Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބު ރައީސަށް ކާމިޔާބު ކުރެއްވޭނެ

އިންތިޚާބަށް ޖޭޕީން ނުކުތް ނަމަވެސް ރައީސަށް ޗެލެންޖަކަށް ނުވާނެ: ސަރުކާރު

ރައީސް ސާލިހުގެ މިވަގުތުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުން

އަމްނާ އިމާދު
އަމްނާ އިމާދު | 16 މާރިޗު 2023 | ބުރާސްފަތި 10:37
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހމް

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމިނަމަވެސް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ޗެލެންޖަކަށް ނުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ޖޭޕީން އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނަމަ ކަންތައްތައް ކުރައްވާނެ ގޮތާމެދު ރައީސް ސާލިހު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދިއުމަށް ދަތިވާނެކަމަށް މިއުވާން ވިދާޅުވިއެވެ. ޖޭޕީގެ ސިޔާސީ ސްލޮޓްތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ މަގާމުތަކަށް ވާނީ ކިހިނެތްތޯ ދެންނެވުމުން ސީދާ ޖަވާބެއް މިއުވާން ދެއްވާފައިނުވެއެވެ.

ރައީސް ސާލިހުގެ މިވަގުތުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުންކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ، ސަރުކާރު ހިންގުމަށް އެއްބާރުލުން ދެއްވާ ބޭފުޅުންނާއެކު ކުރިއަށް ވަޑައިގަތުމުގައި ދައްޗެއް ކުރިމަތިނުވާނެ ކަމަށާއި، ބޭރުގެ އެއްވެސް ސަރުކާރެއްގެ ނުފޫޒެއް މިސަރުކާރަށް ނެތްކަމަށެވެ.

ޖެޕީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ކޯލިޝަން އެކުލަވާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައިވަނިކޮށެވެ. ޖޭޕީއަކީ މިހާރު ސަރުކާރު ޕާޓްނަރެކެވެ. އަދި މިމަހުގެ 16 ވީ ބުރާސްފަތި ދުވަހު ޖޭޕީގެ ފަރާތުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް އެ ޕާޓީން ނިންމާފައިވަނީ މާޗް 14 ވީ އަންގާރަ ދުވަހު ކުރިއަށްދިޔަ އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ހުރިހާ މެމްބަރުން ވަނީ މި ނިންމުމަށް އިއްތިފާގުވެފައެވެ. އެ ޕާޓިން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށެވެ. އެއާއެކު ބުދަ ދުވަހު މަޖިލީހުގައި ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުން ވަނީ ސަރުކާރުގައި ތިބި ޖޭޕީގެ ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ. އަދި ޖޭޕީ ކޯލިޝަނުން ބާކީނުކޮށް ބޭއްވެވި ހަމައެކަނި ވެރިއަކީ ރައީސް ސާލިހު ކަމަށް ވާއިރު، އެމަނިކުފާނާއެކު ޖޭޕީން އިތުރަށް މަސައްކަތް ނުކުރީ ކީއްވެތޯ އެ މެމްބަރުން ސުވާލު އުފެއްދެވިއެވެ.

ރައީސް އޮފީސްރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުޖޭޕީ

އިތުރަށް ކިޔާލަން

03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
23 ޑިސެމްބަރު 2024

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟
30 އޮކްޓޯބަރު 2024

އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

30 އޮކްޓޯބަރު 2024
އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''
29 އޮކްޓޯބަރު 2024

މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

29 އޮކްޓޯބަރު 2024
މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
27 އޮކްޓޯބަރު 2024

ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

27 އޮކްޓޯބަރު 2024
ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!
20 އޮކްޓޯބަރު 2024

އަންނަ މަހު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި

20 އޮކްޓޯބަރު 2024
އަންނަ މަހު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި
23 ސެޕްޓެމްބަރު 2024

މީޑިއާ ތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމާއި، ނުރުހޭ މީޑިއާތައް އެއް ފަރާތް ކުރުން!

23 ސެޕްޓެމްބަރު 2024
މީޑިއާ ތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމާއި، ނުރުހޭ މީޑިއާތައް އެއް ފަރާތް ކުރުން!
26 އޯގަސްޓު 2024

"ރައީސް ވިދާޅުވެގެން!"

26 އޯގަސްޓު 2024
"ރައީސް ވިދާޅުވެގެން!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު