Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކުނި މެނޭޖްކުރުން

ދެމެހެއްޓިނިވި ދިރިއުޅުމަކަށް ކުނި ބަލާ "ދޮރުން – ދޮރަށް"

21 މާރިޗު 2023 | އަންގާރަ 05:50

ކުނި މެނޭޖްކޮށް، ދެމެހެއްޓެނިވި ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަށްޓަކާއި "ރީކެޕް"ގެ ޓީމުން، އާންމުން ދިރިއުޅޭ ގެތަކާއި ވިޔަފާރި ކުރާ ތަންތަނަށް ގޮސް ހަދާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 21 މާރިޗު 2023 | އަންގާރަ 05:50
ދެމެހެއްޓިނިވި ދިރިއުޅުމަކަށް ކުނި ބަލާ "ދޮރުން – ދޮރަށް"

ދެމެހެއްޓިނިވި ދިރިއުޅުމަކަށް ކުނި ބަލާ "ދޮރުން – ދޮރަށް"

ދެމެހެއްޓެނިވި ދިރިއުޅުމުގެ އާދަކާދައިގެ ވާހަކައަކީ ތާ އަބަދުމެ ދައްކާ ވާހަކައެކެވެ. ނަމަވެސް، އެކަމަކަށް ޢަމަލީ ސިފައެއް ގެނައުމަށް މަސައްކަތް ކުރާތީ ފެންނަނީ މަދު ބައެކޭވެސް ދެންނެވިދާނެއެވެ. އެކަމަށް ހިނގާ ޚަރަދާއި، އުފުލަން ޖެހޭ ބުރައިގެ ބޮޑު ކަމުން ކަމުގައިވެސް ވެދާނެއެވެ. ފަރުދީ ފެންވަރެއްގައި ކުރަން ވަކިން ތަކުލީފު ބޮޑު ކަމެއް ކަމުން، ދެމެހެއްޓެނިވި ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަށް އަތުކުރި އެއް ބަޔަކީ، އެކުވެރި ޢަރަބި ޢިމާރާތް (ޔުއޭއީ)އަށް ނިސްބަތްވާ "ރީކެޕް"އެވެ.

ކުނި މެނޭޖްކޮށް، ދެމެހެއްޓެނިވި ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަށްޓަކާއި "ރީކެޕް"ގެ ޓީމުން، އާންމުން ދިރިއުޅޭ ގެތަކާއި ވިޔަފާރި ކުރާ ތަންތަނަށް ގޮސް ހަދައެވެ. "ދޮރުން – ދޮރަށެވެ."

ޙަޤީޤަތުގައި "ރީކެޕް"އަކީ ޑިޖިޓަލް ޕްލެޓްފޯމެކެވެ. 46000 އެއްހާ ކަސްޓަމަރުންނާ އެންމެ ކުލިކެއް ދުރުގައި އޮތް "ރީކެޕް"ގެ އާބާދީ ހައްތަހާ ދަނީ ބޮޑުވަމުންނެވެ. "ރީކެޕް"އިން ވަނީ އުކާލާ ކުނި އަލުން ބޭނުން ކުރުމަށް ކުރަން ޖެހޭ ޚަރަދު ސުން ރޭޓަށް ތިރި ކޮށް، އަބޫދާބީއާއި ދުބާއީގެ ރަށްވެހިން އެކަމަށް އުފުލަން ޖެހޭ ތަކުލީފުތަކަށް ލުއި ހޯދާ ދީފައެވެ.

ކުޑަ ކުދިންގެ ހިތްތަކުގައި، ދެމެހެއްޓެނިވި މުސްތަޤުބަލުގެ ރޫޙު އަށަގެންނެވުމުގެ ގޮތުން، "ރީކެޕް"އިން ވަނީ، ރީސައިކަލް ކުރުމަށް ހާއްސަކޮށްގެން ސްކޫލްތަކުގައިވެސް ފޮށިތަކެއް ބަހައްޓާފައެވެ. ޝިޢާރެއް ކަމުގައި ވަނީ، "ކޮންމެ ފުޅިއެއްވެސް ގުނޭނެ" މި ޝިޢާރެވެ.

ދުބާއީގައި ހިންގާ ރީޖެންޓް އިންޓަރނޭޝަނަލް ސްކޫލްގެ ކީ ސްޓޭޖް 1ގެ އިސްވެރިޔާ ޖޮއޭން ލެޒްލީ ވިދާޅުވީ، އެ ސްކޫލްގެ ޓީޗަރުންނަކީވެސް އުކާލާ ކުނި، އަލުން ބޭނުން ކުރުމުގެ ޘަޤާފަތް ކުރިއަރުވާ، އެކަމަށް ހިތްވަރު ދޭ ބައެއް ކަމަށެވެ.

އަލުން ބޭނުން ކުރުމަށް ނުވަތަ ރީސައިކަލް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން "ރީކެޕް"އިން ދަނީ، ކޮތަޅުތަކުގެ ބަރުދަން ބަލާ، އެ މަޢުލޫމާތު ނޯޓު ކުރަމުންނެވެ. އަދި އެ މަޢުލުމާތަށް ބަލާ ޕޮއިންޓް ދެއެވެ. ޕޮއިންޓާ އެކު ލިބޭ ވައުޗަރުތަކަކީ، "ރީކެޕް"ގެ ޕަރޓްނަރ ކުންފުނިތަކުގައި ބޭނުން ކުރެވޭ ވައުޗަރުތަކެކެވެ.

ދުބާއީގައި "ރީކެޕް"އިން ދާދި ފަހުން ހުޅުވި ގުދަނުގައި ކުރިއަށް ދަނީ އަލުން ބޭނުން ކުރެވެން ހުރި ކުނިބުނި، ބައިބަޔަށް ވަކި ކުރުމުގެ މަސައްކަތެވެ. އެއަށްފަހު، "ރީކެޕް"އާ ޕަރޓްނަރޝިޕް ހަދާފައި ވާ، އުފެއްދުންތެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ތަކެތި ފޯރުކޮށްދެއެވެ.

2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބަލާއިރު، "ރީކެޕް"އިން އެއްކުރި، އަލުން ބޭނުން ކުރެވިދާނެ ނުވަތަ ރީސައިކަލް ކުރެވިދާނެ ފަދަ ކުނިބުނީގެ ބަރުދަން، 558 ޓަނަށް އަރައެވެ. އޭގެ ތެރޭގައި 20 މިލިއަން ޕްލާސްޓިކް ފުޅި، 1 މިލިއަން (ސޮޑާ ހުސްކުރާ ވައްތަރު) ދަޅު، 840000 (ކިރު ހުސްކުރާ ވައްތަރު) ދަޅު އަދި 500000 ޕްލާސްޓިކް ޓްރޭ ހިމެނެއެވެ. މި މުއްދަތުގައި "ރީކެޕް"އިން ވަނީ، ޖައްވު ހޫނުކުރާ ވިހަ ގޭސް ކަމަށް ވާ ސީއޯ-ޓޫ ބޭރު ކުރާ މިންވަރު، 1180 ޓަން ދަށްކޮށްދީފައެވެ.

އިތުރަށް ކިޔާލަން

01 މެއި 2020

ފުރަތަމަ އެވޯޑް ބަލާދާނެ ފައިސާއެއް ނެތް: ކަންގަނާ

01 މެއި 2020
ފުރަތަމަ އެވޯޑް ބަލާދާނެ ފައިސާއެއް ނެތް: ކަންގަނާ
24 ފެބުރުއަރީ 2020

ޑީޑީއެލްޖޭއާ ޝޯލޭއަކީ ދުނިޔޭގެ އެތައް ބަޔަކު ފޯރިއާއެކު ބަލާ ފިލްމުތަކެއް: ޓްރަމްޕް

24 ފެބުރުއަރީ 2020
ޑީޑީއެލްޖޭއާ ޝޯލޭއަކީ ދުނިޔޭގެ އެތައް ބަޔަކު ފޯރިއާއެކު ބަލާ ފިލްމުތަކެއް: ޓްރަމްޕް
18 ނޮވެމްބަރު 2019

"ގުޑް ނިއުސް"ގެ ޓްރެއިލަރ ބަލާފަ ނުހީ ނުތިބެވޭނެ!

18 ނޮވެމްބަރު 2019
"ގުޑް ނިއުސް"ގެ ޓްރެއިލަރ ބަލާފަ ނުހީ ނުތިބެވޭނެ!
03 ނޮވެމްބަރު 2019

ޖޭސަން މޮމޯއާގެ އަނގައިގައި އޮތް ބިސްކޯދެއް ސާރިދޯޅަކަށް ކާންދޭ ވީޑިއޯ ދެކުނިންތަ؟

03 ނޮވެމްބަރު 2019
ޖޭސަން މޮމޯއާގެ އަނގައިގައި އޮތް ބިސްކޯދެއް ސާރިދޯޅަކަށް ކާންދޭ ވީޑިއޯ ދެކުނިންތަ؟
02 ޑިސެމްބަރު 2018

އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓް ދަރިން ބަލާނެ ގޮތުގެ އެއްބަސްވުމަކަށް އާދެވިއްޖެ

02 ޑިސެމްބަރު 2018
އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓް ދަރިން ބަލާނެ ގޮތުގެ އެއްބަސްވުމަކަށް އާދެވިއްޖެ
21 ޖެނުއަރީ 2018

މުދިމު ފަތިސް ނަމާދަށް ދިޔަ ދަނޑިވަޅު ބަލާފައި މުދިމުގެ އަނބިމީހާ ގާތައް ވަދެއްޖެ!

21 ޖެނުއަރީ 2018
މުދިމު ފަތިސް ނަމާދަށް ދިޔަ ދަނޑިވަޅު ބަލާފައި މުދިމުގެ އަނބިމީހާ ގާތައް ވަދެއްޖެ!
04 ޖެނުއަރީ 2018

ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް 1 މިލިއަން ޑޮލަރު ދިނުމަށް ހުކުމް ކޮށްފި

04 ޖެނުއަރީ 2018
ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް 1 މިލިއަން ޑޮލަރު ދިނުމަށް ހުކުމް ކޮށްފި
12 ސެޕްޓެމްބަރު 2017

އެންމެ ބޭނުންވަނީ ޑެރެންގެ ކޮމެޑީ ފިލްމެއް ބަލާލަން:ޖެނިފާ

12 ސެޕްޓެމްބަރު 2017
އެންމެ ބޭނުންވަނީ ޑެރެންގެ ކޮމެޑީ ފިލްމެއް ބަލާލަން:ޖެނިފާ
10 ޖުލައި 2017

ކުޅުނު ފިލްމުތަކާ އަޅާ ބަލާއިރު "ޖައްގާ ޖާސޫސް" އަކީ އެންމެ މަޖާކުރުވުނު ފިލްމު: ކެޓްރީނާ

10 ޖުލައި 2017
ކުޅުނު ފިލްމުތަކާ އަޅާ ބަލާއިރު "ޖައްގާ ޖާސޫސް" އަކީ އެންމެ މަޖާކުރުވުނު ފިލްމު: ކެޓްރީނާ
10 އެޕްރީލު 2017

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް