Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ބްރެޒިލް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް އާޖެންޓީނާ

އެއް ވަނައިގައި އޮތް ބްރެޒިލް ފަހަތަށް ޖައްސާލުމަށްފަހު އާޖެންޓީނާ އެއް ވަނައިގައި އޮތީ 1840.93 ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އެޕްރީލު 2023 | ބުރާސްފަތި 08:23
ފީފާ ވޯލްޑް ކަޕްގެ ތައްޓާއެކު އާޖެންޓީނާގެ ކުޅުންތެރިން

ފީފާ ވޯލްޑް ކަޕްގެ ތައްޓާއެކު އާޖެންޓީނާގެ ކުޅުންތެރިން

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރޭންކިންގެ އެއް ވަނަ އަށް އާޖެންޓީނާ ޖެހިލައިފި އެވެ.

ހަ އަހަރު ދުވަސް ފަހުން ރޭންކިންގެ އެއް ވަނައިގައި އޮތް ބްރެޒިލް ފަހަތަށް ޖައްސާލުމަށްފަހު އާޖެންޓީނާ އެއް ވަނައިގައި އޮތީ 1840.93 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތީ ފްރާންސް އެވެ. އެއީ 1838.45 ޕޮއިންޓާއެކު އެވެ. ގިނަ އަހަރުތަކެއް ވަންދެން އެއް ވަނައިގައި ހިފަހައްޓަމުން އައި ބްރެޒިލް މިހާރު އޮތީ ތިން ވަނައިގަ އެވެ. އެއީ 1834.21 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި ބެލްޖިއަމް އޮތް އިރު، ފަސް ވަނައިގައި އޮތީ އިންގްލެންޑެވެ. ނެދަލެންޑްސް އަށް ހަ ވަނަ ލިބޭއިރު، ހަތް ވަަނައިގައި އޮތީ ކްރޮއޭޝިއާ އެވެ. އެންމެ ފަހުން ޔޫރޯ މުބާރާތް ކާމިޔާބު ކުރި އިޓަލީ އޮތީ އަށް ވަނައިގަ އެވެ، ޕޯޗުގަލަށް ނުވަ ވަނަ ލިބޭއިރު، ދިހަ ވަނައިގައި އޮތީ ސްޕެއިންނެވެ.

އާޖެންޓީނާ އިން ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ. 36 އަހަރަށްފަހު އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު، އެ މުބާރާތަށް އެ ޤައުމުން ކުރިމަތިލީ ވެސް ރަނގަޅު ފޯމެއްގަ އޮވެ އެވެ. ރޭންކިންގެ ދެ ވަނައިގައި އިތް ފްރާންސް އަކީ އާޖެންޓީނާ އަތުން ފައިނަލްގައި ބަލިވި ޓީމެވެ. އެއް ވަނަ ހިފަހައްޓަމުން އައި ބްރެޒިލް ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ.

ފީފާއާޖެންޓީނާ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

17 ޑިސެމްބަރު 2025
ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި
13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު