Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްލެކް ހޯލް ހޯދުން

ފަލަކީ އިލްމުވެރިން އަލްޓްރާމެސިވް ބްލެކް ހޯލްއެއް އާ އުކުޅެއް ބޭނުންކޮށްގެން ހޯދައިފި

މިއީ އިތުރު ބްލެކް ހޯލްތައް ދެނެގަތުމަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ހޯދުމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 މާރިޗު 2023 | ބުދަ 16:45
ފަލަކީ އިލްމުވެރިން ހޯދި ބްލެކް ހޯލް

ފަލަކީ އިލްމުވެރިން ހޯދި ބްލެކް ހޯލް

މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު އެއް ބްލެކް ހޯލް، ފަލަކީ އިލްމުވެރިން އައު އުކުޅެއް ބޭނުންކޮށްގެން ހޯދައިފިއެވެ.

ރޯޔަލް އެސްޓްރޮނޮމިކަލް ސޮސައިޓީން ޝާއިއުކޮށްފައިވާ މި ހޯދުންތަކުން ދައްކާ ގޮތުގައި ބްލެކް ހޯލްއަކީ އިރުގެ މާސްގެ 30 ބިލިއަން ގުނައަށް ވުރެ ބޮޑު ހޯލްއެކެވެ. މިއީ ފަލަކީ އިލްމުވެރިންނަށް މަދުން ނަމަވެސް ފެންނަ މިންވަރެކެވެ.

ދިރާސާކުރާ ފަރާތްތަކުން ސިފަކުރި ގޮތުގައި މިއީ އިތުރު ބްލެކް ހޯލްތައް ދެނެގަތުމަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ހޯދުމެކެވެ.

އިނގިރޭސިވިލާތުގެ ޑަހަމް ޔުނިވާސިޓީ އިސްވެ ކުރިއަށް ގެންދިޔަ މި ޓީމުން ބޭނުންކުރީ ގްރެވިޓޭޝަނަލް ލެންސިންގެ މަޝްހޫރު އުކުޅެެވެ. އޭގެ ސަބަބުން ކައިރީގައި ހުންނަ ގެލެކްސީއެއް މާސިންގާ ބޮޑުވާބިއްލޫރިއެއްގޮތުގައި ބޭނުންކޮށްގެން ދުރުގައި ހުންނަ އެއްޗަކުން އަލި އަޅުވާލައެވެ. މިކަމުގެ ސަބަބުން ދުނިޔެއާއި އެތައް ސަތޭކަ މިލިއަން އަލި އަހަރުތަކެއް ދުރުގައި ވާ ގެލެކްސީއެއްގެ ތެރޭގައިވާ ބްލެކް ހޯލްއަށް އަލި އެޅި، ގާތުން ބަލާލެވެއެވެ.

އަދި ސުޕަކޮމްޕިއުޓަރު ސިމިއުލޭޝަންތަކާއި ހަބަލް ސްޕޭސް ޓެލެސްކޯޕުން ނަގާފައިވާ ތަސްވީރުތައް ވެސް ބްލެކް ހޯލްގެ ސައިޒު ކަށަވަރު ކުރުމަށް ބޭނުންކުރިއެވެ.

މިއީ ގްރެވިޓޭޝަނަލް ލެންސިން ބޭނުންކޮށްގެން ފެނުނު ފުރަތަމަ ބްލެކް ހޯލް ކަމަށާއި، އެ ޓީމުން ކައުނުގެ ތެރެއިން ދަތުރުކުރާ އަލި އެތައްސަތޭކަ ހާސް ފަހަރު ސިމިއުލޭޓް ކުރާ ކަމަށް ރޯޔަލް އެސްޓްރޮނޮމިކަލް ސޮސައިޓީން ނެރުނު ނޫސްބަޔާނެއްގައިވެއެވެ.

ނައިޓިންގޭލް ވިދާޅުވީ މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ބްލެކް ހޯލްގެ ތެރެއިން ގިނައީ އެކްޓިވް ހާލަތެއްގައި ހުރި ހޯލްތައް ކަމަށެވެ. އަދި ބްލެކް ހޯލް ކައިރިއަށް ދަމައިގަންނަ މާއްދާ ހޫނުވެ، އަލި، އެކްސްރޭ އަދި އެހެނިހެން ރޭޑިއޭޝަންގެ ސިފައިގައި ހަކަތަ ދޫކޮށްލާ ކަމަށެވެ.

އެހެން ނަމަވެސް ގްރެވިޓޭޝަނަލް ލެންސިންގެ ސަބަބުން އިންއެކްޓިވް ބްލެކް ހޯލްތައް ދިރާސާ ކުރެވޭއިރު، މިއީ ދުރު ގެލެކްސީތަކުގައި މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައް ކުރުމުން ލޯކަލް ޔުނިވާސް އިން ބޭރުގައި އިތުރު އެތައް ބްލެކް ހޯލްތަކެއް ހޯދައި، ކޮސްމިކް ޒަމާނުގައި މި އެކްޒޮޓިކް ތަކެތި އިތުރަށް ތަރައްގީވި ގޮތް ހާމަވެދާނެ ކަމަށެވެ.

ދިރާސާކުރާފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ހޯދުމަކީ ކުރިން ހީކުރި ވަރަށް ވުރެ ގިނަ އިންއެކްޓިވް އަދި އަލްޓްރާމެސިވް ބްލެކް ހޯލްތައް ފަލަކީ އިލްމުވެރިންނަށް ހޯދައި، އެ އެހާ ބޮޑުވި ގޮތް ތަހުގީގު ކުރެވޭނެ ކަމުގެ ފުރުސަތު ހުޅުވާލާނެ ހޯދުމެއް ކަމަށް ނައިޓިންގޭލް ވިދާޅުވިއެވެ.

މި ވަކި ހޯދުމުގެ ވާހަކަ ފެށިގެން އައީ 2004 ވަނަ އަހަރު ޑަހަމް ޔުނިވާސިޓީގެ ފަލަކީ އިލްމުވެރިޔާ، ރިސާޗް ފެލޯއެއް ކަމަށްވާ އެލަސްޓޭއާ އެޖް އަށް ގެލެކްސީ ސާވޭއެއްގެ ތަސްވީރުތައް މުރާޖައާ ކުރާއިރު ގްރެވިޓޭޝަނަލް ލެންސްގެ ޖަޔަންޓް އާކެއް ފާހަގަ ކުރުމުން ކަމަށް ނޫސްބަޔާނުގައިވެއެވެ.

އެ ޓީމުން މިހާރު ވަނީ މި ހޯދުން އަލުން ބަލައި، ނާސާގެ ހަބަލް ޓެލެސްކޯޕާއި ޑިރެކް ކޮސްމާ8 ސުޕަކޮމްޕިއުޓަރުގެ އެހީގައި އިތުރަށް ދިރާސާކޮށްފައެވެ. އަލްޓްރާމެސިވް ބްލެކް ހޯލްސް އަކީ ކައުނުގައި ހިމެނޭ އެންމެ ބޮޑެތި އެއްޗެތިނުވަތަ ތަންތަން ކަމަށާއި ފަލަކީ އިލްމުވެރިންނަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އަލްޓްރާމެސިވް ބްލެކް ހޯލްސް ގެ އަސްލު ސާފު ނުވާއިރު، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެއީ މީގެ ބިލިއަން އަހަރުތަކެއް ކުރިން ގެލެކްސީތައް އެއްވެގެން އުފެދިފައިވާ ބްލެކް ހޯލް ތަކެކެވެ.

ކޮންމެ ފަހަރަކު ވެސް ގެލެކްސީއެއް އަނެއް ގެލެކްސީއަކާ ގުޅިގެން ތަރިތައް ގެއްލި، ބްލެކްހޯލްއަކަށް މާސް ލިބެއެވެ. މިއީ ބައެއް ބްލެކް ހޯލްގެ މާސް ގަބޫލުކުރަން ދަތި ބޮޑު ސަބަބެކެވެ.

އިތުރަށް ކިޔާލަން

22 މެއި 2021

އިންޑިއާގައި ހަލުވިކަމާއެކު ބްލެކް ފަންގަސް ފެތުރެނީ

22 މެއި 2021
އިންޑިއާގައި ހަލުވިކަމާއެކު ބްލެކް ފަންގަސް ފެތުރެނީ
19 އޮކްޓޯބަރު 2019

އީޔޫގެ މަނީ ލޯންޑްރިންގ ބްލެކް ލިސްޓުން ސްރީލަންކާގެ ނަން އުނިކޮށްފި

19 އޮކްޓޯބަރު 2019
އީޔޫގެ މަނީ ލޯންޑްރިންގ ބްލެކް ލިސްޓުން ސްރީލަންކާގެ ނަން އުނިކޮށްފި
11 އެޕްރީލު 2019

ފުރުތަމަ ފަހަރަށް ބްލެކް ހޯލެއްގެ ފޮޓޯއެއް ސައިންސްވެރިން ދައްކާލައިފި

11 އެޕްރީލު 2019
ފުރުތަމަ ފަހަރަށް ބްލެކް ހޯލެއްގެ ފޮޓޯއެއް ސައިންސްވެރިން ދައްކާލައިފި
09 ފެބުރުއަރީ 2019

އެމެރިކާގެ ނޫސް މަޖައްލާއަކުން ބްލެކްމެއިލް ކުރިކަމަށް އެމޭޒަންގެ ޖެފް ބޭޒޮސް ކުރިތުހުމަތުކުރައްވައިފި

09 ފެބުރުއަރީ 2019
އެމެރިކާގެ ނޫސް މަޖައްލާއަކުން ބްލެކްމެއިލް ކުރިކަމަށް އެމޭޒަންގެ ޖެފް ބޭޒޮސް ކުރިތުހުމަތުކުރައްވައިފި
14 ޖެނުއަރީ 2019

ލަޔަން އެއަރގެ ފްލައިޓްގެ ބްލެކް ބޮކްސް ވޮެއިސް ރިކޯޑަރ ފެނިއްޖެ

14 ޖެނުއަރީ 2019
ލަޔަން އެއަރގެ ފްލައިޓްގެ ބްލެކް ބޮކްސް ވޮެއިސް ރިކޯޑަރ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު