Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގައި ފެން ބޮޑުވުމުގެ މައްސަލަ

ފެންބޮޑުވުމުގެ މައްސަލަ: "މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމް އަޕްގްރޭޑްކޮށް، ޑިޒައިން ފުރިހަމަކުރަން ޖެހޭ" - އެމްޑަބްލިއުއެސްސީ

2 އެޕްރީލު 2023 | އާދީއްތަ 11:42

ރެކޯޑް ކުރެވިފައިވާ ގޮތުގައި، ހޮނިހިރު ދުވަހު މާލެއަށް ވަނީ 88 މިލިމީޓަރުގެ ވާރޭ ވެހިފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 އެޕްރީލު 2023 | އާދީއްތަ 11:42
މާލޭގައި ފެންބޮޑުވެފައ

މާލޭގައި ފެންބޮޑުވެފައ

މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމް އަޕްގްރޭޑްކޮށް، ޑިޒައިން ފުރިހަމަކުރަން ޖެހޭކަމަށް އެމްޑަބްލިއެސްސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމް އަޕްގްރޭޑްކޮށް، ޑިޒައިން ފުރިހަމަކުރަންޖެހޭ މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމަކީ އަމީނީ މަގުގެ މާފަންނުކޮޅާ ވީ ދިމާއިން ފެންބޮޑުވާ މަައްސަލައަށް ވަގުތީގޮތުން ހައްލު ހޯދުމަށް އެކުލަވައިލި ނިޒާމެއް ކަމަށެވެ. އެ ނިޒާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުކަމުގައި އެކުލަވައިލި ނިޒާމެއް ކަަމަށާއި، އެމްޑަބްލިއުއެސްސީން އެ މަސައްކަތްކޮށްދިނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ. އެމްޑަބްލިއެސްސީން އެ ނިޒާމު ޑިޒައިންކުރިނަމަވެސް އެ ނިޒާމް އެޕްރޫވްކޮށް ތަންފީޒްކުރީ ހައުސިންގ މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނިޒާމްގެ ތަޖުރިބާއާމެދު ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެ ނިޒާމުގެ ދަށުން އެކުލަވާލާފައިވާ ޕަމްޕްތައް މަސައްކަތްކުރާ ކަމަށާއި، އެ ޕަމްޕުތަކަކީ އޮޓޮމެޓިކް ޕަމްޕްތަކެއް ކަަމަށެވެ. އެހެންނަމަވެސް އެއީ 9 ކިލޯވޯޓުގެ ޕަމްޕަށް ވުމުން، ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ. އެ ނިޒާމް ބަދަލުކޮށް ކެޕޭސިޓީ އިތުރުކުރަންޖެހޭ ކަމަށާއި، ޑިޒައިނުގެ ނިޒާމަށްވެސް ބަދަލު ގެންނަންޖެހޭ ކަަމަށްވެސް ޝާހު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު މާލެއަށް ވާރޭ ވެހުނީ އާދަޔާ ޚިލާފަށް ގިނައިން ކަމަށް ވާއިރު، އެއީ ޑިޒާސްޓަރ މެނޭޖްކުރާ އިދާރާތަކުން ތައްޔާރުވެ ތިބެން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހަގީގަތުގައި ހޮނިހިރު ދުވަހު ފެންބޮޑުވުމާއި އެމްޑަބްލިއުއެސްސީއާއި ގުޅުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ޕްލޭނިންގ މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މާލޭގެ ސްޓޯމް ވޯޓަރ ސިސްޓަމް ބެލެހެއްޓުމުގެ ކޮންޓްރެކްޓް ނޮވެމްބަރު މަހަށް ހަމަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތަށް އެކްސްޓެންޝަނެއް ދިނުމަށްފަހު، އެކަމާ ގުޅުންހުރި މަޝްވަރާތައް ޕްލޭނިންގ މިނިސްޓްރީއާއެކު ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ކުރިއަށް ގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޝާހު ވަނީ ވިދާޅުވެފައެވެ.

ރެކޯޑް ކުރެވިފައިވާ ގޮތުގައި، ހޮނިހިރު ދުވަހު މާލެއަށް ވަނީ 88 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި ދެ ގަޑިއިރު ތެރޭގައި 86 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، މެޓް އޮފީހުން ބުނާގޮތުގައި މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާ ގިނައިން ވާރޭ ވެހޭނީ ވަރަށް މަދުންކަމަށް އެ އިދާރާއިން ބުނެއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް