Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓައިވާން-ޗައިނާ

އަހަރެމެން އެންމެނަކީ ޗައިނާ މީހުން: ޓައިވާންގެ ކުރީގެ ރައީސް

ޓައިވާނުގެ ވެރިކަންކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން ވަނީ މާގެ މިދަތުރުފުޅާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 28 މާރިޗު 2023 | އަންގާރަ 16:39
ޓައިވާންގެ ކުރީގެ ރައީސް، މާ ޔިންގ-ޖޯ

ޓައިވާންގެ ކުރީގެ ރައީސް، މާ ޔިންގ-ޖޯ

ޓައިވާން ސްޓްރެއިޓްގެ ދެފަރާތުގައި ތިބި މީހުންނަކީ ނަސްލީގޮތުން ޗައިނާ މީހުން ކަމަށާއި, ކާބަފައިންނަކީ އެއް ކާބަފައިންތަކެއް ކަމަށް ޓައިވާންގެ ކުރީގެ ރައީސް، މާ ޔިންގ-ޖޯ ވިދާޅުވެއްޖެއެވެ.

މާ މިހެން ވިދާޅުވެފައި މިވަނީ ގިނަ ފާޑުކިޔުންތަކަކާއެކު އޭނާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހުއެވެ.

މާއަކީ، ކޮމިއުނިސްޓުންނާއެކު ހިނގި ދާޚިލީ ހަނގުރާމަ ނިމުނުއިރު 1949ވަނަ އަހަރު ބަލިވި ރިޕަބްލިކް އޮފް ޗައިނާ ސަރުކާރު، ޓައިވާނަށް ފިލައިގެން ދިޔަފަހުން ޗައިނާއަށް ޒިޔާރަތްކުރި ފުރަތަމަ ޓައިވާންގެ، ކުރީގެ ނުވަތަ މިހާރުގެ ރައީސެވެ.

ޓައިވާންގެ ރައީސްކަން މާ ކުރައްވާފައި ވަނީ 2008 ވަނަ އަހަރުން 2016 ވަނަ އަހަރަށެވެ.

މާގެ މިދަތުރުފުޅަކީ ޗައިނާއާ ޓައިވާނާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކުރައްވާފައިވާ ދަތުރުފުޅެކެވެ.

ޗައިނާއިން ގަބޫލުކުރާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. ނަމަވެސް ޓައިވާނުން ދަނީ އެގައުމަކީ މިނިވަން ދައުލަތެއްކަމަށް ވަކާލާތުކުރަމުންނެވެ.

ޓައިވާނުގެ ވެރިކަންކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން ވަނީ މާގެ މިދަތުރުފުޅާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޓައިވާނާއެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ މަދު ގައުމުތަކުގެ ތެރެއިން، ހޮންޑޫރަސްއާއެކު ޗައިނާއިން ގުޅުން ގާއިމުކުރުމުން ޓައިވާނާއި ހޮންޑޫރަސްއާ ދެމެދު އޮތް ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ. މިއާއެކު މިހާރު ޓައިވާނާއެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވަނީ އެންމެ 13 ގައުމަކުންނެވެ.

އެހެންކަމުން މިދަނޑިވަޅުގައި މާ ޗައިނާއަށް ދަތުރުކުރައްވާފައި ވަނީ ކޮން ބޭނުމަކުތޯ މޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން ދަނީ ސުވާލު އުފައްދަމުންނެވެ.

ޗައިނާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ނަންޖިންގްގައި 1911 ވަނަ އަހަރު ޗައިނާގެ އެންމެ ފަހުގެ ރަސްގެފާނު ވައްޓާލައި، ޖުމްހޫރިއްޔާއެއް ތައާރަފްކުރި ކަމަށް ބުނެ އުފާފާޅުކުރި ސަން ޔަޓް ސެން މޫސުލީމަށް ޒިޔާރަތްކުރައްވައި ދެއްކެވި ވާހަކަފުޅުގައި މާ ވަނީ، ޓައިވާން ސްޓްރެއިޓްގެ ދެފަރާތުގައި ތިބި މީހުންނަކީ ޗައިނާ މީހުން ކަމަށާއި ދެމީހުންނަކީވެސް ޔާންއާއި ޔެލޯ އެމްޕަޔަރސްގެ ދަރިކޮޅުގެ މީހުންކަމަށް ވިދާޅުވެފައެވެ.

މާގެ ވާހަކަފުޅުގައި އޭނާ ޓައިވާންގެ ރައްޔިތުންނަށްވެސް ނިސްބަތްކޮށްފައި ވަނީ ޗައިނާ ނަސްލުގެ މީހުންގެ ގޮތުގައެވެ. އެހެން ނަމަވެސް ޓައިވާންގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުން، އެމީހުންނަކީ ޗައިނާ މީހުންގެ ގޮތުގައި ނުދެކެއެވެ.

މާގެ މިދަތުރުފުޅަކީ ޓައިވާންގެ މައި އިދިކޮޅު ޕާޓީ ކުއޮމިންޓަންގް (ކޭއެމްޓީ)ން ޗައިނާއަށް ކުރާ އައުޓްރީޗެކެވެ. ކޭއެމްޓީއަކީ ޓައިވާނާ ޗައިނާއާ ދެމެދު ގާތް ގުޅުމެއް ބާއްވަން ތާއީދުކުރާ، ނަމަވެސް ބެއިޖިންގަށް ތާއީދުކުރާ ކަމަށް ދެކޮޅުހަދާ ޕާޓީއެކެވެ.

މާގެ މި ދަތުރުފުޅުގައި ޗައިނާ ސަރުކާރުގެ އެއްވެސް އިސްފަރާތަކާ ބައްދަލުކުރައްވަން ހަމަޖެހިފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. މާއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެންމެ ފަހުން ބައްދަލުކުރައްވާފައިވަނީ 2015 ވަނަ އަހަރު، ސިންގަޕޫރުގައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު