Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް ރަން އެތެރެކުރުން

ފައިގެ ކަށިމަތީގައި ބަނދެގެން ސިއްރުން ރަން އެތެރެކުރި މީހަކު 120،000 ރުފިޔާއިން ޖޫރިމަނާކޮށްފި

2755 ގްރާމް ރަން ހިމެނޭ މިކްސްޗަރ އެއް ހުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އެޕްރީލު 2023 | އާދީއްތަ 06:16
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ފައިގެ ކަށިމަތީގައި ބަނދެގެން ދިވެހިރާއްޖެއަށް ރަން އެތެރެކުރި މީހަކު 120،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅިގެން ދައުވާކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ ހާރިފް މެލަޑެތް އަބޫބަކޭރުގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ހުށަހެޅި ދައުވާގައި ބުނެފައިވަނީ، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާގެ ދެފައި ކަށިމަތީގައި މާސްކިންގ ޓޭޕް އޮޅައި ތަތްކޮށްފައިވާ 2 ޕެކެޓު ނަގައި ބެލިއިރު، 2755 ގްރާމް ރަން ހިމެނޭ މިކްސްޗަރ އެއް ހުރި ކަމަށެވެ.

މި ކުށުގެ އަދަބަކީ 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 10،000 ރުފިޔާއާއި، 240،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އޭނާ ބުނެފައިވަނީ އޭނާ އެކަންކުރި ކަމަށް އެއްބަސްވާ ކަމަށާއި، ނަމަވެސް އޭނާ ރަން ގެނައީ ސިއްރަކުން ނޫން ކަމަށެވެ. އޭނާއަށް އެއީ ކުށެއްކަން ނޭނގޭކަމަށް ދައުވާލިބޭ ފަރާތުން ބުނެއެވެ.

ވުމާއެކު، އޭނާ އިންކާރު ކުރިކަމަށް ބަލައި މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސް، ޚުލާސާ ބަޔާނާއި ހަމައަށް މައްސަލަ ގޮސްފައިވަނިކޮށް އޭނާ ވަނީ އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމަކަށް އައިސްފައެވެ.

ވުމާއެކު، ޝަރީއަތުން ވަނީ އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ކުށުން އޭނާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އޭނާގެ އިއުތިރާފަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް 120،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައަޅުއްވާފައެވެ.

އެ ފައިސާ ރަސްމީ ބަންދު ނޫން 4 ދުވަސް ތެރޭގައި މީރާއަށް ދެއްކުމަށް ޙުކުމުގައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު