Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ރައްކާ2023" ނިންމާލުން

"ރައްކާ 2023" ގެ ނަމުގައި ކުޅުދުއްފުށި ސިޓީގައިކުރިއަށް ގެންދިޔަ މަގުމަތީގެ ރައްކާތެރިކަމާގުޅޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ރައްކާ2023 ގެ ދަށުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި 105 ދަރިވަރުންވަނީ ތަމްރީން ކޮށްފައި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް, ރާއްޖެ އެމްވީ | 18 މާރިޗު 2023 | ހޮނިހިރު 13:02
ފަހިރާސްތާ ޕްރޮގްރާމް ގެތެރެއިން، ކުރިއޭޓް ކޮށްފައިވާ އެކްސިޑެންޓް ސީން އެއްގައި އެމްއާރުސީން ހަރަކާތްތެރިވަނީ

ފަހިރާސްތާ ޕްރޮގްރާމް ގެތެރެއިން، ކުރިއޭޓް ކޮށްފައިވާ އެކްސިޑެންޓް ސީން އެއްގައި އެމްއާރުސީން ހަރަކާތްތެރިވަނީ

ރޯޑް ޕޮލިސް އަދި ކުޅުދުއްފުށި ސިޓީ ފުލުން ގުޅިގެން "ރައްކާ2023" ގެ ނަމުގައި ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މަގުމަތީގެ ރައްކާތެރިކަމާގުޅޭގޮތުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ފެށި "ރައްކާ 2023" މިޕްރޮގްރާމްގެ ގެ ދަށުން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ. އެގޮތުން "ފަހިރާސްތާ" މިނަމުގައި މަގުމަތީގައި އެކި ސަރަހައްދުތަކުގައި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. އެގޮތުން މަގުމަތީގެ އެކްސިޑެންޓް އެއް ހިނގުމުން އެވަގުތަކު އަމަލުކުރާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން އާންމުނަށް އަންގައި ދިނުމަށް އެފަދަ ސީންތައް ކުރިއޭޓްކޮށް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ، އަދި ލީފްލެޓްގެ ޒަރީއާއިންވެސް މައުލޫމާތު ފޯރުކޮށްދިނުމަށް ލީފްލެޓް އާންމުންނަށް ފޯރުކޮށްދިނެވެ.

Advertisement - newsAdvertisement

މިޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށި 3 ސްކޫލް ކަމުގައިވާ ޖަލާލުއްދީން ސްކޫލް ، ހދ އަތޮޅު ތައުލީމީ މަރުކަޒު އަދި އަފީފުއްދީން ސްކޫލް ހިމެނޭހެން ކޮންމެ ސްކޫލަކުން 35 ދަރިވަރުން ނަގައި ޖުމްލަ 105 ދަރިވަރަކު ޓްރެފިކް މޮނިޓަރުންގެ ގޮތުގައިވަނީ ތަމްރީން ކޮށްފައެވެ. މިކުދިން މިހާރުވަނީ ސްކޫލްތަކުގެ ކިޔެވުން ފެށޭގަޑީގައި ސްކޫލް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ޓްރެފިކް މޮނިޓަރުން ތަމްރީން ކުރުމަށް މިމަހުގެ 11 އިން 16 އަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ނިންމާ އެކުދިންނަށް ސެޓފިކެޓް ދިނުމަށް މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލްގައިވަނީ ހާއްސަ ރައްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްހެ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ސްކޫލް ދަރިވަރުންތަކެއް ތަމްރީންކޮށް އެމަސައްކަތް އަމަލީ ގޮތުން ކުރަންފެށުމަކީ ކުޅުދުއްފުއްޓަށް ވަރަށް ބޮޑައް ބޭނުނވެފައިވާ ހިދުމަތެއްކަމަށެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓޭނީ އެންމެން އެކަމަށް މަސައްކަތް ކޮށްގެންކަން ފާހަގަކުރައްވަމުން ވިދާޅުވީ ސިންގަޕޫރު ، ސިންގަޕޫރަކަށް ވީ އެތައްބައެއްގެ ބޮޑު ޤުރުބާނީއަކުންކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ ނަމޫނާ ސިޓީއަކަށް ހެދުމަށް އެންމެން މިކަމަށް އެއްބާރުލުން ދެއްވުމަށް އެދިލެއްވިއެވެ.

މީގެ އިތުރުން މިޕްރޮގްރާމްގެ ދަށުން ކުލުދުއްފުށީ ސްކޫލްތަކުގެ ބެލެނިވެރިންނަށާއި ގްރޭޑް 7 މަތީގެ ހުރިހާ ދަރިވަރުންނަށް މަގުމަތީގެ ރައްކާތެރިކަމާގުޅެގޮތުން މައުލޫމާތުދިނުމުގެ ސެޝަންތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ހދ.އަތޮޅު ތަޢުލީމީ މަރުކަޒާއި, ޖަލާލުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލުގެ ސީނިއަރ މެނޭޖްމަންޓަށް ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގެ ބޭނުމާއި، މުހިއްމުކަމާއި އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސެޝަންއެއްވަނީ ކުރިއަށް ގެންދެވިފައެވެ. މި ސެޝަން ނަންގަވައިދެއްވީ ޣާޒީ ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދުއެވެ.

"ރައްކާ2023" ގެ ނަމުގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގެ ތެރޭގައި ސްކޫލް ކުދިންނަށް ހުޅުވާލައިގެން ޕޯސްޓަރ ކުރެހުމުގެ މުބާރާތެއްވެސް ވަނީ ކުރިއަށް ކުރިއަށް ގެންގޮސްފައެވެ. ރައްކާ ޕޯސްޓަރ ޑްރޯވިން ކޮމްޕިޓިޝަން ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅުދުއްފުށީގެ 3 ސްކޫލުން 177 ދަރިވަރުންވަނީ ބައިވެރިވެ ޕޯސްޓަރ ކުރަހާފައެވެ.

3 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުން ކޮންމެ ގްރޫޕަކުން 1ވަނަ 2 ވަނަ 3 ވަނަ އަށް ވަނީ ސެޓްފިކެޓާއި ތްރޮފީ ހަދި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ. މިޕޯސްޓަރ ކުރެހުމުގެ މުޅިމުބާރާތުން 1 ވަނަ ލިބިފައިވަނީ ޖަލްލީ ބިންތު ޖުޒުއަލް އަށެވެ.

ވަނަ ތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްފައިވަނީ 17 ވަނަ ދުވަހުގެރޭ އަފީފުއްދީން ސްކޫލް ގައި ބޭއްވި "ރައްކާ2023 އެޕްރިސިއޭޝަން ނައިޓްގައެވެ. މިރަސްމިއްޔާތުގައި މުޅި މިހަރަކާތުގައި އެހިތެރިވި ފަރާތްތަކަށްވެސް އަގުވަޒަން ކުރުމުގެ ލިއުން ވަނީ ހަވާލުކޮށްފައެވެ. އަދި މިޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލުވުނު ކަމައްޓަކައި އެހީތެރިވި ހުރިހާ ފަރާތްތަކަަށް ފުލުންގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު