Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކައުންޓަންޓް ޖެނެރަލް

އެކައުންޓަންޓް ޖެނެރަލްގެ މަޤާމަށް އާޒާދު

ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ބެލެހެއްޓުން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 އެޕްރީލު 2023 | އަންގާރަ 09:19
އެކައުންޓަންޓް ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވި އާޒާދު

އެކައުންޓަންޓް ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވި އާޒާދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، އެކައުންޓަންޓް ޖެނެރަލްގެ މަޤާމު އުފައްދަވައި އެ މަޤާމަށް މުޙައްމަދު އާޒާދު އައްޔަން ކުރައްވައިފިއެވެ.

އާޒާދު މީގެ ކުރިން ހުންނެވީ ފައިނޭންޝިއަލް ކޮންޓްރޯލާގެ މަގާމުގައެވެ. އާޒާދަކީ ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ފައިނޭންޝަލް ކޮންސަލްޓަންޓުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާ ފައިނޭންޝިއަލް ކޮންޓްރޯލާގެ މަގާމަށް އައްޔަން ކުރެއްވީ ހަ އަހަރު ވަންދެން އެ މަގާމުގައި ހުންނެވުމަށްފަހުގެ ކުރިން އެ މަގާމުގައި ހުންނެވި ފާޠިމަތު ރަޒީނާ އިސްތިއުފާދެއްވުމުންނެެވެ.

Advertisement - newsAdvertisement

އާޒާދަކީ ސީއެފްއޭ ޗާޓަރ ހޯލްޑަރއެއްގެ އިތުރުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗެލަރސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާއިން މާސްޓަރ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭގެކުރިން އޭނާ ވަނީ، ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ ވަޒީފާއާއި ޚަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައިވެސް މަސައްކަތްކުރައްވައިފައެވެ.

އެކައުންޓަންޓް ޖެނެރަލް މަގާމަކީ މާލިއްޔަތު ގާނޫނުގެ ދަށުން އުފައްދާ މަގާމެކެވެ. މި ގާނޫނުގެ 44 ވަނަ މާއްދާގައި ވަނީ އެކައުންޓަންޓް ޖެނެރަލް އައްޔަންކުރުމާއި އޭނާގެ މަސްއޫލިއްޔަތުގެ ވާހަކައެވެ. މި މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބަލަހައްޓައި ހިންގުމަށްޓަކައި މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލްއެއް ހުންނަންވާނެއެވެ. އަދި (ށ) ގައި ބުނެފައިވަނީ އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

އެކައުންޓަންޓް ޖެނެރަލްގެ މަސްއޫލިއްޔަތުތައް މި މާއްދާގެ (ރ) ގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި ހިންގުމާއި، ދައުލަތުގެ ފައިސާ ބަލައިގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ހަރަދުކުރެވެނީ، ނުވަތަ އިންވެސްޓްކުރެވެނީ މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން ހިމެނެއެވެ.

އަދި ދައުލަތުގެ މުދާ ގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ބޭނުންކުރެވެނީ، ނުވަތަ ވިއްކެނީ، ނުވަތަ ނައްތާލެވެނީ،ނުވަތަ ދޫކޮށްލެވެނީ މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން ހިމެނެއެވެ.

މި މާއްދާގެ މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތު އަދާކުރުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ޚިލާފްވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަމުރުކޮށްފި

01 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ޚިލާފްވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަމުރުކޮށްފި
22 ޖެނުއަރީ 2018

އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ ނައިބުގެ މަޤާމަށް އަފްޝާން އައްޔަން ކޮށްފި

22 ޖެނުއަރީ 2018
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ ނައިބުގެ މަޤާމަށް އަފްޝާން އައްޔަން ކޮށްފި
09 އޮކްޓޯބަރު 2017

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

09 އޮކްޓޯބަރު 2017
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި
24 ސެޕްޓެމްބަރު 2017

މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މަސީހުގެ ކޮއްކޮ، ޑރ ފަޒީލް ނަޖީބު ޢައްޔަނު ކުރައްވައިފި

24 ސެޕްޓެމްބަރު 2017
މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މަސީހުގެ ކޮއްކޮ، ޑރ ފަޒީލް ނަޖީބު ޢައްޔަނު ކުރައްވައިފި
14 އޯގަސްޓު 2017

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުލް މުޙުސިން މުޙައްމަދު އައްޔަނު ކުރައްވައިފި

14 އޯގަސްޓު 2017
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުލް މުޙުސިން މުޙައްމަދު އައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު