Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލްގެ ޚިދުމަތް

2015އިން 2017އަށް، އިއުލާން ނުކޮށް އެމްޕީއެލްއިން 86 މިލިއަން ރުފިޔާގެ މުދާ ހޯދާފައިވޭ

22 މާރިޗު 2023 | ބުދަ 14:06

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހެން ބުނެފައިވަނީ ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 މާރިޗު 2023 | ބުދަ 14:06
އެމްޕީއެލްގެ މަސައްކަތްތައް

އެމްޕީއެލްގެ މަސައްކަތްތައް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން, 2015އިން 2017ގެ ނިޔަލަށް، އާއްމުކޮށް އިއުލާންކޮށް އަދި ބީލަމަށް ހުޅުވާލުމަކާނުލައި، 86 މިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެފަދައިން ބުނެފައިވަނީ ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމަކީ އޮޑިޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަކަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

Advertisement - newsAdvertisement

އޮޑިޓަރޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، އެ ރިޕޯޓްގައި ހިމެނެނީ 2015އިން 2017ވަނަ އަހަރާ ހަމައަށް ކުންފުނިން އަމަލުކުރި ގޮތުގެ މައްޗަށް ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ކުންފުނިން ޕްރޮކިއުމެންޓް އުސޫލަށް އަމަލުކުރި މިންވަރާއި، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރި މިންވަރަށް ބަލާފައިވާނެކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މުދަލާއި ޚިދުމަތް ހޯދުމުގައި އިންޓަރނަލް ކަންކަން، ނުވަތަ ކުންފުނީގެ އެތެރޭގެ ހިންގުން ގާއިމް ކުރެވިފައިވާ ގޮތަށްވެސް ބަލާފައި ވާނެކަަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. ހަމައެހެންމެ ޕޮލިސީ ގައިޑްލައިންތަކާ އެއްގޮތަށް ކަންކަން ހިނގާފައިވޭތޯވެސް ވަނީ ބަލާފައެވެ.

2015އިން 2017ގެ ނިޔަލަށް، ވާދަވެރި ބީލަމުގެ އުސޫލުން ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ދިޔަނަމަވެސް، ހާމަކަން ބޮޑުކޮށް ބީލަމަށް ހުޅުވާނުލައި އެފަދަ ކަންކަންކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ހޯދާފައިވާ މުދާ ހޯދާފައިވަނީ ކުންފުނީގެ މެނޭޖްމެންޓުން ތިން ފަރާތަކުން، ނުވަތަ އެއަށްވުރެ މަދު ފަރާތުން ކޯޓޭޝަން ހޯދައިގެން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ. އެ ކޯޓޭޝަންތައް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމުން، އެ ހުށަހެޅުންތައް ފުރިހަަމައަށް އިވަލުއޭޓްނުކޮށް، ވަކި ފަރާތަކަށް މަސައްކަތައް ހަވާލުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އަދި ކުއްލި ހާލަތެއް ނުވަތަ އިމަރޖެންސީ ހާލަތެއް މެދުވެރި ނުވަނީސް، އެމަޖެންސީ ޕްރޮކއިުމެންޓުގެ އުސޫލުންވެސް މަސައްކަތްތައް ހަވާލުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް