Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުމްރާވެރިންނަށް ނުފުރުން

ސަފާ ގްރޫޕުން ދުރާލާ ވިސާ ހަމަޖައްސަން މަސައްކަތްކޮށްފައި ނުވޭ: މިނިސްޓްރީ

މި ވިސާއަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންވެސް ފޯރުކޮށްދޭ ޚިދުމަތެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 7 އެޕްރީލު 2023 | ހުކުރު 04:32
ިއިސްލާމިކް މިނިސްޓަރ

ިއިސްލާމިކް މިނިސްޓަރ

ސަފާ ގްރޫޕުގެ އުމްރާވެރިންނަށް އުމްރާއަށް ނުފުރުނީ ވިސާ ހަމަނުޖެހިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އަލް ސަފާ އެންޑް ހައްޖު އުމްރާ ގްރޫޕްގެ ފަރާތުން އުމްރާއަށް ގެންދަން ހަމަޖެހިފައިވާ 181 މީހުން އުމުރާއަށް ގެންދިއުން ފަހު ވަގުތު ވަނީ ކެންސަލްކޮށްފައެވެ. ދަތުރު ކެންސަލްކުރިކަން އެމީހުންނަށް އަންގާފައިވަނީ ފުރާ ވަގުތު ކައިރިވެފައިވަނިކޮށް ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

Advertisement - newsAdvertisement

މި މައްސަލަ ބެލުމަށްފަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސަފާ ގްރޫޕުގެ ފަރާތުން މިމަހުގެ 6 ގައި އުމްރާއަށް ދިއުމަށް ފައިދާ ދެއްކި ފަރާތްތަކަށް އެ ދުވަހު ނުފުރިވަނީ އެ ވަގުތާ ހަމައަށްވެސް ސައުދީ އަރަބިއްޔާއިން ލިބެންޖެހޭ ވިސާތަކެއް ނުލިބިވާތީ ކަމަށް އެ ގްރޫޕުން ބުނެފައިވާކަމަށެވެ.

މިއީ 3 މަސް ދުވަހަށް ލިބޭ ވިސާއަކަށް ވާއިރު އެ ކުންފުނީގެ ފަރާތުން ދުރާލާ ވިސާގެ ކަންކަން ހަމަޖައްސާފައިނުވާކަން މިނިސްޓްރީއަށް ފާހަގަވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އުމްރާ ވިސާއަކީ ސައުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެޖެންސީތަކުން އުމްރާ ކުންފުނިތަކަށް ދޭ ޚިދުމަތެއް ކަމަށާއި، މި ވިސާއަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންވެސް ފޯރުކޮށްދޭ ޚިދުމަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ މި މައްސަލަ ދިމާވެފައިވަނީ ސައުދީ ސަރުކާރުން ނުވަތަ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްވެސް ހުއްދައެއް ނޫން ކަމަށާއި، މިކަން ދިމާވީ އެ ގްރޫޕުގެ ފަރާތުން ވިސާ ހޯދުމަށް އެފުނު ސައުދީ އެޖެންސީގެ ފަރާތުން ވިސާގެ ކަންކަން ހަމަޖެހިފައިނުވާތީކަމަށް އެކުންފުނިން ބުނާ ކަމަށެވެ.

މިފަދަ މަތިވެރި އަޅުކަމަށް ދިއުމަށް ފައިސާ ދައްކާ، ފުރަން އޮންނަ ދުވަހަށް ދަތުރުވެރިންނަށް ފުރޭގޮތް ނުވުމަކީ ކަންބޮޑުވާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އުމްރާވެރިންގެ އަތުން އިތުރު ފައިސާއެއް ނެގުމަކާ ނުލައި، ލަސްނުކޮށް އެމީހުންނަށް އުމްރާއަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށް މިނިސްޓްރީން ވަނީ ސަފާ ކުންފުންޏަށް އަންގާފައެވެ. އަދި މި މައްސަލައިގައި ކަން ހިނގައިދިޔަގޮތް މިނިސްޓްރީން ދަނީ އިތުރަށް ބަލަމުންނެވެ.

މިކަމާ ގުޅިގެން ސަފާ ގްރޫޕުން ނެރުނު ބަޔާނުގައި ބުނީ މިއަހަރުގެ އުމްރާ ދަތުރު ކެންސަލް ކުރެވިފައިވާކަމަށެވެ. މި ދަތުރާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ލާރި ދައްކާފައިވާ ފަރާތްތަކަށް އެ ގްރޫޕުގެ ފަރާތުން ވަކިން ގުޅަމުން ދާނެ ކަމަށެވެ.

އުމްރާގެ އަޅުކަންމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

10 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު