Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް މަރާލި މައްސަލަ

ޓެކްސީ ޑްރައިވަރު ގާސިމް މަރާލިކަން އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

19 މާރިޗު 2023 | އާދީއްތަ 09:42

ގާސިމް މަރާލާފައިވަނީ ޑިސެމްބަރު 4، 2019 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 މާރިޗު 2023 | އާދީއްތަ 09:42
ގާސިމް މަރާލި މައްސަލައިގައި ކުށްވެރިވެފައިވާ އަދުހަމް

ގާސިމް މަރާލި މައްސަލައިގައި ކުށްވެރިވެފައިވާ އަދުހަމް

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލިކަން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ސާބިތުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ އަޑުއެހުމަކީ ދައުވާއާމެދު ގޮތެއް ނިންމުމަށް ކުރިއަށްގެންދިޔަ އަޑުއެހުމެކެވެ. ގާސިމް މަރާލާފައި އޮއްވާ ފެނިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރު ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:07 ހާއިރުއެވެ.

Advertisement - newsAdvertisement

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢްވާ އަދުހަމް މުޙައްމަދުގެ މައްޗަށްކޮށް އުފުލާފައިވާ ކަަމަށެވެ. އަދި މިއީ ހުޅުމާލޭގައި، 04 ޑިސެމްބަރު 2019 ދުވަހުގެރޭ، އަދުހަމްގެ އަތުގައި އޮތް، ތިލައިގެ ގާތްގަނޑަކަށް 06 (ހައެއް) އިންޗި ހުރި ވަޅިއަކުން ޙަމަލާދީ، މީހަކު މަރާލާފައިވާތީ ކޮށްފައިވާ ދަޢުވާއެކެވެ.

މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ތަހުގީގުގައި އަދުހަމް އެކި ފަހަރުމަތިން ގާސިމް އަށް ހަމަލާދިން ގޮތާއިމެދު އެކި ގޮތަށް ވާހަކަ ދައްކާފައިވީނަމަވެސް، ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

ގާޒީ ވަނީ ކާރުން ފެނުނު ޑީއެންއޭއާއި، ހަމަލާދިން ވަޅިން ފެނުނު ޑީއެންއޭ އަދުހަމްގެ ޑީއެންއޭއާއި ދިމާވާކަމަށް ބުނެފައެވެ. މަސްތުގެ ހާލަތުގައި ހުރެގެން ހަމަލާ ދިން ނަމަވެސް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައިވައިވީނަމަވެސް، މީހަކު މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށް ގާޒީ ވިދާޅުވިއެވެ.

އަދި މީހުން ދިރިނޫޅޭ ހިސާބެއްގައި ދިން ހަމަލާއަކަށްވެފައި، ހަމަލާއަށްފަހު އަދުހަމް، ގާސިމްއަށް އެހީތެރިވާން މަސައްކަތް ކުރިނަމަ އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތްކަމަށް ބެލެވިދާނެކަމަށެވެ. އެހެންނަމަވެސް ފިލައިގެން ދިއުމުގެ ސަބަބުން ގާސިމް މަރާލުމުގެ ގަސްތު އަދުހަމްގެ ކިބައިގައި އޮތްކަން ސާބިތުވާކަމަށް ގާޒީ ވަނީ ކަނޑައަޅާފައެވެ.

އަދުހަމް ވަނީ ކުށަށް އިއުތިރާފްވުމަށްފަހު ފަހުން އިއުތިރާފް އަނބުރާ ގެންގޮސްފައެވެ. އަދި ފަހުން އެ ކުށަށް އިއުތިރާފްވެފައެވެ.

ކުށްވެރިވެއްޖެކަމަށް ކަނޑައެޅުމަށްފަހު ގާޒީ ވަނީ އަދަބު ކަނޑައަޅާނީ ގާސިމްގެ ވާރިސުން ތިބިތޯ ބެލުމަށްފަހުގައި ވާރިސުންގެ ބަސް ނެގުމަށްފަހުގައިކަމަށް ވިދާޅުވެފައެވެ. އަދި ޝަރުއީ ކޯޓަކުން ގާސިމްގެ ވާރިސުން ކަނޑައަޅާފައި ނެތް ނަމަ ވާރިސުން ހޯދުމަށް ދައުލަތަށް ވަނީ 8 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
19 މާރިޗު 2017

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް