Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޗެލްސީން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގެ ކުރީގައި ނާގަލްސްމަން

ޕޮޓާ ވަކިކުރުމުގެ ކުރިން ޗެލްސީގެ ވެރިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ އެ މަގާމަށް ނާގަލްސްމަން ގެނައުމުގެ ވާހަކަތައް ވެސް ދައްކާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އެޕްރީލު 2023 | ހޯމަ 19:20
ބަޔާންގެ ކޯޗުކަމުގައި ހުރި ހޫލިއަން ނާގަލްސްމަން

ބަޔާންގެ ކޯޗުކަމުގައި ހުރި ހޫލިއަން ނާގަލްސްމަން

ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމުގެ މަޤާމަށް ގެންނަން ބޭނުންވާ މީހުންގެ ލިސްޓުގެ ކުރީގައި އޮތީ ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ކަަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޗެލްސީގެ ކޯޗުކަމުގެ ގްރަހަމް ޕޮޓާ ވަކިކުރުމަށްފަހު ވަގުތީ ގޮތުން ޓީމު ހަވާލުކޮށްފައިވަނީ ބްރޫނޯ ސަލްޓޯ އެވެ. ޗެލްސީގެ ކޯޗުކަމުން ޕޮޓާ ވަކިކޮށްފައިވަނީ އެ ކުލަބުގެ ނަތީޖާތައް ވަރަށް ބޮޑަަށް ދަށްވުމުންނެވެ. އެއަށްފަހު ޗެލްސީން މިހާރު އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ޗެލްސީން ބޭނުންވާ ކެންޑިޑޭޓުންގެ ލިސްޓުގެ ކުރީގައި އޮތީ ނާގަލްސްމަން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމުގެ މަޝްވަރާތައް ކޮންމެ ވެސް ވަރަކަށް ޗެލްސީ އާއި ނާގަލްސްމަންއާ ދެމެދު ކުރެވުނު ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، މިހާތަނަށް އެ ކުލަބުން ރަސްމީ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމުގެ މަޝްވަރާތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުރިއަށް ދާނެ ކަމަށާއި، ފައިނަލް ނިންމުމެއް ނިންމާނީ އެއަށްފަހު ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޕޮޓާ ވަކިކުރުމުގެ ކުރިން ޗެލްސީގެ ވެރިން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވަނީ އެ މަގާމަށް ނާގަލްސްމަން ގެނައުމުގެ ވާހަކަތައް ވެސް ދައްކާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަމައެއާއެކު ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީގެ ވެރިން ދެކޭ ގޮތުގައި ނާގަލްސްމަން އަކީ ހުނަރުވެރި ކޯޗެކެވެ.

އުމުރުން 35 އަހަރުގެ ނާގަލްސްމަން އެންމެ ފަހުން ހުރީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކޯޗުކަމުގަ އެވެ. ނަމަވެސް ބަޔާން އިން ވެސް ނާގަލްސްމަން ވަކިކޮށްފައި ވަނީ އެ ޓީމުގެ ނަތީޖާތައް ދަށްވުމ،ުގެ އުޒުރު ދައްކައިފަ އެވެ. އެ މަގާމުން ނާގަލްސްމަން ވަކިކުރުމަށްފަހު، ކޯޗަކަށް ހަމަޖެއްސީ ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އެވެ. ޗެލްސީގެ ކޯޗުކަމަށް ނާގަލްސްމަން ހަމަޖައްސައިފި ނަމަ، އެކުލަބު ވާނީ ޖަރުމަނުގެ ކުލަބެއް ނޫން އެހެން ކުލަބަކާ އޭނާ ހަވާލުވާ ފުރަތަމަ ކުލަބެވެ. މީގެ ކުރިން ނާގަލްސްމަން ވަނީ ޖަރުމަނުގެ ހޮފެންހެއިމް އަދި އާރްބީ ލައިޕްޒިގަށް ކޯޗުކަން ކޮށްދީފަ އެވެ. ބަޔާނުން އޭނާ ގެނައީ ލައިޕްޒިގްގައި އޭނާ ކޮށްފައިވާ ރަނގަޅު މަސައްކަތާއި، ނެރުނު ނަތީޖާގެ ސަބަބުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

25 މާރިޗު 2017
ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

27 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު