Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނަސްގެ މަރު

އަނަސްގެ މަރު: ދެން އޮތީ ޚުލާސާ ބަޔާން އިއްވުން، ދައުވާ ލިބޭ މީހުންގެ ބަންދަށް ލުޔެއް ނުދޭ

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 މާރިޗު 2023 | އާދީއްތަ 07:39
އަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރުގެ މައްސަލަ

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދެން އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑު އެހުން ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެއްޖެއެވެ.

މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން އޮންނާނީ އަންނަ އެޕްރިލް މަހުގެ 13 ވަނަ ދުވަހު 09:30ގައި ކަމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފައެވެ. ހުލާސާ ބަޔާނަށް ފަހު ދެން އޮންނާނީ ހުކުމް އިއްވުމެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު އޮތީ މ. ލޮނުމިދިލިގޭ، އަފްރާހް ޢަބްދުއްރައްޒާޤް އާއި، ސ.ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ތ.ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ސާޒްގެ އިތުރުން ލ.ގަން ތުނޑި، ނަންނާރިގެ ޖުނައިހު އަބްދުﷲގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ. އާދިއްތަ ދުވަހު އޮތީ އަފްރާހުގެ މައްޗަށް އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، ސާޒް އާއި ސިމާހު އަދި ޖުނައިހުގެ އިތުރުން މަހްފޫޒުގެ މައްޗަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާގެ ޝަރީއަތެވެ.

އެ އަޑު އެހުމުގައި އޮތީ ހަތަރު ގަޒިއްޔާ ގުޅިގެން ހެކިތަކާއި ގުޅިގެން ވާހަކަދައްކަން ތާވަލްކޮށްފައެވެ. ދައުލަތުން ވަނީ ހެއްކާއި ބެހޭ ގޮތުން ވާހަކަދައްކަން ލިބުނު ފުރުސަތު ދޫކޮށްލާފައެވެ. ދައުލަތުން އެދުނީ ހެއްކާއި ބެހޭ ގޮތުން ވާހަކަދެއްކުން ހުލާސާ ބަޔާން އެކުއެކީގައި ކުރިއަށްގެންދިއުމުގެ ފުރުސަތަކަށެވެ.

ދިފާއީ ވަކީލުން ވަނީ ހެއްކާއި ބެހޭ ގޮތުން ދައުލަތުން ވާހަކަ ނުދައްކަވާތީ އެ ފަރާތްތަކަށް ހެއްކާއި ބެހޭ ގޮތުން ވާހަކަދައްކަން ދިން ފުރުސަތުގެ ބޭނުން ނުކުރަން ނިންމާފައެވެ. އަދި ހެކިތަކާއި ބެހޭގޮތުން ވަކި އަޑުއެހުމެއް ދިފާއުން އެދިފައިވެއެވެ. މީގެ އިތުރުން މި މައްސަލަ އާއި ގުޅުން ހުރި ބައެއް ލިޔުންތައް ނުލިބިވާ ކަަމަށް ދިފާއުން ފާހަގަކުރިއެވެ. ދިފާއީ ވަކީލުން ވިދާޅުވީ ހެއްކާއި ބެހޭ ގޮތުން ވާހަކަދައްކަން ބޭނުންވަނީ ދައުލަތުން ހުލާސާ ބަޔާން ހުށަހެޅުމުން ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ ވަނީ ހެއްކާއި ބެހޭ ގޮތުން ވާހަކަދައްކާ ނަމަ މި އަޑުއެހުމުގައި ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ދިފާއުން ވަނީ މި މައްސަލަ ސާބިތުކުރަން ހެކި ހުށަހެޅިފައި ނުވާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި މި މައްސަލަ އަކީ ހެކި ހުރި މައްސަލަ އެއް ނޫން ކަމަށް ވެސް ދިފާއުން ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުން ވަނީ އެ ފަރާތްތައް ބަންދުގައި ބޭތިއްބީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށް ބުނެ ކަމަށާއި މިހާރު ހެކި ބަސް ނެގުމުގެ މަރުހަލާ ނިމުމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނެތް ކަމަށް ފާހަގަކޮށްފައެވެ. އަދި ކުރިއަށް އޮތީ ރޯދަ މަސް ކަަމަށް ވުމާއި އެކު ހުކުރު ނަމާދު ޖަލު ނޫން ތަނެއްގައި ކުރުމުގެ ފުރުސަތަކަށް އެދޭ ކަމަށް ވެސް ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން ގާޒީ ވިދާޅުވީ އެ މީހުން ބަންދުގައި ބައިތިއްބާފައި ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުގެ އިތުރުޖން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ. އެ މީހުންގެ ފަރާތުން މުޖުތަމައު އަށް ނުރައްކަލެއްް ފޯރާފާނެ ކަމަށް ބެލެވޭ ހާލަތަށް އަދި ބަދަލެއް އައި ކަމަށް ޝަރީއަތަށް ނުފެންނަ ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން އެ މީހުންގެ ބަންދަށް ލުއި ދެވެން ނެކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރެއެވެ. އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު