Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ރަޝްފޯޑުގެ ލަނޑާއެކު ޔުނައިޓެޑުން ބްރެންޓްފޯޑު ބަލިކޮށްފި

މެޗުން 1-0 އިން ބްރެންޓްފޯޑު ބަލި ކުރުމަށް ފަހު ޔުނައިޓެޑު ވަނީ އަލުން ހަތަރު ވަނަ އަށް ޖެހިލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އެޕްރީލު 2023 | ބުރާސްފަތި 07:40
މެޗުގައި ލަނޑު ޖެހުމަށްފަހު ރަޝްފޯޑު އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރަޝްފޯޑު އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑުން އަލުން ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ބުދަ ދުވަހުގެ ރޭ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ނިކުތްއިރު އެ ޓީމުގެ އޮތީ ލީގު ތާވަލްގެ ފަސް ވަނައިގަ އެވެ. ނަމަވެސް މެޗުން 1-0 އިން ބްރެންޓްފޯޑު ބަލި ކުރުމަށް ފަހު ޔުނައިޓެޑު ވަނީ އަލުން ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. މެޗުގައި ޔުނައިޓުގެ ހަމައެކަނި ލަނޑު ޖެހީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑު އެވެ. ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ އެ ޓީމުގެ މާސެލް ސަބިޓްޒާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ޒުވާން ކުޅުންތެރިޔާ ވަނީ މި ސީޒަންގައި ޔުނައިޓެޑަށް 28 ލަނޑު ޖަހައިދީފަ އެވެ. އޭގެ ތެރެއިން 15 ލަނޑަކީ ޕްރިމިއާ ލީގުގައި ކުޅުނު 28 މެޗުން އޭނާ ޖަހާފައިވާ ލަނޑުތަކެވެ.

މެޗުން މޮޅުވުމަށްފަހު ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނީ، އުނދަގޫ ހާލަތެއްގައި އޮވެ، މެޗުން މޮޅުވެވުމުން އުފާވާ ކަމަށެވެ. އޭނާ ބުނީ ދެން އަމާޒަކީ ކުރިއަށް ހުރި މެޗުތައް ކާމިޔާބުކޮށް ގަދަ ތިނެއްގައި ހިފެހެއްޓުން ކަމަށެވެ. ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން ޔުނައިޓެޑަށް ލިބެނީ 53 ޕޮއިންޓެވެ.

ޕްރިމިއަރ ލީގުބްރެންޓްފޯޑު މެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު