Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އިޝްތިހާރުކުރުން

ތްރިލޯފިލިއާ އާއެކު އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރަނީ

މިއީ 3 މިލިއަން މީހުންނަށް ޓާގެޓްކޮށްފައިވާ ކެމްޕޭނެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 31 މާރިޗު 2023 | ހުކުރު 07:16
ރާއްޖެ އަންނަ ފަތުރުވެރިން

ރާއްޖެ އަންނަ ފަތުރުވެރިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ތްރިލޯފިލިއާ އާއެކު ޑިޖިޓަލް މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ.

މޭ 2023 އަށް ކުރިއަށްގެންދާ މި ކެމްޕޭނުގެ އަމާޒަކީ އިންޑިއާ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި އަގުހެޔޮ ޗުއްޓީ ޕެކޭޖްތަކަށް އަލިއަޅުވާލާ، ރާއްޖެއިން ލިބެންހުރި ތަފާތު ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކޮށް، އިންޑިއާ އާއި ކައިރި ފަސޭހައިން ދަތުރުކުރެވޭ 'ޝޯޓް-ހޯލް' މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ކެމްޕެއިންގައި ދިވެހިރާއްޖެއާ ބެހޭ މައުލޫމާތު އެކުލެވޭ ލިޔުންތަކާއި ވީޑިއޯ އިޝްތިހާރުތަކާއި ގައިޑްބުކްތަކާއި އެހެނިހެން ލިޔުންތަށް ޝާއިއުކުރާނެއެވެ. މި ލިޔުންތަކުގައި ދިވެހިރާއްޖޭގެ ޕްރޮޑަކްޓްތަކާއި ތަޖުރިބާތަކާއި ސެގްމަންޓްތަކާއި ދިވެހިރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިމެނޭނެއެވެ. މީގެ އިތުރުން, ސޯޝަލް މީޑިއާ ޕްރޮމޯޝަންތަކާއި، 10 އަށް ވުރެ ގިނަ ލޭންޑިން ޕޭޖްގައި ބެނަރ އިޝްތިހާރުތަކާއި، ހޯމްޕޭޖް ބެނަރ އާއި، އީ-މެއިލަރސް އަދި މި ނޫނަސް ގިނަ ހަރަކާތައް މި ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާނެއެވެ. މި ކެމްޕޭނުން 3 މިލިއަނަށްވުރެ ބޮޑު ރީޗް ހާސިލްވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ. ކެމްޕޭންގެ މުއްދަތުގައި 1000 ރޫމް ނައިޓް ވިއްކޭނެ ކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ.

ތްރިލޯފިލިއާ އަކީ މަންޒިލްތަކާއި ދަތުރު ތަޖުރިބާތައް ހޯދައި ބުކިންގ ހެދުމަށް، އިންޑިއާގައި ބޭނުން ކުރާ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމެވެ. ތްރިލޮފީލިއާއިން 22،000 އަށް ވުރެ ގިނަ ދަތުރު ތަޖުރިބާތަކާއި ދަތުރުތަކާއި ހަރަކާތްތަކުން ބުކިން ހަދައި އަހަރަކު 80 މިލިއަނަށް ވުރެ ގިނަ ޔޫޒަރުންނަށް ހިދުމަތްދެއެވެ.

5 މާޗް 2023 ގެ ނިޔަލަށް އިންޑިއާއިން 41،054 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އިންޑިއާ އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދެވަނަ ޓޮޕް ސޯސް މާކެޓެވެ. 2023 ވަނަ އަހަރު ދިވެހިރާއްޖެއަށް އިންޑިއާ އިން 241,368 (މާކެޓް ޝެއަރ %14.4) ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިދިޔަ އަހަރު އިންޑިއާ އަކީ ދިވެހިރާއްޖޭގެ ޓޮޕް ސޯސް މާކެޓެވެ.

މި އަހަރަށް އިންޑިއާ މާކެޓަށް އަމާޒުކޮށްގެން އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ރާވާފައިވެއެވެ. މީގެ ތެރޭގައި ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕޭންތަކާއި؛ ބޮޑެތި ފެއާތަކުގައި ބައިވެރިވުމާއި؛ މީޑިއާ އިންޓަވިއުތައް؛ އިޝްތިހާރު ކެމްޕޭންތައް؛ ޓީވީ އަދި އޮންލައިން ޕްރޮގްރާމްތަކާއި އައުޓްޑޯރ އިޝްތިހާރު ކުރުމުގެ ކެމްޕޭންތައް؛ އަދި ފެމިލިއަރައިޒޭޝަން ދަތުރުތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު