Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިއުމަން ޓްރެފިކިންގ

ހިއުމަން ޓްރެފިކިންގ މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް އިތުރު 15 ދުވަސް

އޭނާއަކީ އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭކަމަށް ރިޕޯޓްކޮށްފައިވާ ފަރާތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އެޕްރީލު 2023 | އާދީއްތަ 05:51
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ރާއްޖެއިން ހައްޔަރުކުރި އިންޑިއާ މީހަކު އިތުރު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި މީހުން ޓްރެފިކްކުރަން އުޅުން ނުވަތަ ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވެންކަޓަރަމަނާ ޕައްލާއެވެ. އޭނާ ހައްޔަރުކުރިއިރު ދިރިއުޅެމުން އައީ ހެންވޭރުގެ ގެސްޓްހައުސްއެއްގައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުުރުމުން އެންމެ ފުރަތަމަ އެ ކޯޓުން ވަނީ 15 ދުވަސް ވަންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އެ މުއްދަތު ހަމަވުމުން ކޯޓުން ހޮނިހިރު ދުވަހު އަނެއްކާވެސް ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރުކޮށް، 16 އޭޕްރީލްގެ ނިޔަލަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުުރުގައި ބަޔާންކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހުށައެޅިފައިވާ ތުހުމަތު ކުރެވޭ ފަރާތުގެ ބަޔާނާއި، ޙާދިސާއާ ގުޅިގެން ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، މީހުން ޓްރެފިކް ކުރުމުގައި އޭނާގެ ދައުރެއް ހިމެނޭކަމަށް ބެލެވޭކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އޭނާއަކީ އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭކަމަށް ރިޕޯޓްކޮށްފައިވާ ފަރާތެއްކަމަށް ބެލެވެއެވެ.

އަދި އެއީ ގިނަ ބަޔަކު ޝާމިލުވެގެން އިންތިޒާމްވެގެން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުށުގެ އަމަލުތައް ހިމެނޭގޮތަށް ހިންގަމުންދާ ކުށެއްކަމަށް ބެލެވޭ ކަމަށާއި، އެކަމުގެ ސަބަބުން ގިނަ ބަޔަކު ވިކްޓިމައިޒްވެފައިވާ ކަމަށްވެސް ބެލެވޭ ކަމަށްވެސް އެ އަމުރުުގައި ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު