Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ރޯދަ މަހު ބީއެމްއެލް ހުޅުވާފައި ހުންނާނީ 9:30-12:00 އަށް

20 މާރިޗު 2023 | ހޯމަ 02:06

ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުވެސް ބޭންކު ހުޅުވާނީ 9:30 އިން 12:00 އަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 މާރިޗު 2023 | ހޯމަ 02:06
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ކުރިއަށް އޮތް ރޯދަ މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތައް އެ ބޭންކުން އާއްމުކޮށްފިއެވެ.

އެ ބޭންކުން ބުނެފައިވާ ގޮތުގައި ރޯދަ މަސް ނިމެންދެން ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު 12:00 އާ ހަމައަށް ކަމަށެވެ. އަދި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ބޭންކު ހުޅުވާފައި ހުންނާނީ މި ގަޑިތަކުގައި ކަމަށް އެ ބޭންކުން ބުނެއެވެ.

ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކުތައް ތިން ގަޑިއިރަށް ހުޅުވައިގެން ޚިދުމަތް ދިން ނަމަވެސް މިހާރެކޭ އެއްގޮތަށް ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ރަށްރަށުގައި ތިބޭ ބީއެމްއެލް ކޭޝް އެޖެންޓުން މެދުވެރިކޮށް ވެސް އަސާސީ ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި މި މުއްދަތުގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން ނުވަތަ ޓީޓީ އާއި ބީއެމްއެލްގެ ޗެކު ޕްރޮސެސް ކުރުމާއި މުވައްޒަފުންނަށް މުސާރަ ޖަމާކޮށްދިނުމާއި ލޯކަލް ޓްރާންސްފަރ އަދި ޕޭމަންޓުގެ ޚިދުމަތް އޮންލައިންކޮށް ލިބިގެންދާނެއެވެ. ނަމަވެސް އެ ދުވަހުން ދުވަހަށް ޚިދުމަތް ލިބޭނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 11:00 ގެ ކުރިން ލިބޭ ރިކުއެސްޓުތަކަށް ކަމަށް ބޭންކުން ބުނެއެވެ. އޭގެ ފަހުން ލިބޭ ރިކުއެސްޓުތައް ޕްރޮސެސް ކުރާނީ ދެން ބޭންކު ހުޅުވާ ދުވަހެއްގައެވެ.

ބީއެމްއެލްގެ ޗެކުތައް ފިޔަވައި އެހެނިހެން ބޭންކުތަކުގެ ޗެކުތައް ޕްރޮސެސް ކުރާނީ ހެނދުނު 9:00 ގެ ކުރިން ޖަމާ ކުރުމުންނެވެ. އޭގެ ފަހުން ޖަމާ ކުރާ ޗެކުތައް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވަނީ ދެން ބޭންކު ހުޅުވާ ދުވަހެއްގައެވެ.

އެ ބޭންކުން ކަސްޓަމަރުންގެ ފަރާތުން އެދިފައިވަނީ އިންޓަރނެޓް ބޭންކިން އަދި މޯބައިލް އެޕްލިކޭޝަން މެެދުވެރިކޮށް ޚިދުމަތް ހޯދުމަށެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
10 ފެބުރުއަރީ 2017

ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި

10 ފެބުރުއަރީ 2017
ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް