Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާގެ އެހީތެރިކަން

ރާއްޖެއާއި ޗައިނާއާ ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

މި ރަސްމިއްޔާތުގައި މުހިއްމު ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 އެޕްރީލު 2023 | އާދީއްތަ 10:23
ރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ރާއްޖެ ސަރުކާރާ ޗައިނާ ސަރުކާރާ ދެ މެދުގައި މުހިއްމު އެއްބަސްވުންތަކެއް ގައި ސޮއިކޮށްފިއެވެ.

އާދީއްތަ ދުވަހުގެ މެންދުރު ފަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ގައި މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިކްސިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި"މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ އޮފް ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްލޭން (2023-2025)"ހިމެނެއެވެ.

މިއީ ސިއްހީ ފަރުވާ، މޫސުމަށް އަންނަ ބަދަލުތައް، އިންފްރާސްޓްރަކްޗަރ، ދަނޑުވެރިކަން، މީހުންނާ މީހުން ބަދަލުކުރުމާއި ކާރިސާތައް ހުއްޓުވުމާއި މަދުކުރުން ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުން ކުރިއެރުވުމާއި، އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ ކުރިއެރުވުމާއި މޯލްޑިވްސްގައި މީހުންގެ ދިރިއުޅުމާއި ދިރިއުޅުން ރަނގަޅުކުރުމުގެ މައްޗަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ.

"ރާއްޖޭގައި ހުންނަ ހޮސްޕިޓަލްތަކުގެ ފީސިބިލިޓީ ސްޓަޑީއާބެހޭ ލެޓަރ އޮފް އެކްސްޗޭންޖް"ގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލްއެވެ.

މީގެ އިތުރުން"ގައުމީ ދާރުލްއާސާރު މަރާމާތުކުރުމާބެހޭ ލެޓަރ އޮފް އެކްސްޗޭންޖް"ގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ތޯރިޤުއެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ބެލެހެއްޓުމާބެހޭ ލެޓަރ އޮފް އެކްސްޗޭންޖް"ގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީނެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ޗައިނާއާ ރާއްޖެއާ އޮންނަ ގާތް ގުޅުންމުގެ މައްޗަށް އަލިއަޅުވާލައްވާ، ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީއަށް ޗައިނާ ސަރުކާރުން ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލް ފަދަ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ހެދުމަކީ، ރާއްޖޭގެ ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

ރައްޔިތުން އުފުލަމުންދާ ދުއްތުރާތަކަށް ނިމުމެއް ގެނައުމަށް ކައުންސިލް އިންތިހާބުގެ ނަތީޖާ މުހިއްމު: މުސްތަފާ

05 މެއި 2017
ރައްޔިތުން އުފުލަމުންދާ ދުއްތުރާތަކަށް ނިމުމެއް ގެނައުމަށް ކައުންސިލް އިންތިހާބުގެ ނަތީޖާ މުހިއްމު: މުސްތަފާ
03 މެއި 2017

ޔާމީނުގެ މަރަށް އިންސާފު ހޯދާދިނުމަކީ މުޅި ގައުމަށް މުހިއްމު ކަމެއް!

03 މެއި 2017
ޔާމީނުގެ މަރަށް އިންސާފު ހޯދާދިނުމަކީ މުޅި ގައުމަށް މުހިއްމު ކަމެއް!
29 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި

29 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
28 މާރިޗު 2017

ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް

28 މާރިޗު 2017
ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް
28 މާރިޗު 2017

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު