Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުޅުމާލޭގައި އިސްތިހާރުކުރެވޭނެ އުސޫލު

އަންނަ މަހުން ފެށިގެން ކަރުދާސް އަދި ފޮތި ބޭނުންކޮށްގެން ހުޅުމާލޭގައި އިސްތިހާރު ނުކުރެވޭނެ: އެޗްޑީސީ

ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށް ދަނީ ގިނަ މަސައްކަތްތައް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 މާރިޗު 2023 | ބުރާސްފަތި 04:55
ހުޅުމާލެގެ ދެވަނަ ފިޔަވަހި

ހުޅުމާލެގެ ދެވަނަ ފިޔަވަހި

އަންނަ މަހުން ފެށިގެން ކަރުދާސް އަދި ފޮތި ބޭނުންކޮށްގެން ހުޅުމާލޭގައި އިސްތިހާރު ނުކުރެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެގައި ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށް އެކޯޕްރޭޝަނުން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެމަސައްކަތް ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންދާއިރު، އެސިޓީގެ މާސްޓަރޕްލޭންއާ އެއްގޮތަށް މަސައްކަތްކޮށް، ކަންކަން ތަންފީޒު ކުރަންޖެހޭ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރާ ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަރުދާސް އަދި ފޮތި ބޭނުންކޮށްގެން ހުޅުމާލޭގައި އިސްތިހާރުކުރަން ހުއްދަދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރުދާހާއި ފޮތި ބޭނުންކޮށްގެން ހުޅުމާލޭގައި އިސްތިހާރު ނުކުރެވޭނެ ކަަމަށް އެޗްޑީސީން ބުނެއެވެ. މިހާރު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކަރުދާހާއި ފޮތި ބޭނުންކޮށްގެން ހަރުކޮށްފައިވާ އިސްތިހާރުތައް އޭޕްރީލް މަހުގެ 1 ވަނަ ދުވަހުގެ ކުރިން ނެގުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭގައި އިސްތިހާރުކުރެވޭނެ އުސޫލަށް ބޮޑުބަދަލެއް ގެނައުމަށް ނިންމާފައިވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ އިސްތިހާރުކުރެވޭނެ ޒަމާނީ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން އެޗްޑީސީގެ އަރބަންހައިޕް މެދުވެރިކޮށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޑިޖިޓަލް ބޯޑުތަކުގައި އިސްތިހާރުކުރެވޭނެ ގޮތް ފަހިކޮށްދީފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެއަކީ މާލެއަތޮޅު ހުޅުލެއާއި ފަރުކޮޅުފުށްޓާއި ދެމެދު އޮންނަ ބިޔަ ފަޅު ހިއްކައިގެން އަލަށް ގާއިމުކޮށްފައިވާ ރަށެކެވެ. މިރަށް ވުޖޫދުކުރީ މާލެއާއި މާލެ ސަރަހައްދަށް ދިމާވެފައިވާ ބިމުގެ ތާށިކަމާއި ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް ސިނާއީ އެކި މަސައްކަތްތަކާއި ގެދޮރުވެރިކުރުމުގެ އެކި މަޝްރޫއުތައް ހިންގުންވެސް ހިމެނޭގޮތަށް ޕްލޭން ކުރެވިގެންނެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވެދާނެ ކާރިސާތަކަށް ވެސް ވިސްނުން ބަހައްޓައިގެންނެވެ. ހުޅުމާލޭގައި މީހުން ދިރިއުޅެން ފުރުސަތު ދިނުމަށްފަހު އެކަމަށް އިޖާބަދިން މީހުން ބައިވެރިކޮށްގެން އެންމެ ފުރަތަމަ އާބާދީ އިފްތިތާހުކުރީ ރައީސް މައުމޫނުގެ ދައުރުގައި 2004 ވަނަ އަހަރުގެ މެއި މަހު ބާރަ ވަނަ ދުވަހުއެވެ. ހުޅުމާލޭގެ އެންމެހައި ކަންކަން ރާވައި އިންތިޒާމުކޮށް ތަރުތީބު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ. މިއީ އެންމެ ފުރަތަމަ ހުޅުމާލޭ ޑިވޮލޮޕްމަންޓް ޔުނިޓެވެ. ނުވަތަ ކޯޕަރޭޝަނެވެ. މިކުންފުނި ވުޖޫދު ކުރެވުނީ 23 މާރޗް 2005 ގައެވެ.

ހުޅުމާލެއެޗްޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު