Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީރިޔާ ހަނގުރާމަ

ދުބާއީއަށް ޗުއްޓީއަކަށްކަމަށް ބުނެ ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސްފައިވާތީ ކުރި ދައުވާ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ

22 މާރިޗު 2023 | ބުދަ 05:07

ހެކި ރައްކާތެރި ކުރުމާގުޅޭ ހުށައެޅުން ދައުލަތުން ވަނީ ހުށައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 މާރިޗު 2023 | ބުދަ 05:07
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ދުބާއީއަށް ޗުއްޓީއަކަށްކަމަށް ބުނެ، ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސްފައިވާތީ ރ ކަނދޮޅުދޫ ކަށިމާގޭ އަލީ ޝަފީޤްގެ މައްޗަށް ދައުލަތުން ކުރި ދައުވާ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުވާލިބޭ ފަރާތުން ވަނީ ބައެއް ލިއެކިއުންތައް މަދުކަމަށް ވިދާޅުވެފައެވެ. ބުދަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ އެކަމާ ގުޅިގެން އިތުރަށް މައުލޫމާތު ސާފު ކުރައްވައި، ލިއެކިއުންތައް މިހާރު ލިބިފައިވޭތޯ ބައްލަވާފައެވެ. ދިފާއީ ވަކީލު ވަނީ އަދިވެސް ބައެއް ލިއެކިއުންތައް ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ،  ދިފާއުން އެދިފައިވާ ލިއެކިއުންތަކުގެ ތެރޭގައި ހިމެނޭ އިންޓެލިޖެންސް ރިޕޯޓަކީ ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރަކަށް ދައުލަތުން އެދިފައިވާ ހެއްކެއް ކަމަށެވެ. 22 ސޮފްޙާގެ މި އިންޓެލިޖެންސް ރިޕޯޓު ޝަރީއަތުން ކަނޑައަޅާ އުސޫލުތަކުގެ މަތިން ބެލުމާމެދު ދައުލަތުގެ އިއުތިރާޒެއް ނެތެވެ.

އޭގެ އިތުރުން ސިއްރު ހެކިވެރިޔާ 1 ތަހުގީގަށް ދީފައިވާ ބަޔާންވެސް ސިއްރުކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމާގުޅޭ ހުށައެޅުން ދައުލަތުން ވަނީ ހުށައަޅާފައެވެ. މި ހެކި ވަކި މިންވަރަކަށް ސިއްރު ކޮށްދިނުމަށް ދައުލަތުން އެދެއެވެ.

ދިފާއީ ވަކީލު ވަނީ ޝަރުތު ކޮށް، އަދި ދިފާއަށް ސިއްރު ކުރަންޖެހޭ ބައި ސިއްރު ކުރުމަށްފަހުވެސް އެ ހެކިތައް ދިފާއަށް ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައެވެ. އެހެންނަމަވެސް އިންޓެލިޖެންސް ރިޕޯޓު އެގޮތުގެ މަތިން ދޫކުރުމަށް ދައުލަތުން އިއުތިރާޒު ކުރެއެވެ.

ސިއްރު ހެކިވެރިޔާގެ ބަޔާން ދޫކުރުމާމެދު ދައުލަތުން ބަލަންޖެހޭ ކަންކަން ބައްލަވާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމުގެ ބައި ކުރިއަށް ގެންދެވުމަށް ނިންމަވާފައެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާވެސް އިއްވާފައެވެ. އެގޮތުން ދައުލަތުން އޭނާގެ މައްޗަށް ކުރަނީ ރާއްޖެއިން ބޭރުގައި ހިނގާ ދާޚިލީ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.

ދައުލަތުން ބުނާ ގޮތުގައި އެ ދައުވާ އޭނާގެ މައްޗަށް ކުރަނީ ދުބާއީގައި ޗުއްޓީ ހޭދަކުރުމަށްކަމަށް ބުނެ، ސީރިޔާގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސްފައިވާތީއެވެ. މި ކުށުގެ އަދަބަކީ 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ދައުވާލިބޭ ފަރާތުން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.

ދައުލަތުން ވަނީ ދައުވާ ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިތައް ޚުލާސާ ގޮތެއްގައި ހާމަ ކުރައްވާފައެވެ.

އެއަށްފަހު ދިފާއުގެ އެދުމުގެ މަތިން ގާޒީ ވަނީ ދިފާއަށް ލިއުމުން ހެކި ހުށައެޅުމަށް ފުރުސަތު ދެއްވާފައެވެ. އެގޮތުން މާރޗު މަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ދެއްވާފައެވެ. އަދި މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ގާޒީ ނިންމެވިއެވެ.

އަދި ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ފުރުސަތު ދެއްވާފައެވެ.

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް