Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ބަޔާންގައި އޮތީ ވަރުގަދަ ސްކޮޑެއް، ކޮންމެ ޓީމަކުން ވެސް ޖެހިލުންވާ ޓީމަކީ ބަޔާން: ޓުޗެލް

އޭނާގެ ނަޒަރުގައި ބަޔާންގައި ތިބި ކުޅުންތެރިންނަކީ މި ވަގުތު ޔޫރަޕުގައި ތިބި އެންމެ ހުނަރުވެރި އަދި އެންމެ މޮޅު ކުޅުންތެރިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މާރިޗު 2023 | އާދީއްތަ 02:14
ބަޔާން މިއުނިކްގެ ކޯޗުގެ ގޮތުގައި ދައްކާލުމަށް ފަހު ޓުޗެލް ވާހަކަ ދައްކަނީ

ބަޔާން މިއުނިކްގެ ކޯޗުގެ ގޮތުގައި ދައްކާލުމަށް ފަހު ޓުޗެލް ވާހަކަ ދައްކަނީ

ޖަރުމަނުގެ ބަޔާން މިއުނިކްގައި އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް ކަމަށާއި، ކޮންމެ ޓީމަކުން ވެސް ޖެހިލުންވާ ޓީމަކީ ބަޔާން ކަމަށް އެ ޓީމުގެ އައު ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޖަރުމަނަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ޓުޗެލް މިހެން ބުނީ، ބަޔާންގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް އޭނާ ދައްކާލުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އެ ޕްރެސްގައި ބަޔާންގެ ސީއޯއޯ އޮލިވާ ޚާން އަދި ސްޕޯޓިން ޑިރެކްޓަރު ވެސް ވަނީ ބައިވެރިވެފަ އެވެ. ބަޔާންގެ އައު ކޯޗުކަމަށް ޓުޗެލް ހަމަޖެއްސީ އެ ކުލަބުގެ ކޯޗުކަމުގައި އެންމެ ފަހުން ހުރި ހޫލިއަން ނާގަލްސްމަން މަގާމުން ވަކި ކުރުމަށްފަހު އެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން ޓުޗެލް ބުނީ ބަޔާން އަކީ ވަރަށް ޚާއްސަ ކުލަބެއް ކަމަށާއި، ބަޔާންގެ ހެޑްކުއާޓާ އަށް އައުމުން ވެސް އެކަން އެނގިގެން ދާނެ ކަމަށެވެ. އަދި ބަޔާން އަކީ ޔޫރަޕުގައި އޮތް އެންމެ ބޮޑު އެއް ކުލަބު ކަމަށާއި، އަދި ދުނިޔޭގައި އޮތް އެންމެ ކާމިޔާބު އެއް ކުލަބު ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ސާފުކޮށް ފެންނަން އޮންނަ ހަގީގަތަކީ ބަޔާންގެ ޑީއެންއޭ އަކީ "މޮޅުވުން" ކަމުގަ އެވެ. އެހެންކަމުން ޒިންމާއާ ހަވާލުވާ އެއްވެސް މީހަކަށް އެކަން އޮޅިގެން ނުވާނެ ކަމަށާއި، އެކަން އަބަދު ވެސް އެނގެން ވާނެ ކަމަށެވެ. ބަޔާންގައި އޮތް ސްކޮޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓުޗެލް ބުނީ، އޭނާގެ ނަޒަރުގައި ބަޔާންގައި ތިބި ކުޅުންތެރިންނަކީ މި ވަގުތު ޔޫރަޕުގައި ތިބި އެންމެ ހުނަރުވެރި އަދި އެންމެ މޮޅު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑު ކަމަށެވެ. އަދި މިއީ އޭނާ އާއި އޭނާގެ ކޯޗިން ސްޓާފުންނަށް ކުރިމަތިވާނެ ބޮޑު ޗެލެންޖެއް ކަމަށާއި، ބޭނުންވަނީ ބަޔާންގެ އެންމެންނާ ގުޅިގެން ކުލަބުން ބޭނުންވާ ގޮތަށް މޮޅުވާން ކަމަށެވެ. މީގެ އިތުރުން ޓުޗެލް ބުނީ މިހާރު ލިބިފައި އޮތް ސްކޮޑާއެކު ބަޔާނަށް ކޮންމެ ތައްޓަކަށް ވެސް ވާދަކުރެެވޭނެ ކަމަށެވެ.

ޗެލްސީގެ ކޯޗުކަމުން ވަކި ކުރި ފަހުން ޓުޗެލް ހުރީ އެއްވެސް ވަޒީފާއެއްގަ ނޫނެވެ. އެހެންކަމުން ބަޔާންގެ ކޯޗުކަމާ ހަވާލުވުމުގެ ދައުވަތު ލިބުނު ގޮތާ ގުޅޭ ގޮތުން ޓުޗެލް ބުނީ، އެކަން ވެގެން ދިޔައީ އޭނާ އަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ. އަދި އެކަމަކީ އެއްވެސް ވަރަކަށް އުންމީދު ކޮށްގެން ހުރި ކަމެއް ވެސް ނޫން ކަމަށެވެ. ޓުޗެލް ބުނީ ބަޔާންގެ ކުޅުމުގެ ވައްޓަފާޅިއަށް މާބޮޑު ބަދަލެއް ގެންނަން ޖެހޭނެ ކަމަށް މިވަގުތު ޤަބޫލު ނުކުރާ ކަމަށާއި، މައްސަލަ ދިމާވީ ނަތީޖާ ނުނެރެވުމާ ހަމައިން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަކަށް ދާން ބޭނުންނުވާކަން ފާހަގަ ކުރަމުން ޓުޗެލް ބުނީ، ނަތީޖާ ދަށްވީ ކީއްވެގެންތޯ ދެނެގަނެގެން ކުރިއަށް ދާން މިވަގުތު އޭނާ ބޭނުންވާ ކަމަށެވެ.

ބަޔާން އަކީ ޖަރުމަނު ލީގުގައި ޓުޗެލް އިރުޝާދު ދޭނެ ހަތަރު ވަނަ ކުލަބެވެ. މީގެ ކުރިން އޭނާ ވަނީ އެ ލީގުގެ އޮގްސްބާގް، މެއިންޒް އަދި ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް އިރުޝާދު ދީފަ އެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން ކުޅޭނެ ފުރަތަމަ މެޗަކީ ޖަރުމަނު ލީގުގައި އަންނަ މަހުގެ އެއް ވަނަ ދުވަހު އޭނާގެ ކުރީގެ ކުލަބް ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ބަޔާން މިއުނިކްތޯމަސް ޓުޗެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު