Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އަނިޔާ އަށް ފަހު އެލެކްސިއާ ޕުޓޭޔާސް ބާސެލޯނާގެ ފަރިތަކުރުންތަކަށް

29 މާރިޗު 2023 | ބުދަ 03:13

ޕުޓޭޔާސް އަށް ކަކުލުގެ އަނިޔާ އަށް ލިބުނީ މިދިޔަ އަހަރުގެ މެދު ތެރޭގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މާރިޗު 2023 | ބުދަ 03:13
އެލެކްސިއާ ޕުޓޭޔާސް ބާސެލޯނާގެ ފަރިތަކުރުންތަކަށް ޙާޟިރު ވަނީ

އެލެކްސިއާ ޕުޓޭޔާސް ބާސެލޯނާގެ ފަރިތަކުރުންތަކަށް ޙާޟިރު ވަނީ

އަނިޔާ އިން ރަނގަޅުވެ ސްޕެއިންގެ މިޑްފީލްޑަރު އެލެކްސިއާ ޕުޓޭޔާސް ބާސެލޯނާގެ ފަރިތަކުރުންތަކަށް ޙާޟިރުވެއްޖެ އެވެ.

ޕުޓޭޔާސް އަށް ކަކުލުގެ އަނިޔާ އަށް ލިބުނީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އެ އަނިޔާގެ ސަބަބުން އޭނާ ވަނީ ކުޅުމާ ދުރުގައި ވެސް ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ނަމަވެސް އަނިޔާ އިން ރަނގަޅުވުމުން އޭނާ ވަނީ ބާސެލޯނާ އިން އަންގާރަ ދުވަހު ކުރިއަށްގެންދިޔަ އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. ބާސެލޯނާ ޓީމުގެ މައިގަނޑު ތަނބު ކަމަށްވާ ޕުޓޭޔާސް އަށް ފީފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ލިބުނީ، 2022 ވަނަ އަހަރު ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައި، ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ހޯދައި އަދި 11 ލަނޑު ޖަހާފައި ވުމުންނެވެ.

ބާސެލޯނާ އިން މިހާރު ތައްޔާރުވަމުން އަންނަނީ އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ރޯމާއާ ދެކޮޅަށް ނުކުތުމަށެވެ. ޕުޓޭޔާސް ބާސެލޯނާގެ ފަރިތަކުރުންތަކަށް ޙާޟިރުވުމުން އެ ޓީމުގެ ކޯޗު ޖޮނަޓަން ޖިރާލްޑޭޒް ބުނީ، އޭނާ އަށް ފެންނަނީ ޓީމު ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތް މަންޒަރު ކަމަށެވެ. އޭނާ ބުނީ އެކަން އެގޮތަށް ވަނީ އެންމެ ފަހުން ރޯމާގައި ކުޅުނު މެޗުގެ ސަބަބުން ނޫން ކަމަށާއި، ބާސެލޯނާގައި އޮތް ވަރުގަދަ ރޫޙެއްގެ ސަަބަބުން ކަމަށެވެ. އޭނާ ބުނީ ޕުޓޭޔާސް ފަރިތަކުރުންތަކުގައި ބައިވެރުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އުންމީދަކީ އޭނާ އަށް ވީ އެންމެ އަވަސް މުސްތަޤުބަލެއްގައި ކުޅެވޭނެވަރުވުން ކަމަށެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެ ޓީމުން ރޯމާއާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:45 ގައެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރަން ޖެހޭނީ ލިއޯން ނުވަތަ ޗެލްސީއާ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް