Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވަރލްޑް އޯޓިޒަމް އެވެއަރނަސް ޑޭ

ވަރލްޑް އޯޓިޒަމް އެވެއަރނަސް ޑޭ: މިއަދު ނޫކުލައިގެ ހެދުމެއް ލާން ޖެހެނީ ކީއްވެ؟

2 އެޕްރީލު 2023 | އާދީއްތަ 13:54

އޭއެސްޑީއަކީ، ވާހަކަދައްކައިއުޅުމަށާއި އިޖްތިމާއީ ގުޅުންތައް ދެމެހެއްޓުމަށް، އަދި އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށްވެސް އަސަރުކުރުވާ، އުފެދުމުގައި ހުންނަ ތަފާތުކަމަކަށް ކިޔާނަމެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 2 އެޕްރީލު 2023 | އާދީއްތަ 13:54
އޯޓިޒަމް ޕޯސްޓަރ

އޯޓިޒަމް ޕޯސްޓަރ

އެޕްރިލް މަހުގެ ދެވަނަ ދުވަހަކީ, ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ، އޯޓިޒަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަހެވެ. އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ (އޭއެސްޑީ)އަކީ ވާހަކަ ދައްކައިއުޅުމަށާއި އިޖްތިމާއީ ގުޅުންތައް ދެމެހެއްޓުމަށް، އަދި އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށްވެސް އަސަރުކުރުވާފަދަ، އުފެދުމުގައި ހުންނަ ތަފާތުކަމަކަށް ކިޔާނަމެކެވެ. މި ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ޚާއްޞަ ދުވަހެއް ފާހަގަކުރަމުންދާއިރު، ވަރަށް ގިނަ މީހުން މިދުވަސް ފާހަގަކުރުމުގެ ގޮތުން ނޫކުލައިގެ ހެދުމެއް ބޭނުންކުރެއެވެ. އަދި އެކި ތަންތަނުގައި ނޫކުލައިގެ ބޮކިތައްވެސް ދިއްލައެވެ. މިއީ ހޭލުން ތެރިކަމުގެ ހަރަކާތްތަކަށް އެއްބާރުލުން ދޭކަން ހާމަކުރުމުގެ ގޮތުން ކުރާ ކަމެކެވެ.

އޯޓިޒަމްއާ ގުޅޭ ޚާއްޞަ ދުވަހެއް ފާހަގަކުރަނީ "އޯޓިޒަމް ސްޕީކްސް" އޯގަނައިޒޭޝަންގެ އިސްނެގުމުގެ މަތިންނެވެ. މަގުސަދަކީ އޯޓިޒަމަކީ ކޮބައިކަން ވީހާވެސް ގިނަ ބަޔަކަށް އަންގައިދީ އަދި އެކަން ތަހައްމަލްކުރަމުންދާ ކުދިންނާއި މީހުން މުޖްތަމައުގައި ބަލައިގަންނަ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމެވެ.

މިދުވަހާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކުގައި ވަކި ހޭޝްޓެގް އެއްވެސް ބޭނުން ކުރަމުން ދެއެވެ. މީގެ އިތުރުން ބައެއް މަޝްހޫރު ސްޓޭޑިއަމްތަކާއި ކުޅިވަރު އެރީނާތަކާއި، ޓުއަރިސްޓް މަންޒިލްތަކާއި އެހެންވެސް މީހުން އެއްވާ އެފަދަ ތަންތަނުގައި ނޫކުލަ ގިނައިން ބޭނުންކުރުމަށް ވަނީ ބާރު އަޅާފައެވެ. އަދި ބައެއް ގައުމުތަކުން، ނޫކުލައިގެ ބޮކިތައް ދިއްލުމަށްވެސް ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ. މިގޮތުން ބަންގްލާދޭޝްގެ މިނިސްޓްރީ އޮފް ސޯޝަލް ވެލްފެއަރއާއި ސަރުކާރުގެ އެހެން ބައެއް ޑިޕާޓްމަންޓްތަކުގައި މިއަދު ނޫ ބޮކި ދިއްލާނެކަމަށް ޚަބަރުތައް ބުނެއެވެ.

އޯޓިޒަމް އެވެއަރނަސް ދުވަސް ފުރަތަމަ ފާހަގަކުރީ 2007 ވަނަ އަހަރު، އދ.ގެ ޖެނެރަލް އެސެމްބްލީގެ ޚާއްޞަ ނިންމުމަކަށެވެ. އޭގެ ފަހުން ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުގައި މިދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. މިގޮތުން އޯޓިޒަމް ތަހައްމަލް ކުރަމުންދާ ކުދިން ބައިވެރިކޮށްގެން ޚާއްޞަ ކުޅިވަރު ހަރަކާތްތައް ބޭއްވުމާއި އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކުރުމަށް ހިތްވަރު ލިބޭފަދަ ކަންކަމުގައި ބައިވެރިކުރުވުން ހިމެނެއެވެ. އެއީ އެއްގޮތަކަށްވެސް އުނި ނުވަތަ ނުކުޅެދޭ ކުދިން ކަމުގައި ނުދެކި، އެހެން ކުދިންނާ އެކީ އެއް ހަރަކާތްތަކެއްގައި ބައިވެރިވެ އުޅުމަށް ވީހާވެސް ބޮޑަށް މަގުފަހި ކޮށްދިނުމަކީ މުޖްތަމައަށް ލާޒިމް ކަމެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 އެޕްރީލު 2020

ކޮވިޑް-19: މިއަދު އެކަނި ސްޕެއިނުން 950 މަރު!

02 އެޕްރީލު 2020
ކޮވިޑް-19: މިއަދު އެކަނި ސްޕެއިނުން 950 މަރު!
31 މާރިޗު 2020

ކޮވިޑް-19: ތައިލޭންޑުން މިއަދު އެކަނިވެސް 127 ކޭސް، 1 މަރު

31 މާރިޗު 2020
ކޮވިޑް-19: ތައިލޭންޑުން މިއަދު އެކަނިވެސް 127 ކޭސް، 1 މަރު
17 ނޮވެމްބަރު 2019

ސްރީލަންކާގެ ރިޔާސީ އިންތިޚާބު: މިއަދު ހަވީރު ދާއިމީ ނަތީޖާ އިޢުލާން ކުރާނެ

17 ނޮވެމްބަރު 2019
ސްރީލަންކާގެ ރިޔާސީ އިންތިޚާބު: މިއަދު ހަވީރު ދާއިމީ ނަތީޖާ އިޢުލާން ކުރާނެ
07 މެއި 2018

ޕުޓިން 4 ވަނަ ދައުރަކަށް މިއަދު ހުވާ ކުރައްވަނީ

07 މެއި 2018
ޕުޓިން 4 ވަނަ ދައުރަކަށް މިއަދު ހުވާ ކުރައްވަނީ
27 މާރިޗު 2018

ނަރވް އެޖެންޓް ހަމަލާ: ހަ ގައުމަކުން ވަރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ވިސްނަނީ

27 މާރިޗު 2018
ނަރވް އެޖެންޓް ހަމަލާ: ހަ ގައުމަކުން ވަރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ވިސްނަނީ
15 ޖެނުއަރީ 2018

ވަރލްޑް ބޭންކު އިންސާފުވެރި ނޫންކަމަށް ބުނެ ޗިލީއިން ޝަކުވާ ކޮށްފި

15 ޖެނުއަރީ 2018
ވަރލްޑް ބޭންކު އިންސާފުވެރި ނޫންކަމަށް ބުނެ ޗިލީއިން ޝަކުވާ ކޮށްފި
21 ޑިސެމްބަރު 2017

ޤުދުސް: މިއަދުވެސް 80 މީހުން ޒަޚަމްކޮށްލައިފި

21 ޑިސެމްބަރު 2017
ޤުދުސް: މިއަދުވެސް 80 މީހުން ޒަޚަމްކޮށްލައިފި
21 ނޮވެމްބަރު 2017

މުގާބޭ މަގާމުން ވަކިކުރަން ގާނޫނުހަދާ މަޖިލީހަށް މިއަދު ހުށަހަޅާނެ

21 ނޮވެމްބަރު 2017
މުގާބޭ މަގާމުން ވަކިކުރަން ގާނޫނުހަދާ މަޖިލީހަށް މިއަދު ހުށަހަޅާނެ
27 ސެޕްޓެމްބަރު 2017

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް ހުކުމް އިއްވުން މިއަދު

27 ސެޕްޓެމްބަރު 2017
ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް ހުކުމް އިއްވުން މިއަދު
14 މެއި 2017

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް