Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީރުންނާއި ސުވާލުކުރުން

"ވަޒީރުންނާއި ސުވާލުކުރުމަށް ކިއު ދިގު، މިހާރުވެސް 20 ސުވާލު އެބައޮތް"

3 އެޕްރީލު 2023 | ހޯމަ 08:14

ސުވާލު އަނބުރާ ގެންދިއުމުން ސުވާލުކުރަން ބޭނުންވާ މެންބަރުންނަށް ފުރުސަތު ގެއްލޭތީ ނަޝީދުގެ ކަންބޮޑުވުން ފާޅުކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 އެޕްރީލު 2023 | ހޯމަ 08:14
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ވަޒީރުންނާއި ސުވާލުކުރުމަށްޓަކައި ހުށަހަޅާފައިވާ ސުވާލުތަކުގެ ތެރެއިން ކިއުގައި މިހާރުވެސް 20 ސުވާލު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެފަދައިން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މެންބަރުންނަށް އަމާޒުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ވަޒީރުންނާއި ސުވާލުކުރަން ހުށަހެޅުމަށް ފަހު އެ ސުވާލު އަނބުރާ ގެންދެވުމުން ވަޒީރުންނާއި ސުވާލުކުރަން ބޭނުންވާ މެންބަރުންނަށް ފުރުސަތު ގެއްލޭ ކަމަށެވެ. އަދި ވަޒީރުންނާއި ސުވާލު ކުރަން ހުށަހަޅާފައިވާ މިންވަރު ގިނަކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު އެޖެންޑާ އަށް ތާވަލުކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުالله، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުالله އާކުރެއްވުމަށް ފޮނުއްވި ސުވާލެވެ.

އޭނާ ކުރައްވަން ހުށަހެޅުއްވި ސުވާލަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންޑިއަން ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން 21 ޖޫން 2022 ވަނަ ދުވަހު އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުކުރުމަށް އަދި އެތަކެއް ދީނީ ޢިލްމުވެރިންނާއި ޢާންމު ރައްޔިތުން ދެކޮޅުހަދަމުން ދަނިކޮށް ކަމަށްވާއިރު، އެކަން ހުއްޓުމަށްޓަކައި ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކުރެއްވީ ކޮން މަސައްކަތެއްތޯ ސާފުކުރުމަށް ކުރައްވާފައިވާ ސުވާލެކެވެ. އަދި ކުފުރުގެ އެ ޢަމަލު ހުއްޓުވަން ނުކުތް ދިވެހި ދަރިންތަކަކަށް އެހައި ހަރުކަށި އަނިޔާ ދެނީ ކީއްވެތޯ ވެސް ސުވާލު އުފައްދަވާފައިވެއެވެ.

އެހެންނަމަވެސް އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ސުވާލު އަނބުރާ ގެންދަވާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވަނީ ހޯމަ ދުވަހު ވިދާޅުވެފައެވެ. މީގެ ކުރިންވެސް މެންބަރު ނަޝިދު (މޮސްޓަ) އެ ގޮތަށް ކުރައްވާފައިވާ ސުވާލެއް ފަހު ވަގުތު އަނބުރާ ގެންދަވާފައިވާތީ އެކަން އެގޮތަށް ތަކުރާރު ނުކުރެއްވުމަށް ނަޝީދު ވަނީ ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ. އަދި އެ މައްސަލައަށް މެންބަރުން ހައްލެއް ހޯދަން ޖެހޭ ކަަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 މާރިޗު 2017

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި
12 މާރިޗު 2017

ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް

12 މާރިޗު 2017
ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް
09 މާރިޗު 2017

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

09 މާރިޗު 2017
ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް
28 ފެބުރުއަރީ 2017

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި
27 ފެބުރުއަރީ 2017

ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

27 ފެބުރުއަރީ 2017
ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް