Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މެލޭޝިއާގެ މަރުގެ އަދަބު

މަރުގެ އަދަބު ތަންފީޒު ކުރާ އުސޫލުތަކަށް މެލޭޝިއާގައި ބޮޑު ބަދަލެއް!

މެލޭޝިއާގައި މަރުގެ އަދަބު ތަންފީޒު ކުރުން މަޑުޖައްސާލީ 2018 ވަނަ އަހަރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 09:38
ހޯމަ ދުވަހު މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ކަންކަމުގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބަދަލުގައި ތަޢުޒީރު ކުރުމާއި 30 އަހަރާއި 40 އަހަރާ ދެމެދު މުއްދަތަކަށް ޖަލު ބަންދު ކުރުން ހިމެނޭ

ހޯމަ ދުވަހު މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ކަންކަމުގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބަދަލުގައި ތަޢުޒީރު ކުރުމާއި 30 އަހަރާއި 40 އަހަރާ ދެމެދު މުއްދަތަކަށް ޖަލު ބަންދު ކުރުން ހިމެނޭ

މަރުގެ އަދަބުގެ ވާހަކައަކީ ހުޅަނގުން ފެތުރި ޑިމޮކްރަސީއިން ބަޔާން ކުރާ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭ އެއް ވާހަކައެވެ. ވަކިން ހާއްސަކޮށް އިސްލާމީ ޤައުމުތަކުގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ކަންކަމުގެ ވާހަކަ މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދައެވެ. އޭޕްރިލް 3 ވަނަ ދުވަސްވެސް ނިމިދިޔައީވެސް މަރުގެ އަދަބާ ގުޅޭ، އެފަދަ ޚަބަރަކުންނެވެ.

މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުން، އޭޕްރިލް 3 ވަނަ ދުވަހު ފާސްކުރި ޤާނޫނީ "އިޞްލާހަކީ"، ލާޒިމު މަރުގެ އަދަބު އުވާލާ، މަރުގެ އަދަބު ދެވޭ ކުށްތަކުގެ ޢަދަދު މަދުކޮށް، މީހާގެ ޙަޤީޤީ މުޅި ޢުމަރަށް އިއްވާ ޖަލު ޙުކުމްތައް އުވާލި "އިޞްލާހެކެވެ".

މެލޭޝިއާގައި މަރުގެ އަދަބު ތަންފީޒު ކުރުން މަޑުޖައްސާލީ 2018 ވަނަ އަހަރުއެވެ. އެއީ އެ ޤައުމުގައި މަރުގެ ޙުކުމް ތަންފީޒު ކުރުން މުޅިން ހުއްޓާލާނެ ކަމަށް މެލޭޝިއާއިން ފުރަތަމަ ވަޢުދުވީ އަހަރެވެ.

ހޯމަ ދުވަހު މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ކަންކަމަށް ބަލާއިރު، މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބަދަލުގައި ތަޢުޒީރު ކުރުމާއި 30 އަހަރާއި 40 އަހަރާ ދެމެދު މުއްދަތަކަށް ޖަލު ބަންދު ކުރުން ފަދަ ކަންކަން ހިމެނެއެވެ. މި ބަދަލާއެކު، ޤައިދީއެއްގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ޙުކުމުގެ މުއްދަތަކީ، އެ ޤައިދީއަކު ޤުދުރަތީ ގޮތުން މި ދުނިޔޭގައި ހުރި ހުރިހާ ދުވަހެއްގެ ގޮތުގައި އޮތް އޮތުން، ވަކި އަހަރެއްގެ މުއްދަތައް ބަދަލު ވާނެއެވެ. މީގެ ކުރިން އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ޙުކުމްތަކަށްވެސް މިކަން ރިޢާޔަތް ކުރެވޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މެލޭޝިއާގެ ގާނޫނުގައި ކަނޑައަޅާފައިވާ 30 އަހަރުގެ މުއްދަތެއްގެ ގޮތުގައި އުމުރަށް ޖަލަށްލުމުގެ ޙުކުމްތައް، އެގޮތުގައި ހިފެހެއްޓޭނެ އެވެ.

މީގެ އިތުރުން، ބަޑި ފަދަ ހަތިޔާރު ފޯރުކޮށްދީ، ޓްރެފިކް ކުރުމާއި މީހުން ރަޙީނު ކުރުން ފަދަ، ސީދާ ގޮތުން ޤަޠުލަކަށް ނުވާ ސީރިއަސް ޖިނާޢީ ކުށް ކުރާ މީހުންނަށް ދެވެން އޮންނަ ޢަދަބުތަކުގެ އިޚުތިޔާރުތަކުން މަރުގެ ޙުކުމް އުނިކުރުމަށްވެސް މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ނިންމާފައެވެ.

މަރުގެ ޙުކުމް ތަންފީޒު ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ އެންޓި-ޑެތު ޕެނަލްޓީ އޭޝިއާ ނެޓްވޯކްގެ އެގްޒެކެޓިވް ކޯޑިނޭޓަރ ޑޮބީ ޗިއު ފާހަގަ ކުރި ގޮތުގައި، މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މި ނިންމުމަކީ، މަރުގެ ޙުކުމް ތަންފީޒު ކުރުން މުޅިން ހުއްޓާލުމާ ދިމާއަށް އެޅި ރަނގަޅު ފިޔަވަޅެކެވެ. މެލޭޝިއާ ސަރުކާރުގެ ވާހަކަވެސް ހުރީ އެފަދަ ގޮތަކަށެވެ.

އަލަށް ގެނެވުނު އިޞްލާޙްތަކަކީ، މިހާރު އޮތް ގޮތުން މަރގެ ޢަދަބު އިއްވޭ 34 ކުށަކާ ގުޅޭ އިޞްލާޙްތަކެކެވެ. އޭގެ ތެރޭގައި ގަސްތުގައި މީހުން މެރުމާއި މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރުން ފަދަ ކުށްތައް ހިމެނެއެވެ. މީގެ ތެރެއިން 11 ބާވަތެއްގެ ކުށަކީ، މަރުގެ ޙުކުމް ތަންފީޒު ކުރުން ލާޒިމު ކުރާ ކުށްތަކެކެވެ.

މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި އާ އިޞްލާޙްތަކާއެކު، މަރުގެ ޙުކުމާއި ޤުދުރަތީ ޢުމުރުގެ މުއްދަތަށް ޖަލު ބަންދަށް އިއްވާފައިވާ ޤައިދީންގެ ތެރެއިން، ޝަރުޢީ އިމުން އިސްތިޢުނާފީ އެހެން ހުރިހާ ފުރުޞަތެއް ގެއްލިފައިވާ، 1300 އެއްހާ ޤައިދީއަކަށް އިސްތިޢުނާފީ ދޮރު ހުޅުވިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

30 މެއި 2019
ޕީޕީއެމުން ރައީސް ޔާމީނަށް ކުރާ ބޮޑު ސުވާލު: މަރުގެ ހުކުމް ތަންފީޒް ނުކުރީ ކީއްވެ؟

ޕީޕީއެމުން ރައީސް ޔާމީނަށް ކުރާ ބޮޑު ސުވާލު: މަރުގެ ހުކުމް ތަންފީޒް ނުކުރީ ކީއްވެ؟

02 އޯގަސްޓު 2018
މަރުގެ ތަންމަތީގައި އޮތް ވާހަކަ އާއިލާއަށް އެންގީ ރޮއި އާދޭސް ކުރުމުން!

މަރުގެ ތަންމަތީގައި އޮތް ވާހަކަ އާއިލާއަށް އެންގީ ރޮއި އާދޭސް ކުރުމުން!

09 ޖުލައި 2018
ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް

ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް

22 އެޕްރީލު 2018
ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

20 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު