Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލާ ޤަރާރެއް ފާސްކޮށްފި

މުސާރާއިގެ 35 އިންސައްތަ އެލަވެންސްއެއް ދެމުން ގެންދާއިރު ކައުންސިލުތަކުގެ ސިވިލް ސާރވިސް މުވައްޒަފުންނަށް މިފަދަ އެލަވެންސްތައް ނުލިބި މުސާރާއިގެ ފަރަގު އިންތިހާ އަށް ބޮޑު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 މާރިޗު 2023 | ބުދަ 08:29
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެންބަރުން

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެންބަރުން

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލާ ޤަރާރެއް ފާސްކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ 21 މާރޗް 2023 ވަނަ ދުވަހުގެ ކުލުދުއްފުށީ ސިޓީ ކައުންސިލްގެ 95 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އަޤުލަބިއްޔަތުން މި ގަރާރު ފާސްކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ޤަރާރާކި، މެއި 2010 ތަޞްދީޤުކުރެވުނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 6، 21 އަދި 39 ވަނަ މާއްދާއިން ބާރުލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކަކީ، އެ ދާއިރާއަކަށް ނިސްބަތްވާ، މި ޤާނޫނުން މަތިކޮށްފައިވާ އެންމެހާ ޒިންމާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ހަދާފައިވާ ތަންތަނަށްވެފައި، ހަމަ އެޤާނޫގައި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ރަށް ހިންގާ ތަރައްޤީކޮށް، ރައްޔިތުންނަށް ދޭންޖެހޭ އެންމާ ރަށްވެހި ޚިދުމަތްތައް ދިނުމާއި، ސަރުކާރުން ކައުންސިލްތަކަށް ހިންގުމަށް ހަވާލުކުރެވޭ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، ރަށުގެ އެންމެހާ އިޖްތިމާޢީ ކަންކަން ބެލެހެއްޓުމާއި ޤައުމީ އިދާރާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދިނުން ހިމެނޭތީ، ސީޓީ ކައުންސިލާއި ލާމަރުކަޒީ ޤާނޫނުން އަދި އެކިއެކި އެހެން ޤާނުނާއި ޤަވައިދުތަކުން އެތަކެއް ޒިންމާތަކެއް މަތިކޮށްފައިވާކަމަށެވެ.

އެގޮތުން ދަޢުލަތުގެ ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުގައިވާ އޮފީސްތަކުގެ މޭންޑޭޓް، ސިޓީ އަދި ރަށު ފެންވަރުގައި ހިންގުމަށް އެކި ޤަވައިދާއި އުސޫލުތަށް ހަދައި ކައުންސިލާއި މަތިކުރަމުން ގެންދާކަމަށް ކައުންސިލުން ބުނެފައިވެއެވެ. މިގޮތުން ކާރިސާތަކުން ރައްކާތެރިވުމާއި، ގެވެށި އަނިޔާ ހުއްޓުވުމުމާއި، އަމަން އަމާން ބެލެހެއްޓުމާއި ގުޅުންހުރި އެކި ޒިންމާފަދަ އެތަކެއް ޒިންމާތަކެއް ކެނޑިނޭޅި ހަވާލުކުރެވެމުން ދާކަމަށެވެ. އަދި މީގެ އިތުރުން ދައުލަތުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސަތާކައި، އެކި އިދާރާތަކުން ރަށްފުށުގައި ހިންގައި އެންމެހައި ޕްރޮޖެކްޓްތަކާއި، ހަރަކާތްތައް ހިންގުމުގައި ކައުންސިލްގެ މުވައްޒަފުން އެތައް ވަގުތެއް ހޭދަކުރަންޖެހޭކަމަށް ކައުންސިލުން ބުނެއެވެ.

ނަމަވެސް މުސާރައިގެ ގޮތުން މަތީ ގިންތީގެ އިދާރާތަކުގެ އެތަކެއް މަސައްކަތްތަކާއި، ރަށްފުށުގެ ވަކި ހާއްސަ އިތުރު އެތައް މަސައްކަތްތަކެއް މަތިކޮށް، އެ އިދާރާތަކަށް ވުރެ ކުޑަ މުސާރައެއް ކައުންސިލަތަކަށް ލިބޭގޮތަށް އޮތުމަކީ ކައުންސިލުން ބަލައިގަނެވޭނެ ކަމަކަށް ނުވާތީއާއި، ހަގީގަތަށް ރިއާޔަތްކުރާނަމަ ޕޭފްރޭމްވާރކްގައި ކައުންސިލްތައް ގިންތި ކުރެވިފައި އޮންނަންވާނީ ދައުލަތުގެ ވުޒާރާތަކަށް ވުރެންވެސް މަތީގައި ކަމަށް ބުނެފައިވެއެވެ.

އަދި ކައުންސިލްތަކަކީ ވުޒާރާތަކުގެ މަސައްކަތްތައް ރަށްފުށުފައި ކުރުމުގެ އިތުރުން ލާމަރުކަޒީ ޤާނޫނުން މަތިކޮށްފައިފައިވާ އެންމެހާ ޒިންމާތަކާ ރަށްފުށުގެ އެންމެހާ ކަންތައް ބަލަހައްޓާ އިދާރާ ކަމުގައި ވާތީއާއި، ރަށެއްގައި ދައުލަތުގެ އެތަކެއް އިދާރާތަށް ޤާއިމް ވެފައިވާއިރު، ލާމަރުކަޒީ ގާނުނުގެ އެއްމެހައި ޒިންމާތަކެއް މަތިކުރެވިފައިވާ ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރައާއި އެލަވެންސްތައް، ރަށުގައި ގާއިމުވެފައިވާ އެހެނިހެން ހުރިހާ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށްވުރެ ކުޑަވެފައި ފަރަޤު ބޮޑުވުމަކީ ކަންބޮޑުވާކަމެއް ކަމަށް ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާ ހުރި ރަނގަޅު މުވައްޒަފުން ކައުންސިލުތަކުގެ ވަޒީފާތަކަށް ކުރިމަތި ނުލުމާއި ތިބި ރަނގަޅު މުވައްޒަފުން އެހެން އިދާރާތަކަށް ބަދަލުވުމުގެ ވިސްނުން ގެންގުޅޭކަމީ ވެސް ކައުންސިލުން ކަންބޮޑުވާކަމެއްގެ ގޮތުގައި ވަނީ ބުނެފައެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ބަޔާންކޮށް 1 މޭ 2022 ގައި ގެޒެޓް ކުރެވިފައިވާ އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތި ކުރެވިފާ އިދާރާތަކަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގައި ކައުންސިލްތައް ހިމެނި، ޕޭ ފްރޭމް ވަރކްގެ ގިންތީގެ ތިންވަނަ ދަރަޖާގައި ސަރުކާރުގެ ވުޒާރާތައް ހިމެނިފައިވާއިރު ކައުންސިލް ތަކަކީ ދައުލަތުގެ ވުޒާރާތަކުގެތެރެއިން ގުނޭ އިދާރާތަކަކަށްވެސް ނުވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އެހެންކަމުން މިއީ ދައުލަތުގެ ގިނަ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރާއިގެ 35 އިންސައްތަ އެލަވެންސް އެއް ދެމުން ގެންދާއިރު ކައުންސިލުތަކުގެ ސިވިލް ސާރވިސް މުވައްޒަފުންނަށް މިފަދަ އެލަވެންސްތައް ނުލިބި މުސާރާއިގެ ފަރަގު އިންތިހާ އަށް ބޮޑުވެފައިވުމަކީ ސިވިލް ސާރިވިސްގެ އެކި އިދާރާތަކުގައި އެއްހަމައެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއް ކަމުގައި ދެކޭ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު