Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

ކައުންސިލް އިންތިޚާބުގެ ކެނޑިޑެސީ ޤަބޫލުކުރުމަށް ކަނޑައަޅާފައިވާ މުއްދަތަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް

ކޯޓަށް މައްސަލަ ހުށަހެޅޭނީ 5 ދުވަހުގެ މުއްދަތު ހަމަވާފަހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 މާރިޗު 2023 | ހޯމަ 10:40
ލޯކަލް ކައުންސިލް އިންތިޚާބު 2020

ލޯކަލް ކައުންސިލް އިންތިޚާބު 2020

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެނޑިޑެސީ ޤަބޫލުކުރުމަށް ކަނޑައަޅާފައިވާ އުސޫލަށް ބަދަލު ގެނައުމަށް ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހަޅުއްވާފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ، އިންތިހާބުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން އިލެކްޝަންސް ކޮމިޝަނުން އެ ފަރާތްތަކަށް އެންގުމަށް ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާ ބެހޭ އާންމު ގާނުނު) ގެ ދަށުން މިހާރު ކަނޑައަޅާފައިވާ 48 ގަޑިއިރުގެ މުއްދަތަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކުގައި އެކަން ކުރުމަށް އެކަށީގެންވާ މުއްދަތެއްކަމުގައި ނުވާތީ، އެ މުއްދަތު 5 ދުވަހަށް އިތުރުކުރުމަށްޓަކައި، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިތުރުކުރެވޭ 1-15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މި ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވަގެން 5 ދުވަހުގެ ތެރޭގައި، އެމީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެ ކަމަށެވެ.

މި މާއްދާގެ (ށ) ގައި ބުނެފައިވަނީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުމާމެދު 15 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމުގައާއި، އެ ނިންމުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް އެންގުމުގައާއި، އެފަދައިން އަންގާ އެންގުމަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 21 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ އުސޫލުތަކަށާއި އިޖުރާއަތުތަކަށެވެ.

15 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ 15 ވަނަ މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާ ބެގޭ އާންމު ގާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ކޯޓަށް މައްސަލަ ހުށަހެޅުމަށްޓަކައި އެ މާއްދާގެ (ޅ) ގައި ކަނޑައަޅާފައިވާ މުއްދަތު ހިނގަން ފަށާނީ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ހަމަވާ ވަގުތުން ފެށިގެން ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 17 ވަނަ މާއްދާއަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިއުލާނުކުރުމާއި، ކެންޑިޑޭޓުންނާ ގުޅޭ އާންމު އުސޫލުތައް ކަނޑައެޅުމާއި ގުޅޭ މި މާއްދާގައި ބުނެފައިވަނީ މި ގާނޫނުގެ 9 ވަނަ މާއްދާއިން ފެށިގެން 12 ވަނަ މާއްދާ އަދި 14 އާއި 15 ވަނަ މާއްދާއާއި، 1-15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، އިންތިހާބު އިއުލާންކުރުމާއި، ކެންޑިޑޭޓުންނާގުޅޭ ގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި އެކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 44 މެންބަރުން ވަނީ އިސްލާހު ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް ވޯޓު ދެއްވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު