Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއުތުރު ކޮރެއާ

އުތުރު ކޮރެއާއިން މީހުން ގެއްލުވާ މައްސަލައަށް އިޢުތިރާފުވާން ޖެހޭ: އދ

އިންސާނީ ޙައްޤުތައް ނިގުޅައިގަންނަ ކަމުގެ މައްސަލާގައި އެ ޤައުމަށް އަމާޒު ކުރާ ހުރިހާ ތުހުމަތުތަކަކަށް އުތުރު ކޮރެއާއިން، ތަކުރާރުކޮށް އިންކާރު ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 30 މާރިޗު 2023 | ބުރާސްފަތި 08:08
އދއިން އެކުލަވާލި ރިޕޯޓްގައިވާ މަޢުލުމާތަށް ބަލާއިރު، އުތުރު ކޮރެއާއިން ގެއްލުވާލާ މީހުން އާންމު ގޮތެއްގައި "އަރުވާލަނީ" އުމުރު ދުވަހަށް

އދއިން އެކުލަވާލި ރިޕޯޓްގައިވާ މަޢުލުމާތަށް ބަލާއިރު، އުތުރު ކޮރެއާއިން ގެއްލުވާލާ މީހުން އާންމު ގޮތެއްގައި "އަރުވާލަނީ" އުމުރު ދުވަހަށް

ބަވަނަ ވެފައި ވާ އަދުގެ ދުނިޔޭގައި އޮތް އެންމެ އެކަހެރި އެއް މަންޒިލަކީ އުތުރު ކޮރެއާ ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި އަޣުލަބިއްޔަތު ލިބިފައިވާ އެތައް ކަމަކާވެސް ދެބަސްވެފައިވާ އުތުރު ކޮރެއާއައަށް އަމާޒުވާ އެކި ކަހަލަ އިލްޒާމްތައްވެސް މަދެއް ނޫނެވެ. އެކަން އެގޮތަށް ދިމާވުމުގައިވެސް އުތުރު ކޮރެއާގެ އަމަލުތަކުގެ ދައުރު ވަކި ކުޑައެއް ނޫނެވެ.

މި ފަހަރުވެސް އެކަހަލަ ވާހަކައެކެވެ. ދެކުނު ކޮރެއާގައި ހުންނަ، އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން ވަނީ، އުތުރު ކޮރެއާގެ އަދުގެ ސަރުކާރުގެ އިހުމާލުން، ވީނުވީއެއް ނޭނގި ގެއްލިފައި ވާ މީހުންގެ އެންމެ ފަހުގެ މަޢުލޫމާތުތައް އާންމުކޮށް، ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ. އަދި އުތުރު ކޮރެއާގެ ސަރުކާރުން ވަނީ، އަނިޔާ ލިބިފައިވާ މީހުންނާއި އެ މީހުންގެ ޢާއިލާތައް، ޙައްޤުތަކުން މަހްރޫމު ކުރަމުން ކަމަށްވެސް އެ އިދާރާއިން ވަނީ ތުހުމަތު ކޮށްފައެވެ.

އުތުރު ކޮރެއާގެ ކަމާ ބެހޭ ފަރާތްތަކުން، ގަސްތުގައި ނިޒާމުން މީހުން ގެއްލުވާ، ވަގަށް ނަގާ ކަމަށް އިޢުތިރާފު ވާން ޖެހޭ ކަމަށް، އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އޮފީހުން ބުނެއެވެ. 1950ން ފަށައިގެން، އުތުރު ކޮރެއާގެ ސަރުކާރުން، ދަޢުލަތުގެ ފެންވަރުގައި އެ ޖަރީމާ ހިންގާ ކަން ހާމަ ކުރަން ޖެހޭ ކަމަށާ، އެފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށްޓަކާ، މިހާރުން މިހާރަށްވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އދއިން އާންމު ކުރި ރިޕޯޓެއްގައި ވަނީ ގޮވާލާފައެވެ.  

އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އިދާރާއިން ރިޕޯޓް އެކުލާވާފައި ވަނީ އުތުރު ކޮރެއާ ދޫކޮށް ފިލި މީހުންނާއި، އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން މީގެ ކުރިން ވަގަށް ނެގި މީހުންނާއި، އެމީހުންގެ ޢާއިލާތަކުން ދީފައިވާ މަޢުލުމާތުގެ މައްޗަށް ބިނާކޮށެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާއިން ވަގަށް ނެގި މީހުންގެ އިތުރުން ދެކުނު ކޮރެއާއާއި ޖަޕާނާއި އަދިވެސް އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

އިންސާނީ ޙައްޤުތައް ނިގުޅައިގަންނަ ކަމުގެ މައްސަލާގައި އެ ޤައުމަށް އަމާޒު ކުރާ ހުރިހާ ތުހުމަތުތަކަކަށް އުތުރު ކޮރެއާއިން، ތަކުރާރުކޮށް އިންކާރު ކުރެއެވެ. އަދި އދއިން ކުރިއަށް ގެންދިޔަ ތަޙްޤީޤުތަކަކީ، އުތުރު ކޮރެއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ މަޤްޞަދުގައި، އެމެރިކާ އަޑީގައި އޮވެގެން ރޭވި ރޭވުމެއް ކަމަށް ބުނެ، އުތުރު ކޮރެއާއިން ވަނީ އދއަށްވެސް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.

އދއިން އެކުލަވާލި ރިޕޯޓްގައިވާ މަޢުލުމާތަށް ބަލާއިރު، އުތުރު ކޮރެއާއިން ގެއްލުވާލާ މީހުން އާންމު ގޮތެއްގައި "އަރުވާލަނީ" އުމުރު ދުވަހަށެވެ. ސިޔާސީ ޤައިދީން ބަންދުކުރާ ކޭމްޕުތަކާއި އެނޫންވެސް ޤައިދުޚާނާތަކަށެވެ.

މިފަދަ ޖިނާއީ ކުށްތައް ހިންގާ ޤައުމެއްގެ ކަންކަން ތަޙްޤީޤު ކުރުމަށްޓަކާ، ބައިނަލްއަޤުވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އދގެ ރިޕޯޓްގައި ވަނީ ގޮވާލާފައެވެ. އަދި އަނިޔާ ލިބިފައިވާ މީހުންނަކީ ޢުމުރުން ދޮށީ ބައެއް ކަމުން، މިކަމުގައި ފިޔަވަޅު އަޅަންޖެހޭނީ ހަލުވި ދުވެލީގައި ކަން ވެސް އދއިން ވަނީ ފާހަގަ ކޮށްފައެވެ.

އުތުރު ކޮރެއާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ވާހަކަތައް ބަޔާންކޮށް، އދއިން ރިޕޯޓެއް ތައްޔާރުކޮށްފައި ވާ މި ދަނޑިވަޅަކީ، އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮންގް އުންގެ ޢަމުރުފުޅަށް، އެޤައުމުން ހަނގުރާމަމަތީ ފެންވަރުގެ ނިއުކްލިއަރ ހަތިޔާރު ފައްކާ ކުރަމުންދާ ދިއުމާ ގުޅިގެން، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެކެވެ.

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2017

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

10 ނޮވެމްބަރު 2017
ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟
15 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!
15 އޯގަސްޓު 2017

އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

15 އޯގަސްޓު 2017
އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟
07 ޖުލައި 2017

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
24 އެޕްރީލު 2017

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
25 ފެބުރުއަރީ 2017

"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ

25 ފެބުރުއަރީ 2017
"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު