Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓު

ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދެއްކުމުން، ދެ މަހަށް ޖަލަށް

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ، ސަފްވަތު ހަބީބު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މާރިޗު 2023 | ހޮނިހިރު 11:07
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގެ ޙުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދެއްކި މީހަކު 2 މަހަށް ޖަލަށް ލާން އެ ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ދައުލަތުން އަދަބު މުރާޖައާކޮށްދިނުމަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލާގައި ދައުލަތުން އެދިފައިވަނީ، ދައުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ޖޫރިމަނާ އަދަބު މުރާޖައާކޮށްދިނުމަށެވެ.

ނިމިދިޔަ 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ދައުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި، ދައުވާލިބޭ ފަރާތް 17،800 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެހެންނަމަވެސް މިހާތަނަށްވެސް އޭނާ އެ ފައިސާ ދައްކާފައެއް ނުވެއެވެ.

ހުކުމާ އެއްގޮތަށް ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާތީ ދައުލަތުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައެޅީއެވެ.

އަދަބު މުރާޖައާކުރުމަށް ބޭއްވުނު އަޑުއެހުމަށް ދައުވާލިބޭ ފަރާތަށް ޗިޓް ރައްދު ކޮށްދެވިފައެއް ނުވެއެވެ. ވުމާއެކު، އޭނާ ކޯޓަށް ހާޒިރުނުވެދާނެކަމުގެ އިޙްތިމާލު އޮތުމުން، 19 ފެބްރުއަރީ 2023ގައި ވަނީ އޭނާ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ޖޫރިމަނާގެ އަދަބުގެ އެއްވެސް މިންވަރެއް ހުކުމުގައިވާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާކަން މީރާއިން ހުށައެޅި ލިއެކިއުންތަކުންވެސް އެނގޭކަމަށް، ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވެއެވެ. އަދި ހުކުމާ އެއްގޮތަށް އަދަބު ތަންފީޒު ނުކުރެވުނު މަގުބޫލު ސަބަބެއްވެސް އޭނާ ހުށަހަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

ވުމާއެކު، ދައުލަތުން އެދިފައިވާ ގޮތަށް އޭނާގެ ޖޫރިމަނާ އަދަބު އަލުން މުރާޖައާކޮށް، އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ އޭނާ ކުރި ކުށުގެ އަސްލު އަދަބު ކަމުގައިވާ 2 މަހާއި 29 ދުވަސްކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އޭނާ 18 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު އުނިކޮށް، އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ 2 މަހާއި 11 ދުވަސްކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ، ސަފްވަތު ހަބީބެވެ.

ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު