Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގެ، ފުލުހުންގެ ރިޕޯޓް މިއަދު ހަވީރު ވަނީ ލިބިފައި: ރައީސް

21 މާރިޗު 2023 | އަންގާރަ 17:07

ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓް، ޑިފެންސް މިނިސްޓްރީން ބުދަ ދުވަހު އެމަނިކުފާނަށް އަރުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 މާރިޗު 2023 | އަންގާރަ 17:07
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުހައްމަދު ސާލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅި މައްސަލާގައި ކަން ހިނގައިދިޔަގޮތުގެ ފުލުހުންގެ ރިޕޯޓް، އަންގާރަ ދުވަހުގެ ހަވީރު ލިބިވަޑައިގަންނަވާފައިވާކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހައްދަވާ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިން ދެންނެވި ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސެކިޔުރިޓީގެ ކަންކަން ބަލަހައްޓަވަނީ ޑިފެންސް މިނިސްޓްރީން ކަމަށާއި، ކަން ހިނގައިދިޔަގޮތުގެ ރިޕޯޓް ޑިފެންސް މިނިސްޓްރީން ބުދަ ދުވަހު އެމަނިކުފާނު އަތްޕުޅަށް އަރުވާނެކަމަށެވެ. އެމަނިކުފާނު ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލާގައި އެއްޗެއް ވިދާޅުވާން އެނގޭނީ ރިޕޯޓްތައް ބެއްލެވުމަށްފަހު ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގައިދިޔަ ކަންކަން ބެލުމަށް ގައުމީ ދިފާއީ ބާރުން ޚާއްޞަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެކަމާ ގުޅޭގޮތުން ގައުމީ ދިފާއީ ބާރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ކޮމިޓީއަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ލީޑަރޝިޕްގެ މަޝްވަރާގެ މަތިން ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ޚާއްޞަ ކޮމިޓީއެއްކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން މިހާރު ވަނީ، މިފަދަ ކަމެއް ދިމާވުމުން އެމްއެންޑީއެފްގައި އަމަލުކުރަމުން އަންނަ ޕްރޮސީޖަރތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހީމް، މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން އެކަހެރިކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޕްރެޒިޑެންސަލް ގާޑްސް ވަގުތީގޮތުން ހިންގެވުން މިހާރު ހަވާލުކުރައްވާފައިވަނީ މޭޖަރ އިބްރާހީމް ހަލީމާއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)ން ވެސް އަންނަނީ ބަލަމުންނެވެ. ކޮމިޓީގައި ނިންމާފައިވަނީ، މުއައްސަސާތަކުން އަމަލުކުރި ގޮތާއި އެ ފުރުސަތު ފަހިވި ގޮތް ބެލުމަށެވެ. އަދި އިތުރު ނުކުތާއެއްގެ ގޮތުގައި، މޮޓޯކޭޑު އަނބުރާލަން ޖެހުނު ސަބަބު ބެލުމަށްވެސް ނިންމިއެވެ. އަދި މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފާއި ފުލުހުން އަމަލުކުރި ގޮތުގެ ތަފްސީލު ހޯދަން ސިޓީއެއް ފޮނުވަން ވަނީ ހަމަޖެހިފައެވެ.

މި މައްސަލާގައި 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި 3 ފިރިހެނުންނެވެ. އަދި އެމީހުންނަށް ކްރިމިނަލް ކޯޓުން ވަނީ ބަންދުގެ މުއްދަތު ދީފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް