެންކަމަށް އެ ކުލަބުގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނެފިއެވެ.

ކުޑަ ހީނާ މިހެން ބުނީ މިއަހަރުގެ ޕެރްޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ކުލަބު އީގަލްސްއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ރާއްޖެ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ކުޑަ ހީނާ ބުނީ މެޗަށް އެންމެ އެކަށީގެންވާ މިންވަރަށް ވެލެންސިއާއަށް ތައްޔާރުވެސް ނުވެވޭ ކަމަށެވެ. ސަބަބަކީ އެކި ހިސާބުގައި އެކި ކަހަލަ އުނދަގޫތައް ކުރިމަތިވުންކަން އޭނާ ފާހަގަ ކުރިއެވެ. ކުޑަ ހީނާ ބުނީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ އިން ކާމިޔާބު ކުރިއިރު ޓީމުގައި ތިބި މުހިންމު ގިނަ ކުޅުންތެރިން މިހާރު ނެތް ކަމަށެވެ. އޭނާ ބުނީ މިވަގުތު ބޭނުންވަނީ ޔޫތު ޑިވެލޮޕްމަންޓު ސިސްޓަމްގެ ތެރެއިން ކުޅުންތެރިން ހިމަނައިގެން ޓީމެއް އެކުލަވާލާ މަސައްކަތް ކުރަންކަމަށެވެ. ކުޑަ ހީނާ ބުނީ ވެލެންސިއާގެ ޔޫތު ސިސްޓަމްގެ ތެރޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބޭކަން އަބަދު ވެސް ފާހަގަވާ ކަމަށެވެ. އެ ވާހަކަތަކުގެ ތެރެއިން ކުޑަ ހީނާ ބުނީ، ފުޓުބޯޅައިގެ ނަަޒަރަކުން ބުނާނެ ވަކި އެއްޗެއް ނެތް ކަމަށެވެ.

ކުޑަ ހީނާ ބުނީ، ވެލެންސިއާ އިން އައު ކުޅުންތެރިންތަކެއް ހޯދި ކަމަށެވެ. ނަމަވެސް މިވަގުތާ ހަމައަށް ވެސް އެ ކުޅުންތެރިންގެ ރަޖިސްޓްރޭޝަންގެ ކަންތައްތައް ފުރިހަމަ ނުވާތީވެ، އެ ކުޅުންތެރިންގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެންވެސް ކުޅެން ބަލާއިރު، ކުޑަ ހީނާގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. އެގޮތުން ޓީމު އެކުލަވާލާ، ރަނގަޅު ފަރިތަކުރުމެއް ކުރިއަށް ގެންދެވިފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ވަގުތު ލިބިގެން ކަންކަން ކުރެވޭ ނަމަ، މާބޮޑު މައްސަލައެއް ދިމާނުވާނެ ކަމަށެވެ. ކުޑަ ހީނާ ބުނީ މީގެ ކުރިންވެސް އެގޮތަށް ޒުވާން ކުޅުންތެރިން ގެންގުޅެ، ތިން އަހަރު ދުވަހުން ކުރި މަސައްކަތާއެކު ފުރަތަމަ ޑިވިޝަން ކުޅެފައި އޮންނާނެ ކަމަށެވެ. ނަމަވެސް މިހާރު ފުޓުބޯޅަ އޮތް ޙާލަތަށް ބަލާއިރު، އެކަން ކުރުމުގެވެސް މާ ބޮޑު ފުރުސަތުތަކެއް ނެތް ކަމަށް ބުންޏެވެ. ކުޑަ ހީނާ ފާހަގަކުރި ގޮތުގައި ޒުވާން ކުޅުންތެރިން އިންޓަ ސްކޫލްގެ މުބާރާތްތައް ކުޅެފައި ތިބި ނަމަވެސް، މަތީ ފަންތީގެ ފުޓުބޯޅަ ކުޅުމަކީ ތަފާތު ކަމެކެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތް ވެސް ތަފާތުވާނެކަން ފާހަގަ ކުރަމުން ކުޑަ ހީނާ ބުނީ، އެ މަސައްކަތް ނުކުރެވި މުބާރާތަށް ނިކުންނަން ޖެހޭތީ ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

ވެލެންސިއާ އިން މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ތަށި ކާމިޔާބު ކުރީވެސް ކުޑަ ހީނާގެ އިރުޝާދުގެ ދަށުންނެވެ. މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތައްޔާރުވަމުން އައިއިރު، ކުލަބުތަކުގެ ތައްޔާރީތައް ފެންނަނީ ވަރަށް ފަނޑުކޮށެވެ. ހަ ޓީމާއެކު އާދިއްތަ ދުވަހުގެ ރޭ ޕެރެޒިޑެންޓްްސް ކަޕް ފަށާއިރު، މިހާތަނަށް ގިނަ ޓީމުތަކުން ކޮށްފައި ވަނީ އެންމެ ފަރިތަކުރުމެކެވެ.

ޕްރެޒިޑެންޓްސް ކަޕް 2023ކުލަބު ވެލެންސިއާއިސްމާއީލް އާސިފް (ކުޑަ ހީނާ)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

02 އޮކްޓޯބަރު 2025
ވެލެންސިއާގެ އޮތް ރާއްޖެ އިން ބޭރުގެ ދަރަނިތައް ޚަލާސްކޮށްފި

ވެލެންސިއާގެ އޮތް ރާއްޖެ އިން ބޭރުގެ ދަރަނިތައް ޚަލާސްކޮށްފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު