Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާއިން ގައުމުތަކަށް ބެއިލް-އައުޓް ޕެކޭޖް ދޫކުރ

ޗައިނާއިން ގައުމުތަކަށް 240 ބިލިއަން ޑޮލަރުގެ ބެއިލް-އައުޓް ޕެކޭޖް

ދަށް އާމްދަނީ ލިބޭ ގައުމުތަކަށް އެގައުމުން ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމާ ދިގު ގްރޭސް ޕީރިއެޑް ޗައިނާއިން ދޭކަމަށް ރިޕޯޓުތައް ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 7 އެޕްރީލު 2023 | ހުކުރު 18:45
ޗައިނާގެ ރައީސް ޝީ ޖިންޕިންގ

ޗައިނާގެ ރައީސް ޝީ ޖިންޕިންގ

ޗައިނާއިން 2008 އާއި 2021 އާ ދެމެދު ތަރައްގީވަމުން އަންނަ 22 ގައުމަކަށް، 240 ބިލިއަން ޑޮލަރުގެ ބެއިލް-އައުޓް، ދީފައިވާކަމަށް ތަފާސްހިސާބުތަކުން މިވަނީ ހާމަވެފައެވެ. މިއީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކަށް އެގައުމުން ދީފައިވާ ބެއިލް-އައުޓް ޕެކޭޖުކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ.

ޗައިނާއިން ދޫކޮށްފައިވާ ލޯނުތަކުގެ 80 އިންސައްތަ ދޫކޮށްފައި ވަނީ 2016 އާއި 2021އާ ދެމެދުއެވެ. އޭގެ ތެރޭގައި ގިނައީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކެވެ. އެގޮތުން ދިރާސާތަކުން ދައްކާގޮތުން، މިގައުމުތަކުގެ ތެރޭގައި އަރޖެންޓީނާ، މޮންގޯލިއާ އަދި ޕާކިސްތާން ހިމެނެއެވެ.

ޗައިނާއިން ވަނީ ކުރިއަރަމުން އަންނަ ގިނަ އަދަދެއްގެ ގައުމުތަކުގައި އެތައް ބިލިއަން ޑޮލަރެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަށާފައެވެ. ނަމަވެސް، މި މަޝްރޫއުތަކުން، އެދެވޭ ގޮތެއްގައި ފައިދާވަމުން ނުދާތީ މިމަޝްރޫއުތަކަށް އެގައުމުން ވަނީ ހުއްޓުމެއް ގެނަސްފައެވެ.

ޗައިނާއިން މިފަދަ ބެއިލް-އައުޓްތައް މިދެނީ، އެގައުމުގެ ބޭންކުތައް ސަލާމަތްކުރުމުގެ ނިޔަތުގައި ކަމަށް ވޯލްޑް ބޭންކްގެ ކުރީގެ ޗީފް އިކޮނޮމިސްޓެއް ކަމަށްވާ ކަރމެން ރެއިންހަރޓް ވަނީ ވިދާޅުވެފައެވެ.

ދަރަނީ ދެއްކުމުގައި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ގައުމުތަކަށް، ޗައިނާއިން ދެމުންދިޔަ ބެއިލް-އައުޓް ޕެކޭޖުތަކުގެ ނިސްބަތް، 2010 ވަނަ އަހަރު ފަސް އިންސައްތައިން، 2022 ވަަނަ އަހަރު ވަނީ 60 އިންސައްތައަށް އިތުރުވެގެން ގޮސްފައިކަމަށް ދިރާސާތަކުން ދައްކައެވެ.

އެގޮތުން އެންމެ ބޮޑު ޕެކޭޖެއް ޗައިނާއިން ދޫކޮށްފައި ވަނީ އަރޖެންޓީނާއަށެވެ. އެއީ 111.8 ބިލިއަން ޑޮލަރެވެ. ޕާކިސްތާނަށް 48.5 ބިލިއަން ޑޮލަރިގެ ޕެކޭޖެއް ދީފައިވާއިރު، މިސްރަށް ވަނީ 15.6 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ދޫކޮށްފައެވެ. މީގެ އިތުރުން، ނުވަ ގައުމަކަށް ޗައިނާއިން ވަނީ އެއް ބިލިއަން ޑޮލަރަށް ވުރެ ދަށް އަދަދުގެ ލޯނު ދޫކޮށްފައެވެ.

މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ދަނީ ޗައިނާއިން ގެންގުޅޭ 'ރެސްކިއު ލެންޑިން'ގެ މިސިޔާސަތަކީ އެއްވެސް ތާކުންތާކު ނުޖެހޭ ސިޔާސަތެއް ކަމަށް ބުނަމުންނެވެ. މިއީ ދެފުއްފެންނަ ސިޔާސަތެއް ނޫން ކަމަށްވެސް މާހިރުން ފާހަގަކުރެއެވެ.

ނަމަވެސް ޗައިނާގެ ސަރުކާރުން ވަނީ މިކަންތައް ދޮގުކޮށްފައެވެ. ޗައިނާއިން ބުނަނީ އެގައުމުން ދޫކުރާ މިލޯނުތަކަކީ ދެފުއްފެންނަ ސިޔާސަތެއްގެ މައްޗަށް ދޫކުރާ ލޯނުތަކެއް ކަމަށެވެ. އެގޮތުން ޗައިނާއިން މަސައްކަތްކުރަނީ ބައިނަލްއަގުވާމީ ގާނުނުތަކާއި ގަވައިދުތަކާ އެއްގޮތަށް ކަމަށާއި، އެގައުމާއެކު މަޝްވަރާކުރާ ގައުމުތަކުން ފާހަގަކުރާ ކަންކަމަށް ޗައިނާއިން އިހުތިރާމުކުރާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ޗައިނާއިން ދޫކޮށްފައިވާ ލޯނެއް، ގަދަކަމުން އަނބުރާ ދެއްކުމަށް އެއްވެސް ގައުމަކަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށާއި، ލޯނުތަކުގެ އެއްބަސްވުމުގައި ސޮއިކުރެވުގެންދާއިރު، ސިޔާސީ އެއްވެސް ކަމަކަމަށް އެއްބަސްކުރުވާފައި ނުވާނެ ކަމަށް ޗައިނާއިން ބުނެއެވެ.

ރިޕޯޓުތައް ފާހަގަކުރާގޮތުން ޗައިނާގެ ބެއިލް-އައުޓް ލޯނުތައް ދޫކުރަނީ މެދު އާމްދަނީ ލިބޭ ގައުމުތަކަށެވެ. އަދި ދަށް އާމްދަނީ ލިބޭ ގައުމުތަކަށް އެގައުމުން ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމާ ދިގު ގްރޭސް ޕީރިއެޑް ދޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާއިން ލޯނުތައް ދޫކޮށްފައިވާ ގައުމުތަކުގެ ތެރެއިން، ލޯނު ދެއްކުމުގައި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ގައުމުތަކާއެކު ލޯނު ރީސްޓްރަކްޗަރ ކުރުމުގެ މަޝްވަރާތައް އެގައުމުން ކުރަމުންދާ ކަމަށާއި، އެމަޝްވަރާތައް ދިގުދައްމަމުންދާ ކަމުގެ ތުހުމަތުތައްވެސް ޗައިނާއަށް ކުރެވޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިގައުމުތަކުގެ ތެރޭގައި ޒެމްބިއާ، ގާނާ އަދި ސްރީ ލަންކާ ހިމެނެއެވެ.

އަނެއްކޮޅުން ޗައިނާއިން ވަނީ މިފަދަ ގައުމަކަށް ޑެޓް ރިލީފް ދިނުމަށް ވޯލްޑް ބޭންކަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ގޮވާލާފައެވެ.

ޗައިނާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު