Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުޓްބޯޅަ

ފުރަތަމަ ޑިވިޝަނުގެ އަގުވެއްޓި، ފުޓްބޯޅަ ފޯރި ދެ ވަނަ ޑިވިޝަނަށް!

މޮޅު ގިނަ ކުޅުންތެރިން މި އަހަރު ފެންނާނީ ދެ ވަނަ ޑިވިޝަނުން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 29 މާރިޗު 2023 | ބުދަ 09:24
ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ދެ ވަނަ ޑިވިޝަނުގައި

ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ދެ ވަނަ ޑިވިޝަނުގައި

ދިވެހި ފުޓްބޯޅައިގައި ފުރަތަމަ ޑިވިޝަނަށްވުރެ ދެ ވަނަ ޑިވިޝަނުގެ ފޯރި ގަދަވި ދުވަސްވަރެއް މިނޫނީ ރާއްޖެ ނުދެކެ އެވެ. އަދި ފުޓްބޯޅަ ރަނގަޅަށް ހިންގާ އެއްވެސް ގައުމެއްގައި ފެންނާނެ މަންޒަރެއްވެސްނޫނެވެ. ރާއްޖޭގައި ކުރިން އަޑުއިވެނީ އަބަދުވެސް ފުރަތަމަ ޑިވިޝަނުގެ ޓީމަކަށް ކުޅުންތެރިއަކު ބޮޑު އަގުގައި ސޮއި ކުރި ވާހަކަ އެވެ. ބިދޭސީ މޮޅު ކުޅުންތެރިން ގެންނަ ވާހަކަ އެވެ. ނިއުރޭޑިއަންޓާއި ވިކްޓަރީ އަދި ވެލެންސިއާ އާއި ލެގޫންސާއި ހުއްރިއްޔާ އަދި އައިއެފްސީގެ ރަންޒަމާން އޮބާލައި މިއަދު މަންޒަރު ބަދަލުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ނަންމަޝްހޫރު ބައެއް ކުޅުންތެރިން މި އަހަރު ފެންނާނީ ދެ ވަނަ ޑިވިޝަނުންނެވެ. ރާއްޖެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކުޅޭނީ ދެވަނަ ޑިވިޝަނުގައި ނިއުރޭޑިއަންޓަށެވެ. ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އާއި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އުމޭރު އެކުއެކީގައި ވިކްޓަރީ އަށް ސޮއިކުރީ ދެ ވަނަ ޑިވިޝަނުން އެ ޓީމު ނަގައިދޭށެވެ. ފުރަތަމަ ޑިވިޝަނުގައި އޮތް ވެލެންސިއާގެ ކޮންޓްރެކްޓްގައި ތިބި ދެ ކުޅުންތެރިން ކަމަށްވާ ހުސައިން ފައިސަލް އާއި އަބްދުﷲ މިދުހަތު ފަހުމީ ވެސް މަސައްކަތް ކުރަނީ ކޮންމެވެސް ގޮތަކުން ރިލީޒް ހޯދައިގެން ދެ ވަނަ ޑިވިޝަނުގައި ވިކްޓަރީގެ ޖާޒީލުމަށެވެ. ފުރަތަމަ ޑިވިޝަނުގައި ބޮޑު މަޝްހޫރު ކަމެއް ހޯދި ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ވެސް ކުޅޭނީ އޭނާގެ ފެށުން އެ ޓީމަކުން އައި ވިކްޓަރީ އަށެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) ވެސް ފެނުން ގާތީ ދެ ވަނަ ޑިވިޝަނުންނެވެ.

ކުޅުންތެރިން ފުރަތަމަ ޑިވިޝަން ދޫކޮށް ދެ ވަނަ ޑިވިޝަނުގައި ކުޅެން މިސްރާބު ޖަހާ މައިގަނޑު އެއް ސަބަބަކީ ދިވެހި ޕްރެމިއާ ލީގުގައި ކުޅޭ ޓީމުތަކުގައި މުސާރަ ޔަގީންނުވުމެވެ. ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން މާޒިޔާ އާއި އީގަލްސް ފިޔަވައި އެހެން ކުލަބެއްގައި ލޯލާރިއެއް ވެސް ނެތީ އެވެ. އަތްމަތި ތަނަވަސްވާ ވަގުތު އެފައިސާ ނާޖާއިޒް ގޮތުގައި ބޭނުން ކުރުމުން ފަހަށް ރައްކާނުކުރެވި، ކުޅުންތެރިން މަގުމަތިވަނީ އެވެ.

މިއާ ހިލާފަށް ދެ ވަނަ ޑިވިޝަނުގައި ކުލަބުތަކުގައި ފައިސާ އެބަހުއްޓެވެ. ދެވަނަ ޑިވިޝަނަކީ ދެ މަސް ދުވަހުގެ މުބާރާތަކަށްވުމުން މި ޑިވިޝަނުގައި ކުލަބަށް އިންވެސްޓްކުރާނެ "ބޮޑެތި" މީހުން ވެސް ތިބީ އެވެ. ކުޅުންތެރިންނަށް މުސާރަ ލިބޭނެކަމުގެ ޔަގީން ވެސް އޮންނަނީ އެވެ.

ދިވެހި ފުޓްބޯޅައިގެ ހާލަތު މިހާރު އޮތްގޮތުން ވަކި ޑިވިޝަނެއްގައި ކުޅުމަކީ ކުޅުންތެރިންނަށް ވެސް މާ މުހިންމު ކަމެއްނޫނެވެ. ސަބަބަކީ ކުރިން ނިއު، ވިކްޓަރީ، ވެލެންސިއާ، ފަދަ ޓީމަކަށް ކުޅެގެން ލިބޭ ސަޕޯޓަރުންގެ ލޯތްބާއި، އާއްމުންގެ މަޝްހޫރުކަން މިހާރު ލިބޭނެ ކުލަބެއް ނެތުމެވެ. ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާ ފިޔަވައި ސަޕޯޓަރުން ތިބި ކުލަބެއް ނެތެވެ. ހަގީގަތަށް ބުނާނަމަ ނިއު ނޫ ކުލަ އާއި ވިކްޓަރީގެ ރަތާއި ވެލެންސިއާގެ ރީނދޫކުލަ އާއި މި ތިން ކުލަބުގެ ނަން އާއްމުންގެ ހިތަކުން ފިލައިނުދެ އެވެ.

އުމޭރުގެ ފެށުން އައި ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް "ނަގަން" އޭނާ މިސްރާބު ޖެހީ މިހެންވެ އެވެ. ދަގަނޑޭގެ ސޮއި ނިއުއަށް ލިބުނީ ވެސް މިހެންވެ އެވެ. މިއީ އެމީހުންގެ ކެރިއަރުގެ ފަހުކޮޅު ފަހުކޮޅަށް އެޅުމުން، ފުރަތަމަ ޑިވިޝަނުގައި ކެތްނުކުރެވިގެން ނެގި ޑިސިޝަނެކޭ ބުނުމަށްވުރެ، ހަގީގަތް ގަބޫލުކުރުން ބުއްދިވެރި އެވެ.

ފުޓްބޯޅައިގެ ގަދަ ނަންތައް ފަނޑުވެ، ފޯރި ވިއްސިވިހާލިވުމުން ކުޅުންތެރިޔާ އަށް ވެސް މިހާރު މުހިންމީ ވަގުތުން ފައިސާ ޔަގީންވާ ކުލަބަކަށް ކުޅުމަށެވެ. ޓީމުގެ ނަމެއް، ކުޅޭ މުބާރާތެއް ވެސް މުހިންމެއްނޫނެވެ.

އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ފުރަތަމަ ޑިވިޝަނަށް އައުމަށް މަސައްކަތް ކުރާ ދެ ވަނަ ޑިވިޝަނުގެ ގަދަ ބާރުތައް، ގައުމީ ފުޓްބޯޅަ އިދާރާއިން މާލީ އެހީތެރިކަންދޭ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް މާބޮޑަށް ވެސް ތަނަވަހެވެ. ދަގަނޑޭ އާއި އުމޭރާއި އަކުރަމާއި ދެންވެސް ތިބި މޮޅު ކުޅުންތެރިންތަކެއްގެ ފައިތިލަ ފުރަތަމަ ޑިވިޝަނުން ލުއްސާލަމުންދަނީ ފައިސާ ހުރެގެންނެވެ. ވަގުތުން ފައިސާ ދީފަ އެވެ. މިއީ ފުޓްބޯޅައިގެ އޮނިގަނޑާއި، ފުޓްބޯޅަ ހިންގުން އަލުން ރީސްޓްރަކްޗާ ކުރަންޖެހިފައިވާކަން ދައްކައިދޭ އަލިގަދަ ހެއްކެކެވެ. ނަމަވެސް ގައުމީ ފުޓްބޯޅަ އިދާރާގެ މާބޮޑު ކަންބޮޑުވުމެއް މިކަމުގައި އޮތްތަނެއް ނުފެނެ އެވެ. މިކަންކަމާމެދު ހިޔާލު ފާޅުކުރަން ބޭނުންނުވެ، ފެންނަނީ "އެއީ ކުޅުންތެރިންގެ އަމިއްލަ ކަމެއް" ކަމަށް ބުނެ ހިމޭނުން ތިބޭތަނެވެ.

ނަމަވެސް ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރަކު މި ރިޕޯޓަށް ވާހަކަ ދައްކަމުން ބުނީ މިއީ "ވަރަށް ނުރައްކާތެރި ކަމެއްގެ ފެށުން،" ކަމަށާއި "ފުޓްބޯޅަ ހިންގުމާއި ކުލަބުތަކާއި އެފްއޭއެމާއި ސަރުކާރުން ވެސް ފުޓްބޯޅައާ މެދު ވިސްނަންވެއްޖެކަމުގެ ހެއްކެއް،" ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

15 ފެބުރުއަރީ 2018
ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

11 ޖެނުއަރީ 2018
އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

01 ޖެނުއަރީ 2018
އެލް ކްލެސިކޯ - ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން

އެލް ކްލެސިކޯ - ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން

20 ޑިސެމްބަރު 2017
ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާއި ޚިލާފު ލަނޑުތައް!

ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާއި ޚިލާފު ލަނޑުތައް!

13 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު