Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު

އިންތިހާބާ ބެހޭ މައިމަރުކަޒަށް ވަދެވޭނީ މި މަހުގެ ފަހުކޮޅު - އިލެކްޝަންސް

2 އެޕްރީލު 2023 | އާދީއްތަ 09:26

ފްލޯ ޕްލޭންތަކާއި، ވޯކް ޗާޓްތަކާއި މިކަންތައްތައް އިދާރީ ގޮތުން ކުރަމުން އެބަދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 އެޕްރީލު 2023 | އާދީއްތަ 09:26
އިލްކެޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ

އިލްކެޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ

އިންތިހާބާ ބެހޭ މައިމަރުކަޒެއް ހަމަޖެހިފައިވީނަމަވެސް، އެތަނަށް ވަދެވޭނީ މި މަހުގެ ފަހުކޮޅުގައި ކަމަށާއި، އޭގެ ކުރިން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ރިޔާސީ އިންތިހާބަށް މިހާރު ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި މިހާރު ކުރިއަށްދަނީ މިހާތަނަށް އެންމެ ބޮޑު ދަތިތަކަމެއްގެ ގޮތުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބިފައި އޮތީމަ އެކަމާއިގެން ކުރިއަށްގެންދިއުން ކަމަށެވެ. އެއީ އިންތިހާބާބެހޭ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ، ހައުސިން މިނިސްޓްރީން ހަޖައްސައިދީފައިވުމުން، ދަރުބާރު ތައްޔާރުކުރުމުގެ އިދާރީ މަސައްކަތް ކުރިއަށްގެންދިއުން ކަމަށެވެ.

Advertisement - newsAdvertisement

ހަސަން ވިދާޅުވީ ވަރަށް ގިނަ މަސައްކަތްތަކެއް ދަރުބާރުގެއަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، އެކަންކަމަށް ބޭނުންވާ ފްލޯ ޕްލޭންތަކާއި، ވޯކް ޗާޓްތަކާއި މިކަންތައްތައް އިދާރީ ގޮތުން ކުރަމުންގެންދާ ކަމަށެވެ. އަދި މި މަސައްކަތް ކުރަން ދަރުބާރުގެއަށް ވަދެވޭނީ މި މަހުގެ ފަހުކޮޅު ކަމަށްވާތީ ދަރުބާރުގެއަށް ވަނުމުގެ ކުރިން ކުރަން ޖެހޭ އިދާރީ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ކަމަށެވެ.

ހަސަން ވިދާޅުވީ އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެތެރޭގައި ލިޔެކިޔުމާއި ބެހޭ ތަކެއްޗާއި އެހެންވެސް ވޯޓުލުމަށް ބޭނުންވާ ތަކެތި ހޯދުމަށް ޕްރޮކިއުމެންޓް މަރުހަލާގައި، އެތަކެތި ހޯދަން އިއުލާންކުރެވި ބައެއް މަސައްކަތްތައް އެވޯޑްކުރެވި ތަކެތި ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްދާ ކަމަށެވެ.

އަދި އެއާއެކު އިންތިހާބާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުން ބޭއްވި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅިގެން އޮބްޒާވްކުރުމަށް ބޭނުންވާ ބައިނަލްއަގުވާމީ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ތަންކޮޅެއް ދިގުމުއްދަތެއް މިފަހަރު އެކަމަަށް ދީފައިވާނެ ކަމަށާއި، އެއީ ރިޔާސީ އިންތިހާބަކީ ވަރަށް ގިނަބައެއްގެ ޝައުގުވެރިކަން އެކަމަށް ހުއްޓިފައިވާ ކަމަކަށްވާތީ ކަމަށެވެ. ބައިނަލްއަގުވާމީ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.

ހަސަން ވިދާޅުވީ މި މަސައްކަތްތަކުގެ އިތުރުން އޮފިޝަލުން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އޮފިޝަލުން ހޯދުމަށްޓަކައި އިއުލާންކުރެވި އެކަމަށް އެޕްލިކޭޝަން ލިބެމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް