Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގައި ފެންބޮޑުވުން

ފެންބޮޑުވުމުގެ ސަބަބުން ތިން ގެޔަކަށް ގެއްލުންވެގެން ރިޕޯޓްކުރި: އެންޑީއެމްއޭ

މާލެއަށް ހޮނިހިރު ދުވަހު ހެނދުނު 88 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 1 އެޕްރީލު 2023 | ހޮނިހިރު 08:45
މާލޭގައި ފެންބޮޑުވެފައި

މާލޭގައި ފެންބޮޑުވެފައި

މާލެއަށް މިއަދު ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ތިން ގެޔަކަށް ގެއްލުންވެގެން ރިޕޯޓްކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު މާލެއަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. އަދި އެކަމުގެ ސަބަބުން، މާފަންނުކޮޅުގައި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، ފެންބޮޑުވުމުގެ ސަބަބުން ގޭތެރެއަށް ނަޖިސް ބޭރުވެ، ގޭގެ ފަރުނީޗަރާއި ހިފައިގެންގުޅޭ ތަކެއްޗަށް ގެއްލުންވުމުގެ ސަަބަބުން މިހާތަނަށް ތިން ގެއަކުން އެ އިދާރާއަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެންޑީއެމްއޭއިން ބުނާގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިގެން ރިޕޯޓްކުރި ތިން ގޭގެ ހާލަތު ބަލައި، ލިބިފައިވާ ގެއްލުންތައް ވަޒަންކޮށް ދެނެގަތުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ގެއްލުން ލިބުނުކަމުގެ މައުލޫމާތު ލިބުމާއެކު، އެ އިދާރާއިން އިމަރޖެންސީ އޮޕަރޭޝަންސްގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެންއެމްޑީއޭއިން ބުނެއެވެ.

މީގެ އިތުރުން، ފެންބޮޑުވި ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށާއި އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލަށް އެ މައުލޫމާތު ފޯރުކޮށްދީފައި ވާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ރެކޯޑްކުރެވިފައިވާގޮތުގައި، މާލެއަށް 88 މިލިމީޓަރުގެ ވާރޭ ހޮނިހރު ދުވަހު ހެނދުނު ވަނީ ވެހިފައެވެ. އަދި ދެ ގަޑިއިރު ތެރޭގައި 86 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، މެޓް އޮފީހުން ބުނާގޮތުގައި މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާ ގިނައިން ވާރޭ ވެހެނީ ވަރަށް މަދުންކަމަށް އެ އިދާރާއިން ބުނެއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު