Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫތު މިނިސްޓްރީގެ ގުދަނަކަށް ކައުންސިލުން ވަނުން

ސިޓީ ކައުންސިލުން ގުދަނުގެ ތަޅު ހަލާކުކޮށް ހިންގީ ޖިނާއީ ކުށެއް - ޔޫތު މިނިސްޓްރީ

ޔޫތް މިނިސްޓްރީން ބުނީ އެ ބިމަކީ ވޮލީބޯޅަ އިންޑޯ އިމާރާތް އެޅުމަށް ޕްލޭންކުރެވިފައިވާ ބިން ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 އެޕްރީލު 2023 | އާދީއްތަ 06:49
މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް

30 މާޗް 2023 ވަނަ ދުވަހުގެ ރޭ މާލޭ ސިޓީ ކައުންސިލުން ޔޫތު މިނިސްޓްރީގެ ގުދަނުގެ ތަޅު ހަލާކުކޮށް، އާ ތަޅެއްލައި މުދާ ނެގުމަށް ހިންގާފައިވާ އަމަލަކީ އެ މިނިސްޓްރީގެ ބިމަކަށް ވެރިވެގަނެ ހިންގާފައިވާ ޖިނާއީ ކުށުގެ އަމަލެއް ކަމަށް އެ މިނިސްޓްރީ އިން ބުނެފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ޔޫތު މިނިސްޓްރީގެ ބިމެއްގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށްލުމަށްފަހު އެތަނުގައި ހުރި މުދާތައް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް މިނިސްޓަރުގެ ވާހަކަފުޅަށް ރައްދު ދީ ސިޓީ ކައުންސިލުން ބުނެފައިވަނީ އެއީ ޔޫތް މިނިސްޓްރީގެ ގުދަނެއް ނޫން ކަމަށާއި، އެއީ މާލެ ސިޓީ ކައުންސިލްގެ ބިމެއްގައި ހަދާފައިވާ ގުދަނެއް ކަމަށެވެ. އެގޮތުން މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިންތަކަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިންތަކެއް ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ 353 ނަންބަރު ކޮށްޓަކީ 15 މެއި 2019 ވަނަ ދުވަހު، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުޅިވަރުގެ ބޭނުންތަކަށް ކަނޑައަޅައި، އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެއް ކަމަށެވެ. އަދި އެ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލް، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 27 ނޮވެމްބަރު 2019 ވަނަ ދުވަހު އެ މިނިސްޓްރީއަށް ދީފައިވާ ކަމަށެވެ. މީގެ އިތުރުން، 16 ޖަނަވަރީ 2022 ވަނަ ދުވަހު މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ މިނިސްޓްރީއަށް ފޮނުވި ޗާޓުގައި ވެސް އެ ބިމަކީ ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެއް ކަން ސާފުކޮށް އެނގެން އޮންނަ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން މިކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި، މާލޭ 353 ނަންބަރު ކޮށީގައި ހުންނަ އެ މިނިސްޓްރީގެ ގުދަނަކީ ކޮންބައެއްގެ ތަނެއްކަން ނޭނގޭ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ބިމުގައި ވޮލީގެ އިމާރާތް ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލާއި މިނިސްޓްރީއާ ދެމެދު 2019 ވަނަ އަހަރުން ފެށިގެން ހިނގާފައިވާ މުއާމަލާތްތަކުން މިބިމަކީ އެ މިނިސްޓްރީގެ ބިމެއްކަން ސާފުކޮށް މާލޭ ސިޓީ ކައުންސިލަށް އެނގެން އޮންނާނެ ކަމަށް ވެސް ޔޫތު މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި މި މުއާމަލާތްތައް ހިނގަމުންދިޔައިރު، މި ބިމަކީ މާލޭ ސިޓީ ކައުންސިލުގެ ބިމެއް ކަމަށް އެންމެ ފަހަރަކު ވެސް ސިޓީ ކައުންސިލުން ބުނެފައިނުވާކަން މިނިސްޓްރީ އިން ފާހަގަކުރެއެވެ. އެހެންކަމުން މާލޭ ސިޓީ ކައުންސިލުން ކަމުގެ ހަގީގަތް އޮޅުވާލައި ރައްޔިތުންގެ މެދުގައި މިނިސްޓްރީ ބަދުނާމު ކުރުމަށް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން މާލޭގެ 353 ނަންބަރު ކޮށްޓާއި ގުޅޭގޮތުން ހިނގާފައިވާ މުއާމަލާތްތައް ޔޫތު މިނިސްޓްރީން ވަނީ އާއްމު ވެސް ކޮށްފައެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ ބިމަކީ ވޮލީބޯޅަ އިންޑޯ އިމާރާތް އެޅުމަށް ޕްލޭންކުރެވިފައިވާ ބިން ކަމަށެވެ. އަދި އެ ބިމުގައި ވޮލީގެ އިމާރާތް އެޅުމަށް ކޮންސެޕްޓް ކުރެހުންތައް ކުރަހައި، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށަހަޅައި 05 ޖޫން 2021 ވަނަ ދުވަހު ކޮންސެޕްޓް ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ކޮންސެޕްޓް ފާސްކުރެވުމާއެކު އެ މިނިސްޓްރީއިން ވާނީ 23 ޖޫން 2021 ވަނަ ދުވަހު ވޮލީ އިމާރާތުގެ ޑީޓޭލްޑް ޑްރޯވިންގ ފާސްކޮށްދިނުމަށް އެދި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޑީޓޭލްޑް ޑްރޯވިންގ ފާސްކޮށްދިނުމަށް އެދި ޔޫތު މިނިސްޓްރީއިން ފޮނުވި ސިޓީއާއެކު، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފާސްކޮށްފައިވާ ކުރެހުމާއި، 353 ނަންބަރު ކޮށްޓަށް ތައްޔާރުކޮށްފައިވާ ޑިވޮލަޕްމަންޓް ކޮންޓްރޯލް އާއި މާލޭގެ 353 ނަންބަރު ކޮށި ޔޫތު މިނިސްޓްރީއާ ހަވާލުކުރި ކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފޮނުވި ސިޓީ ވެސް ވާނީ އެއްކަރުދާސް ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، މާލޭ ސިޓީ ކައުންސިލުން މިތަނުގެ ޑީޓޭލްޑް ޑްރޯވިންގ ފާސްކޮށްނުދީ ލަސްވަމުން ދިއުމުގެ ސަބަބުން، 20 ޖަނަވަރީ 2022 ގައި ވެސް މިނިސްޓްރީއިން ވާނީ ޑީޓޭލްޑް ޑްރޯވިންގ ފާސްކޮށްދިނުމަށް އެދި ސިޓީ ފޮނުވާފަ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން 30 މާޗް 2023 ވަނަ ދުވަހުގެ ރޭ 353 ނަންބަރު ކޮށީގައި ހުންނަ މިނިސްޓްރީގެ ގުދަނުގެ ތަޅު ހަލާކުކޮށްލައި، އެތަނުގައި އާ ތަޅެއް ލުމަށްފަހު އެތަނުގެ ތަޅުދަނޑި އަމިއްލަ ފަރާތަކާއި ހަވާލުކޮށް، އަދި 31 މާޗް 2023 ވަނަ ދުވަހުގެ ރޭ ދަންވަރު ސިޓީ ކައުންސިލުގެ ކައުންސިލް މެންބަރު އާއިޝަތު ނަހުލާއާއި އިސްވެރިންނާއި އަދި މުވައްޒަފުން ގޮސް މިނިސްޓްރީގެ ގުދަނަށް ވަދެ އެތަނުގައި ހުރި މުދާ ގެންދިޔައީ ޔޫތު މިނިސްޓްރީގެ އެއްވެސް ހުއްދައެއް ނެތި ގާނޫނުތަކާއި ގަވާއިދުތަކާ ކަނޑައެޅިގެން ޚިލާފަށްކަމަށް ވަނީ ބުނެފައެެވެ. އަދި ސިޓީ ކައުންސިލުގެ ވެހިކަލްތަކަށް އެ މުދާ އަރުވައިގެން ގެންދިއުމަށް މަސައްކަތްކޮށް، ބައެއް މުދަލަށް ގެއްލުންދީފައިވާކަމީ މިނިސްޓްރީއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުންގެ ޣައިރު ހާޒިރުގައި މިނިސްޓްރީގެ ގުދަނެއްގައި ރައްކާކޮށްފައިވާ މުދަލެއްގައި ސިޓީ ކައުންސިލަށް އަތްލެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް ޔޫތު މިނިސްޓްރީ އިން ބުނެއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު