Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ސުޕަރސޮނިކް މިސައިލް

ރަޝިއާއިން ޖަޕާން ކަނޑުގައި ސުޕަރސޮނިކް މިސައިލްތަކެއް ޓެސްޓުކޮށްފި

ޔޮޝިމަސަ ހަޔަޝި ވަނީ، ރަޝިއާގެ އަސްކަރީ އޮޕަރޭޝަންތަކަށް ޖަޕާނުން ހުޝިޔާރުވެ އޮންނާނެކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 މާރިޗު 2023 | ބުދަ 15:53
ރަޝިއާއިން ޖަޕާން ކަނޑުގައި ސުޕަރސޮނިކް މިސައިލްތަކެއް ޓެސްޓުކުރުން

ރަޝިއާއިން ޖަޕާން ކަނޑުގައި ސުޕަރސޮނިކް މިސައިލްތަކެއް ޓެސްޓުކުރުން

ރަޝިއާއިން ޖަޕާން ކަނޑުގައި ސުޕަރސޮނިކް އެންޓި-ޝިޕް މިސައިލް ޓެސްޓުތަކެއް ކުރިއަށްގެންގޮސްފިއެވެ.

އެގައުމުން މިފަދަ ޓެސްޓުތަކެއް ކުރިއަށް ގެންގޮސްފައިވާކަން ރަޝިއާގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

ޓެލެގްރާމް މެދުވެރިކޮށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަޝިއާގެ ޕެސިފިކް ފްލީޓުން، ޖަޕާން ކަނޑުގައި "މޮސްކިޓް" ކްރޫޒް މިސައިލް ބޭނުންކޮށްގެން ކަނޑުގައި ދުޝްމިނުންނަށް ހަމަލާދިނުމުގެ ތަމުރީނުތަކެއް ކުރިއަށްގެންގޮސްފައި ވާނެކަމަށެވެ.

އެގޮތުން މިތަމްރީނު ކުރިއަށް ގެންދިއުމަށް "މޮކް ޓާރގެޓް" ތަކެއް ބޭނުންކޮށްފައި ވާނެކަމަށާއި، 100 ކިލޯމީޓަރު ދުރުގައި ހުރި ޓާރގެޓްތަކަށް މޮސްކިޓް ކްރޫސް މިސައިލްގެ ދެ ހަމަލާ އަމާޒުކުރެވުނު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަޝިއާގެ މި މިސައިލްތަކަކީ ސޯވިއެޓްގެ އަސްލު އުފެއްދުންތަކެކެވެ. މީޑިއަމް ރޭންޖްގެ މި ސުޕަރސޮނިކް ކްރޫޒް މިސައިލްތަކަކީ 120 ކިލޯމީޓަރު ދުރަށް ހަމަލާދެވޭ މިސައިލްތަކެކެވެ.

ރަޝިއާގެ މި ޓެސްޓުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޖަޕާންގެ ފޮރިން މިނިސްޓަރ ޔޮޝިމަސަ ހަޔަޝި ވަނީ، ރަޝިއާގެ އަސްކަރީ އޮޕަރޭޝަންތަކަށް ޖަޕާނުން ހުޝިޔާރުވެ އޮންނާނެކަމަށް ވިދާޅުވެފައެވެ. މި ޓެސްޓުތަކުން އަދި މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިގެން ރިޕޯޓުކުރެވިފައި ނުވާކަމަށް ޔޮޝިމަސަ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2018

މަދު މަސްތަކެއްގެ ތެރޭގައި އެމެރިކާ އަށް ހަމަލާ ދެވޭ ފަދަ މިސައިލްތަކެއް އުތުުރު ކޮރެއާ އަށް ލިބިގެން ހިނގައިދާނެތީ އެކަމާ ވަރަށް ކަންބޮޑުވަން: މައިކް ޕޮމްޕޭއޯ

30 ޖެނުއަރީ 2018
މަދު މަސްތަކެއްގެ ތެރޭގައި އެމެރިކާ އަށް ހަމަލާ ދެވޭ ފަދަ މިސައިލްތަކެއް އުތުުރު ކޮރެއާ އަށް ލިބިގެން ހިނގައިދާނެތީ އެކަމާ ވަރަށް ކަންބޮޑުވަން: މައިކް ޕޮމްޕޭއޯ
24 ޖެނުއަރީ 2018

ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން

24 ޖެނުއަރީ 2018
ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން
28 ނޮވެމްބަރު 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް އުދުއްސާލަން އުޅޭ ކަމުގެ ރޭޑިއޯ ސިގްނަލްތަކެއް ލިބިފައިވޭ: ޖަޕާން

28 ނޮވެމްބަރު 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް އުދުއްސާލަން އުޅޭ ކަމުގެ ރޭޑިއޯ ސިގްނަލްތަކެއް ލިބިފައިވޭ: ޖަޕާން
26 އޯގަސްޓު 2017

އުތުރު ކޮރެއާ އިން އަނެއްކާ ވެސް ބެލިސްޓިކް މިސައިލްތަކެއް އުދުއްސާލައިފި

26 އޯގަސްޓު 2017
އުތުރު ކޮރެއާ އިން އަނެއްކާ ވެސް ބެލިސްޓިކް މިސައިލްތަކެއް އުދުއްސާލައިފި
18 ޖުލައި 2017

މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތެއް ނޫން: ޖަޕާން

18 ޖުލައި 2017
މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތެއް ނޫން: ޖަޕާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު