Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގައި ފެންބޮޑުވުން

ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފުން ފެން ހިންދަނީ

ފެންބޮޑުވެފައިވަނީ މާފަންނު ކޮޅުގައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 1 އެޕްރީލު 2023 | ހޮނިހިރު 07:22
މާލޭގައި ފެންބޮޑުވެފައި

މާލޭގައި ފެންބޮޑުވެފައި

މިއަދު ހެނދުނު މާލެއަށް ބޯކޮށް ވާރޭވެހި, މާފަންނު ކޮޅުގައި އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލޭގެ ހަތަރު ސަރަހައްދެއްގައި 8:30ން ފަށައިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަަށެވެ. އެއީ އެކުވެނި ދަނޑު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދާއި ދިރާގު ހެޑް އޮފީސް ސަރަހައްދާއި ވެސްޓު ޕާކް ސަރަހައްދެވެ.

ހޮނިހިރު ދުވަހު ހެނދުނު ގާތްގަނޑަކަށް ހަތެއް ޖެހީއްސުރެ ވެހެން ފެށި ވާރެއާއެކު އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ މާފަންނުގައެވެ. މާފަންނުކޮޅުގައި ވަރަށް ބޮޑަށް ފެންބޮޑުވެ, އެ ސަރަހަައްދުގައި ހުރި ބައެއް ގެތަކަށްވެސް ވަނީ ފެނުގެ އަސަރުކޮށްފައެވެ. އަދި މަގުމަތީގައި ބަހައްޓާފައި ހުރި ސައިކަލުތައްވެސް ފެންބޮޑުވުމުގެ ސަބަބުން ވެއްޓިފައިވާކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

ޓްވިޓަރގައި، މާފަންނުގައި ދިރިއުޅޭ ބައެއް މީހުން ލިޔެފައިވާގޮތުގައި މިހާ ބޮޑަށް މާލެ ފެންބޮޑުވެފައި އޮއްވައެއް ނުފެނެއެވެ. ބައެއް މީހުން ބުނިގޮތުގައި، ތަނބިކައްޓަށްވުރެވެސް މައްޗަށް ވަނީ ފެންބޮޑުވެފައެވެ. އަދި އެ ކަމުގެ ސަބަބުން މަގުމަތީގައި ޕާކުކޮށްފައިހުރި ބައެއް ސައިކަލުތައްވެސް ސްޓާޓް ނުވާކަމަށް މީހުން ވަނީ ބުނެފައެވެ.

މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގައި ފެންބޮޑުވީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ނިޒާމުގެ ޕަމްޕުތައް ބަލަހައްޓާ ފަރާތްތަކުން އެ ޕަމްޕުތައް ޖެއްސުން ލަސްވުމުގެ ސަބަބުން ކަމަށެވެ. އަދި މަގުތައް ހަދަން ސިޓީ ކައުންސިލުން ފެށި މަސައްކަތް ސަރުކާރުން ހުއްޓުވީކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު