Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ޙިލާލް

އަލް ޙިލާލްގެ ރަސްމީ ހުށަހެޅުމެއް މެސީ އަށް، އަހަރަކު 400 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަދަދެއް

4 އެޕްރީލު 2023 | އަންގާރަ 20:31

މެސީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް 2021 ވަނަ އަހަރު ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އެޕްރީލު 2023 | އަންގާރަ 20:31
ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން މެސީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން މެސީ

ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލް އިން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމަށް އެދި ރަސްމީ ހުށަހެޅުމެއް ފޮނުވައިފި ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ފްރާންސް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ މެސީ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. މެސީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް 2021 ވަނަ އަހަރު ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ދަށުންނެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ޕީއެސްޖީން އަންނަނީ މެސީ އެ ކުލަބުގައި ބަހައްޓަން މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅު އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އިން، މެސީ އަލުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަލް ޙިލާލް އިން މެސީ އަށް ރަސްމީ ހުށެހެޅުމެއް ދީފައިވާ ކަމަށް މީޑިއާތަކުގައި ބުނެފައި މިވަނީ މެސީގެ މުސްތަޤުބަލާމެދު ސުވާލުތަކެއް އުފެދިފައިވާ ވަގުތެއްގަ އެވެ.

ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އަލް ޙިލާލް އިން ވަނީ ބޮޑު މުސާރައެއް ލިބޭ ހުށަހެޅުމެއް މެސީއަށް ދީފަ އެވެ. އެ ހުށަހެޅުމުގައިވާ ގޮތުން އަހަރެއްގެ މައްޗަށް މުސާރައިގެ ގޮތުގައި މެސީ އަށް 400 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަދަދެއް ދިނުމަށް އެކުލަބުން ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އުމުރުން މިހާރު 35 އަހަރުގެ މެސީ ބޭނުން ވަނީ ޔޫރަޕުގައި ކުޅެން ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި ބާސެލޯނާ އިން އަންނަނީ މެސީ އަލުން އެ ކުލަބަށް ގެންދެވޭ ހުރިހާ މަގަކުން މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން މިހާރުގެ ކުލަބް ޕީއެސްޖީން އޮތީ މެސީ އެކުލަބުގައި ބެހެއްޓުމަށް "އަންލިމިޓެޑް" އެއްބަސްވުމެއް ދޭން ތައްޔާރަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މެސީ ހޯދުމުގެ ޝައުޤުވެރިކަން ސައުދީގެ ކުލަބުތަކުން މީގެ ކުރިން ވެސް ވަނީ ފާޅުކޮށްފަ އެވެ. މެސީއާ އެންމެ ވާދަވެރި އެއް ކުޅުންތެރިޔާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައުދީ ލީގުގެ އަލް ނަޞްރުންނެވެ. އެ ލީގުގެ ކުލަބުތަކުގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގައި މޮޅެތި ކަމަށް ދެކޭ ގިނަ ކުޅުންތެރިން އެ ލީގަށް ގެންގޮސް، އެ ލީގު ވަރުގަދަ ކުރުމެވެ.

އަލް ހިލާލްލިއޮނެލް މެސީ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
02 ޖުލައި 2025

މެސީ، މިއާމީގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު

02 ޖުލައި 2025
މެސީ، މިއާމީގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު
01 ޖުލައި 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް