Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހްޔާ ފޯރަމް

ކާމިޔާބީއާ ހަމައަށް ދެވޭނީ އެމީހެއްގެ ވަގުތު ސަލާމަތްކުރި މީހަކަށް: ޝައިޚް އާމިރު

1 އެޕްރީލު 2023 | ހޮނިހިރު 06:53

ވަގުތު އެންމެ ހެޔޮގޮތުގައި ބޭނުންކުރެވޭނީ ހަޔާތުގެ ލަނޑުދަނޑިއެއް އޮތް މީހަކަށް ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 އެޕްރީލު 2023 | ހޮނިހިރު 06:53
ޝައިޚް އާމިރު

ޝައިޚް އާމިރު

ކާމިޔާބީއާ ހަމައަށް ދެވޭނީ އެމީހެއްގެ ވަގުތު ސަލާމަތްކުރި މީހަކަށްކަމަށް, އައްޝައިޚް އަބްދުﷲ އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު މިފަދައިން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ 6 ވަނަ އިހްޔާ ފޯރަމްގައި ތަގުރީރުކުރައްވަމުންނެވެ. "އިސްލާމީ ނަޒަރަކުން ވަގުތު" މި މައުލޫއަށް ކުޅުދުއްފުށި ސިޓީގައި ތަގުރީރުކުރެއްވީ ޝައިޚް އަބްދުﷲ އާމިރުއާއި ޝައިޚް އަލީ ޒައިދުއެވެ.

Advertisement - newsAdvertisement

ޝައިޚް އާމިރު ވިދާޅުވީ، ވަގުތު އެންމެ ހެޔޮގޮތުގައި ބޭނުންކުރެވޭނީ ހަޔާތުގެ ލަނޑުދަނޑިއެއް އޮތް މީހަކަށް ކަމަށެވެ. އެގޮތުން، ދުނިޔެމަތީގައި ލިބޭ ކާމިޔާބީތަކަކީ ވަގުތީ ކާމިޔާބީތަކެއްކަމަށާއި، ހަގީގީ ކާމިޔާބަކީ ސުވަރުގެއަށް ދެވުންކަމުގައި ވިދާޅުވިއެވެ. އަދި މާތްﷲގެ ވަހީ ބަސްފުޅުތަކަށް ރިއާޔަތްކުރައްވައި އާމިރު ވިދާޅުވީ، ސުވަރުގެ ވަންނަ މީހާ ކާމިޔާބުވެއްޖެކަމަށް މާތް ﷲ ވަހީ ކުރައްވާފައިވާކަމަށާއި، ކާމިޔާބާ ހަމައަށް ދެވޭނީ އެމީހެއްގެ ވަގުތު ސަލާމަތްކުރާ މީހާއަށް ކަމަށެވެ.

މީގެ އިތުރުން ސުވަރުގެއާ ހަމައަށް އިންސާނާއަށް ދެވޭނީ ޒުވާން އުމުރުގައި ހެޔޮކަންތައް ކޮށް މާތްﷲ އަންގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓައި، ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މުސްލިމެއްގެ ހަޔާތުގެ ކޮންމެ ކަމެއްވެސް ބިނާވާންޖެހޭނީ ނަމާދުކުރުމާއި ގުރުއާން ކިޔެވުމާއި ދުނިޔަވީ މަސައްކަތްތަކާއި އާއިލާއާއި އަމިއްލަ ނަފްސަށް ވަގުތު ދީގެން ކަމަށާއި، މިކަންކަމަށް ވިސްނަންޖެހޭކަމަށެވެ. އަދި ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ފަހުން ކަންކަން ކުރުމަށް ނުބެހެއްޓުމާއި، ބައެއް ކަންކަމުގައި ނޫނެކޭ ބުނުމުގެ މުހިންމުކަމާއި، ކުރަންޖެހޭ ކަންކަން ބަދަލުކުރިއަސް ކުރާ ކަންކަން ދޫކޮށް ނުލުމާއި، އެއްކަހަލަ ކަންކަން އެއް ވަގުތެއްގައި ކުރުމުގެ މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެ މީހެއްގެ ލަނޑުދަނޑިތައް ފެންނަ ގޮތަށް ބެހެއްޓުމަކީވެސް މުހިންމު ކަމެއްކަން އާމިރު ފާހަގަކުރެއްވިއެވެ. އެގޮތުން، މީހެއްގެ ލަނޑުދަނޑިއަށް ވާސިލުވުމަށް އެންމެ ބޮޑަށް އޭނާއަށް ހުރަސްއަޅާ އެކައްޗަކީ ކަންނެތްކަން ކަމަށާއި، އެކަން ފިލުވާލައި ޖޯޝު ގެނުވުމަށް، ލަނޑުދަނޑި ހަނދާން ވާގޮތަށް ކުރިމަތީގައި ލިޔެފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އިދިކޮޅު ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އަތޮޅުތެރޭގައި މުޒާހަރާކޮށްފި

10 އެޕްރީލު 2017
އިދިކޮޅު ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އަތޮޅުތެރޭގައި މުޒާހަރާކޮށްފި
09 އެޕްރީލު 2017

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ
31 މާރިޗު 2017

ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން

31 މާރިޗު 2017
ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން
28 މާރިޗު 2017

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް