Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައިބަރ ކްރައިމް

ސައިބަރސްޕޭސްގައި ހިންގާ ހުއްދަނޫން ޢަމަލުތައް ކުށް ކަމުގައި ކަނޑައެޅުމަށް ދެގާނޫނަކަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް

20 މާރިޗު 2023 | ހޯމަ 09:30

ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން ކުށަކަށް ހެދުމަށް ހިމަނާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 މާރިޗު 2023 | ހޯމަ 09:30
ދަރިން ޝިކާރަ ކުރުމަށް އިންޓަނެޓްގެ ދުނިޔޭގައި ބަޔަކު ފާރަލާ، ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރަން ޖެހޭ: ޚުތުބާ

ދަރިން ޝިކާރަ ކުރުމަށް އިންޓަނެޓްގެ ދުނިޔޭގައި ބަޔަކު ފާރަލާ، ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރަން ޖެހޭ: ޚުތުބާ

ސައިބަރސްޕޭސްގައި ހިންގާ ހުއްދަނޫން ޢަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމަށާއި އެ ކުށްތަކާގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް 2 ޤާނޫނަކަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒުއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދުއެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅުމުގެ ބިލަކީ ސައިބަރ ސްޕޭސްގައި ކުރާ ކުށްތައް ދިވެހިރާއްޖޭގައި އިތުރުވަމުންދާތީއާއި އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ އަމަލުތައް ހިންގަމުންދާ ގޮތް، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާތީ، ސައިބަރ ކްރައިމާއި ގުޅުން ހުރި އަމަލުތައް އެއީ ކުށްކަމުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހަޅާ ބިލެކެވެ.

އެގޮތުން މި ބިލުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ހުށަހަޅާ މައިގަނޑު އިސްލާހަކީ، 9 އަމަލަކީ ކުށްތަކެއް ކަމުގައި ކަނޑައެޅުމަށާއި، އެ ކުށްތަކަށް އެކަށީގެންވާ އަދަބު ކަނޑައެޅުމެވެ.

ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން

އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން

ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓް ކުރުން

ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާއަށް އިންޓަރފިއަރ ކުރުން

ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަރފިއަރ ކުރުން

ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން

ސައިބަރ ވަޔަލެންސްގެ އަމަލުތައް (ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިރުކުރުން، ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ޝާއިރުކުރުމުގެ ބޭނުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުން އަދި ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން)

ކޮމްޕިއުޓަރާއި ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް

ކޮޕީރައިޓާއި އެއާއިގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަމުގެ އަމަލުތައް

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ސައިބަރ ސްޕޭސްގައި ކުރާ ކުށްތައް ދިވެހިރާއްޖޭގައި އިތުރުވަމުންދާތީ، އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ އަމަލުތައް ހިންގަމުންދާ ގޮތް، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާތީ، އެފަދަ ސައިބަރކްރައިމާއި އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭންޖެހޭ ބާރުތައް ލިބިދީ، އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާ އުފުލުމުގައި އަމަލުކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށްޓަކައި ހުށަހަޅާ ބިލެކެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހުށަހަޅާ ކަންކަމުގެ ތެރޭގައި ޒާތީ މުއާމަލާތް އިންޓަސެޕްޓްކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތަކަށް ބައެއް ބަދަލުގެނައުމުގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ބައެއް ބާރުތައް ލިބިދިނުމަށް ކަނޑައަޅަންޖެހޭ ކަނޑައެޅުމަށް އެގާނޫނަށް ހުށަހަޅަންޖެހޭ އިސްލާހުތައް ހިމެނެއެވެ.

ސަރވިސް ޕްރޮވައިޑަރުން ސަބްސްކްރައިބަރ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑޭޓާ ރިޓެއިންކުރުމާއި ގުޅޭ އިޖުރާއަތު

ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒަރވްކުރުމަށާއި، ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖުރާޢަތު

ކޮމްޕިއުޓަރ ޑޭޓާއާއި، ސަބްސްކްރައިބަރ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒްކުރުމުގެ އިޖްރާއަތު

ރައްކާކޮށްފައިވާ ކޮމްޕިއުޓސރ ޑޭޓާ ބަލައި ފާސްކުރުމާއި، އެޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތު

ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެ އަމުރު ތަންފީޒްކުރުމުގެ އިޖްރާއަތު

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ ވޯޓުންނެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ ވޯޓުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް