Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިންޑޮނޭޝިއާގެ ބަދަލުގައި 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ބާއްވަން އާޖެންޓީނާއިން ބިޑްކޮށްފި

އާޖެންޓީނާގެ ކެރި ފޯރުންތެރިކަމަށް ބަލާއިރުވެސް، އެ ގައުމުގައި މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު ބޮޑު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2023 | ހޮނިހިރު 04:59
ފީފާގެ ރައީސް އިންފަންޓީނޯ

ފީފާގެ ރައީސް އިންފަންޓީނޯ

އިންޑޮނޭޝިއާގެ ބަދަލުގައި 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ދެކުނު އެމެރިކާގެ އާޖެންޓީނާއިން ބިޑުކޮށްފިއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، މުބާރާތް ބޭއްވުމުގެ ޝައުގުވެރިކަން އެތައް ގައުމަކުން ގެންގުޅޭކަމަށެވެ. ނަމަވެސް ސަރުކާރުން ލިބެންޖެހޭ އެއްބާރުލުމާއި އެހެނިހެން ތަފްސީލުތަކާއެކު މިހާތަނަށް ރަސްމީކޮށް ބިޑު ހުށަހަޅާފައިވަނީ ހަމައެކަނި އާޖެންޓީނާއިން ކަމަށެވެ. އިންފަންޓީނޯ ވިދާޅުވީ އެކަމާ ގުޅިގެން ފީފާއިން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށެވެ. އިންފަންޓީނޯ ވިދާޅުވީ މުބާރާތް ފެށުމަށް ތާވަލުކޮށްފައި އޮތީ އަންނަ މެއި މަހުގެ 20 ވަނަ ދުވަހުކަމުން، ފީފާއިން ވަގުތު އޮއްވައި ކަންކަން ނިންމާނެކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، އާޖެންޓީނާގައި ފުޓުބޯޅައަށް އޮންނަ ލޯތްބާއި، އެ ގައުމުން ފުޓުބޯޅައަށް ސަމާލުކަން ދެމުން އަންނަ މިންވަރު އެންމެނަށްވެސް އެނގޭކަމަށެވެ. އޭނާ ވިދާޅުވީ އާޖެންޓީނާއަކީ މިފެންވަރުގެ މުބާރާތެއް ހޯސްޓުކުރުމުގެ ގާބިލުކަން ހުރި ގައުމެއްކަމަށެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، 20 އަހަރުން ދަށުގެ ވޯލްޑް ކަޕަކީވެސް އޭނާ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ މުބާރާތެއް ކަމަށެވެ. އޭނާ ވިދާޅުވީ އާޖެންޓީނާގެ ކެރި ފޯރުންތެރިކަމަށް ބަލާއިރުވެސް، އެ ގައުމުގައި މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. ނަމަވެސް އުސޫލުތަކެއް ހެދިފައި އޮންނާނެކަމަށެވެ. ވަކި ކަންކަމަކަށް ބަލަން ޖެހޭނެކަން ފާހަގަކުރައްވަމުން އިންފަންޓީނޯ ވިދާޅުވީ، ވީ އެންމެ އަވަހަކަށް އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.

ފީފާއިން އިންޑޮނޭޝިއާގައި މި މުބާރާތް ބޭއްވުން ހުއްޓުވީ އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން (ޕީއެސްއެސްއައި)އިން ގުރު ނެގުމުގެ ރަސްމިއްޔާތަށް ތައްޔާރުވަމުން އަންނަނިކޮށެވެ. ސަބަބަކީ ބާލީ ޖަޒީރާގެ ގަވަރުނަރު، އިސްރާއީލް ޓީމަށް މުބާރާތުގައި ބައިވެރިނުވެނޭކަމަށް ވިދާޅުވުމުންނެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
13 މާރިޗު 2017

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
21 ފެބުރުއަރީ 2017

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު