Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަގްސާ މިސްކިތަށް އިސްރާއީލް ސިފައިން ވަދެގަތުން

އަގްސާ މިސްކިތަށް ވަދެ ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

5 އެޕްރީލު 2023 | ބުދަ 17:53

އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ މި އަމަލަކީ، ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ޚިލާފު އަމަލެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 އެޕްރީލު 2023 | ބުދަ 17:53
އިސްރާއީލުގެ ސިފައިން އަގްސާ މިސްކިތް ކައިރީގައި

އިސްރާއީލުގެ ސިފައިން އަގްސާ މިސްކިތް ކައިރީގައި

ފަލަސްތީނުގައި ހުންނަ އަގްސާ މިސްކިތަށް އިސްރާއީލުގެ ސިފައިން ވަދެ، އެ މިސްކިތުގައި އަޅުކަން ކުރަންތިބި ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވަނީ، މާތްވެގެންވާ ރަމަޟާން މަހު އަގްސާ މިސްކިތަށް ވަދެ، އަޅުކަން ކުރި ތިބި މީހުންނަށް ދިން ހަމަލާތަކުގެ ސަބަބުން އެ މީހުންނަށް އަނިޔާ ލިބި, އަދި މިސްކިތަށްވެސް ގެއްލުން ވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވަނީ ބުނެފައެވެ.

އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ މި އަމަލަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށާއި، އެފަދަ ކަންކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ބުރޫއަރައިގެން ދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށާއި، ފަލަސްތީން މިނިވަން ކުރުމަށް ބައިނަލްއަގުވާމީ މުޖުމަތަމައުގައި ވަކާލާތު ކުރުމުގައި ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭން ދެމިތިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ބުދަ ދުވަހުގެ ފަތިހު އިސްރާއީލުގެ ސިފައިން ވަނީ އަގްސާ މިސްކިތަށް ގަދަކަމުން ވަދެ، ފަތިސްނަމާދަށް ގޮސް ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށްފައެވެ. ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަގޮތުގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާކުރެއެވެ. އެގޮތުން އަންހެނުންނާއި ފިރިހެނުންގެ ގައިގައި މުގުރުން ތަޅާ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ.

ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އިސްރާއީލުން މިފަދަ ހަމަލާތައް އަގްސާ މިސްކިތަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކުރެއެވެ.

ދިވެހިރާއްޖެ ފަލަސްތީނާއެކުފޮރިން މިނިސްޓްރީފަލަސްތީނުއަލް-އަގްސާ މިސްކިތް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް