Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތާލިބާން

މިޔުޒިކް އިއްވިކަމުގެ ތުހުމަތުގައި އަފްގާނިސްތާނުގެ އަންހެނުން ހިންގާ ރޭޑިއޯ ސްޓޭޝަނެއް ތާލިބާނުން ބަންދުކޮށްފި

އެ ރޭޑިއޯގެ ވެރިޔާ ވަނީ މިޔުކްޒިކް އަދި ލަވަވެސް ޖަހައިގެން ނުވާނެ ކަމަށް އަންގާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 އެޕްރީލު 2023 | އަންގާރަ 02:54
އަފްގާނިސްތާނުގައި އަންހެނުން ހިންގާ ރޭޑިއޯ ސްޓޭޝަނުގެ ދެ މުވައްޒަފުން

އަފްގާނިސްތާނުގައި އަންހެނުން ހިންގާ ރޭޑިއޯ ސްޓޭޝަނުގެ ދެ މުވައްޒަފުން

އަފްގާނިސްތާނުގައި އަންހެނުން ހިންގާ ރޭޑިއޯއަކުން ރޯދަ މަހު މިޔުޒިކް އިއްވި ކަމަށް ތުހުމަތުކޮށް ތާލިބާނުން އެ ރޭޑިއޯ ސްޓޭޝަން ބަންދު ކޮށްފިއެވެ.

"ސަދާއީ ބަނޮވަން" ގެ ނަމުން ނަން ދީފައިވާ އެ ރޭޑިއޯ ސްޓޭޝަނަކީ އަންހެނުން ހިންގާ އެ ޤައުމުގެ ހަމައެކަނި ސްޓޭޝަނެވެ. އެ ރޭޑިއޯގެ ޚިދުމަތް ފެށީ މީގެ 10 އަހަރު ކުރިންނެވެ.

އަފްގާނިސްތާނުގެ ބަދަކްޝަން ޕްރޮވިންސުގެ އިންފޮމޭޝަން އެންޑް ކަލްޗަރ ޑިރެކްޓަރު މުއިޒުއްދީން އަހުމަދީ ބޭރުގެ މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި އެ ރޭޑިއޯ ބަންދު ކުރަން ޖެހުނީ އަފްގާނިސްތާނުގައި އަމަލު ކުރަމުން އަންނަ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވެފައިވާތީ ކަމަށެވެ. އެގޮތުން ރޯދަ މަހު އެތައް އިރެއް ވަންދެން އެ ރޭޑިއޯއިން ލަވަޔާއި މިޔުޒިކް އިއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭޑިއޯ ސްޓޭޝަނުން ގާނޫނާއި ގަވާއިދަށް ތަބާވާނެ ކަމަށާއި އެފަދަ އަމަލެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދޭނަމަ އެ ރޭޑިއޯ ސްޓޭޝަން އަލުން ހިންގުމުގެ ހުއްދަ ދެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭ ގޮތުން އެ ރޭޑިއޯ ސްޓޭޝަންގެ ހެޑް ނާޖިއާ ސޮރޯޝް ބޭރުގެ މީޑިއާތަކަށް ވިދާޅުވީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އެ ރޭޑިއޯއިން އެއްވެސް މިޔުޒިކެއް އިއްވާފައި ނުވާނެ ކަމަށާއި އެއީ އެ ރޭޑިއޯ ބަންދު ކުރުމަށް ތާލިބާނުން ރާވައިގެން ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަ ހަވާލުވިފަހުން އެ ޤައުމުގެ ގިނަ އަދަދެއްގެ ނޫސްވެރިންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އެގޮތުން ތާލިބާނުންވަނީ މިހާތަނަށް އެތައް މީޑިއާ އައުޓްލެޓެއް ބަންދުކޮށް އެ ޖަމާއަތުގެ ޕޮލިސީތަކަށް ތަބާނުވާ ނޫސްވެރިން ހައްޔަރު ކޮށްފައެވެ.

ތާލިބާނުން ވަނީ އަންހެނުން އެކި ވަޒީފާތަކަށް ދިއުމާއި ގްރޭޑް 6 އަކުން މައްޗަށް ތައުލީމު ހާސިލް ކުރުންވެސް މަނާކޮށްފައެވެ.

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2017

ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!

26 ސެޕްޓެމްބަރު 2017
ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!
04 އޯގަސްޓު 2017

ޗައިނާ އިން ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯގެ އަންހެނުން ގެއްލުވާލާފައި: ވަކީލް

04 އޯގަސްޓު 2017
ޗައިނާ އިން ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯގެ އަންހެނުން ގެއްލުވާލާފައި: ވަކީލް
03 އޯގަސްޓު 2017

ކޮރަޕްޝަނުގެ ތުހުމަތުގައި ނެގި ވޯޓުން ބްރެޒިލްގެ ރައީސް ސަލާމަތްވެއްޖެ

03 އޯގަސްޓު 2017
ކޮރަޕްޝަނުގެ ތުހުމަތުގައި ނެގި ވޯޓުން ބްރެޒިލްގެ ރައީސް ސަލާމަތްވެއްޖެ
27 ޖުލައި 2017

ތާލިބާނުން އަފްގާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ހަަމަލާދީ 26 ސިފައިން މަރާލައިފި

27 ޖުލައި 2017
ތާލިބާނުން އަފްގާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ހަަމަލާދީ 26 ސިފައިން މަރާލައިފި
15 ޖުލައި 2017

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްފި

15 ޖުލައި 2017
މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު