Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މުލީ އެއާޕޯޓް ރަންވޭގައި އޭޕްރީލް މަހު ތާރު އަޅަން ފަށަނީ، އަލިފުށީގައި ފަށާނީ އޯގަސްޓު މަހު

މި ސަރުކާރުގެ ކޮންމެ 11 ދުވަހަކުން އެމްޓީސީސީން ވަނީ މަޝްރޫއެއް ނިންމައިފައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 15 މާރިޗު 2023 | ބުދަ 18:05
އެމްޓީސީސީހގެ ސީއިއޯ އާދަމް އާޒިމް

އެމްޓީސީސީހގެ ސީއިއޯ އާދަމް އާޒިމް

އެމްޓީސީސީން މިހާރު ތަރައްގީކުރަމުން ގެންދާ އެއާޕޯޓްތަކުގެ ރަންވޭގައި ތާރު އަޅަން ފަށާނެ ތާރީހުގެ އަދާހަމަ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެދެއްވައިފިއެވެ.

އެމްޓީސީސީން ތަރައްގީކުރި ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުއްވައިދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް އަޅައިދިން ހޯރަފުށީ އެއާޕޯޓާއި މާވަރުލު އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓަށް ފަހުގައި އެމްޓީސީސީން މިހާރު މަސައްކަތް ނިންމަމުން އަންނަ، މުލީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް، އެޕްރީލްމަހު ފަށާނެ ކަމަށެެވެ. އަދި އެ ކުންފުނިން، މަސައްކަތެއް ނިންމަމުން ގެންދާ، ފ. މަގޫދޫ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ވެސް، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، އެމްޓީސީސީން މަސައްކަތް ނިންމަމުން ގެންދާ، އަލިފުށީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ވެސް، އޮގަސްޓު މަހުގެ ތެރޭގައި ފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެމްޓީސީސީން މަސައްކަތްކުރަމުން ގެންދަނީ މި ދައުރުގެ ތެރޭގައި ތިން އެއާޕޯޓް ވެސް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވަންކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އާޒިމް ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ދިއްލޭނީ ރަންވޭގެ  ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިންމައިގެން ކަަމަށާއި އެ މަސައްކަތް ވެސް އޭޕްރީލްމަހުގެ ތެރޭގައި ނިންމަން މަސައްކަތްކުރަމުންދާ ކަމަށެވެ. ނ. މާފަރު އެއާޕޯޓު އެކްސްޕޭންޝަން ޕްރޮޖެކްޓް ވެސް އެއް އަހަރު ތެރޭގައި ނިންމަން އަމާޒު ހިފައިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މި ދައުރުގައި އެމްޓީސީސީން ޖުމުލަކޮށް އެގާރަ ދުވަހުން ޕްރޮޖެކްޓެއް ނިންމައިފައިވާ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ބުދަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ހުޅުއްވައިދެއްވައިފައެވެ. އާޒިމް ވިދާޅުވީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރެއްވި ފަރެސްމާތޮޑާ އެއާޕޯޓްގެ ކޯޒްވޭގެ މަޝްރޫއު ވެސް ޖުލައި މަހުގެ ތެރޭގައި ނިންމަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

އެމްޓީސީސީއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު