Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެލް ކްލެސިކޯ

ކްލެސިކޯގެ މުހިންމު މެޗުގެ ކުރިން ޒަވީ: "އަދިވެސް ފޭވަރިޓުންނަކީ ރެއާލް"

ޒަވީ ބުނީ އެންމެ ފަހު ކަމަކަށް ބާސެލޯނާ އިން ބޭނުންވަނީ ތަށިތައް ކާމިޔާބު ކުރަން ކަމަށާއި، އެކަން ހާސިލް ކުރެވެމުން އަންނަ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 20:27
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ކޮޕަ ޑެލް ރޭ މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގަށް ކުރިމަތިލާއިރު، އަދި ވެސް ފޭވަރިޓުންނަކީ ރެއާލް މެޑްރިޑު ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޒަވީ ބުނީ، އޭނާ އަށް ޓައިގައި އެންމެ ފޭވަރިޓް ޕޮއިންޓަކީ ރެއާލް މެޑްރިޑް ކަމަށެވެ. އެގޮތުން ރެއާލް އަކީ އަދިވެސް މިބާވަތުގެ މެޗުތައް ކުޅެން މާ ހޭނިފައި އޮތް ޓީމެއް ކަމަށާއި، އެމީހުންގެ ތަޖުރިބާ ވެސް މާ ގިނަ ކަމަށެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި ރެއާލަށް އާދަވެފައި ވަނީ މެޗުތަކުން އެނބުރި އައުމަށެވެ. އެހެންކަމުން ދެ ވަނަ ލެގުގައި ބާސެލޯނާ އިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަން ފާހަގަ ކުރަމުން ޒަވީ ބުނީ، އޭނާގެ ނަޒަރުގައި އަދިވެސް ރެއާލް އަކީ ފޭވަރިޓުން ކަމަށެވެ. އެހެން ނަމަވެސް ބާސެލޯނާ އިން ވާދަކުރާނެ ކަމަށާއި އަދި އެމީހުން މަސައްކަތް ކުރާނީ ގޭމް ޑޮމިނޭޓް ކޮށްގެން ކުޅެ، މެޑްރިޑަށް ވުރެ މޮޅުވާން ކަމަށެވެ. އޭނާ ބުނީ ކުރިން ސްޕެނިޝް ލީގުގައި ކުޅުނު މެޗުގައި ވެސް އަދި ސްޕެނިޝް ސުޕަ ކަޕްގެ މެޗުގައި ވެސް މޮޅަށް ކުޅުނީ ބާސެލޯނާ އިން ކަމަށެވެ. ނަމަވެސް ކޮޕަ ޑެލް ރޭ މުބާރާތުގެ ފުރަތަމަ ލެގުގައި އެކަން ނުކުރެވުނު ކަމަށާއި، އެ މެޗުގައި ޑޮމިނޭޓުކޮށްގެން ކުޅުނީ ރެއާލް ކަމަށް އަދި އެއީ ބާސެލޯނާ އިން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޒަވީ ބުނީ ރެއާލާ ދެކޮޅަށް އޭނާ އުންމީދު ކުރަނީ ވަރަށް ޓަފް މެޗަކަށް ކަމަށާއި، މެޗު އުނދަގޫ ވާނެ ކަމަށެވެ. އެގޮތުން ރެއާލް އަކީ މޮޅުވާ ޓީމެއް ކަމަށާއި، އަބަދުވެސް އެ ޓީމާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ރެއާލްގެ ތިބި ކުޅުންތެރިންގެ ތެރެއިން ކެޕްޓަން ކަރީމް ބެންޒެމާ، ވިނީޝިއަސް ޖޫނިއާ، ރޮޑްރީގޯ އަދި ވަލްވާޑޭއާ ދެކޮޅަށް ކުޅުމަކީ ވެސް އުނދަގޫ ކަމެއް ކަމަށް ޒަވީ ބުންޏެވެ. އޭނާ ބުނީ ރެއާލްގައި އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް ކަމަށާއި، ރެއާލާ ދެކޮޅަށް ކުޅެން ޖެހޭނީ ވަރަށް ވަރަށް އުނދަގޫ މެޗެއް ކަމަށެވެ. ނަމަވެސް ބާސެލޯނާ އިން އެމީހުންނަށް ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށާއި، މެޗު ކޮންޓްރޯލް ހޯދައިގެން، ޑޮމިނޭޓުކޮށްގެން ކުޅެން ބޭނުންވާ ކަމަށެވެ.

ޒަވީ ބުނީ އެންމެ ފަހު ކަމަކަށް ބާސެލޯނާ އިން ބޭނުންވަނީ ތަށިތައް ކާމިޔާބު ކުރަން ކަމަށާއި، އެކަން ހާސިލް ކުރެވެމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް މި ސީޒަންގައި ކާމިޔާބު ކުރެވުނީ އެންމެ ތައްޓެއްކަން ފާހަގަކުރަމުން ޒަވީ ބުނީ، ބާސެލޯނާ އިން އިތުރު ތަށިތައް ވެސް ބޭނުންވާ ކަަމަށެވެ. އެގޮތުން މި ސީޒަންގެ ސްޕެނިޝް ލީގާއި، ކޮޕަ ޑެލް ރޭ މުބާރާތުގެ ތަށި ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ބުދަ ދުވަހުގެ ރޭ އެންމެ ވާދަވެރި ރެއާލާ ދެކޮޅަށް ކުޅެގެން، އެ މެޗުން މޮޅުވެ ކަޕްގެ ފައިނަލަށް ދިޔުމުގެ ބޮޑު ފުރުސަތެއް ބާސެލޯނާ އަށް އޮތް ކަމަށެވެ.

ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ރެއާލާ ދެކޮޅަށް ނުކުންނައިރު ކުރީގައި އޮންނާނީ އެ ޓީމެވެ. ފުރަތަމަ ލެގު ރެއާލްގެ ދަނޑުގައި ކުޅުނުއިރު، 1-0 އިން އެ މެޗު ކާމިޔާބުކޮށްފައި ވަނީ ބާސެލޯނާ އިންނެވެ.

ބާސެލޯނާޒަވީކޮޕަ ޑެލް ރޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު