Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޭލްސްއަށް އާ ކެޕްޓަނެއް

ވޭލްސްގެ އާ ކެޕްޓަނަކަށް ރަމްސޭ

ރަމްސޭ ވަނީ ޤައުމީ ޓީމަށް 78 މެޗު ކުޅެފަ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 14 މާރިޗު 2023 | އަންގާރަ 16:54
ރަމްސޭ ކުރީގެ ކެޕްޓަން ބޭލްއާއެކު މެޗެއްގެ ތެރެއިން: ފޮޓޯ-ރަމްސޭ ޓްވީޓަރ

ރަމްސޭ ކުރީގެ ކެޕްޓަން ބޭލްއާއެކު މެޗެއްގެ ތެރެއިން: ފޮޓޯ-ރަމްސޭ ޓްވީޓަރ

ވޭލްސް ޤައުމީ ފުޓްބޯޅަ ޓީމްގެ އާ ކެޕްޓަނަކަށް އާރޮން ރަމްސޭ ހަމަޖައްސައިފިއެވެ.

ވޭލްސްއަށް އާ ކެޕްޓަނެއް މިހަޖަމެއްސީ އެންމެ ފަހުން އޮތް ވަރލްޑްކަޕަށްފަހު ޖެނުއަރީ މަހު ގެރެތު ބޭލް ކުޅުން ހުއްޓާލުމުންނެވެ. ބޭލް ވަނީ ޤައުމީ ޓީމާއި ކްލަބް ފުޓްބޯޅަވެސް ހުއްޓާލާފައެވެ. ވޭލްސްގެ ކެޕްޓަނަކަށް ރަމްސޭ ހަމަޖައްސާ ވައިސް ކެޕްޓަންކަން ދިނީ ޓޮޓެންހަމްގެ ޑިފެންޑަރ ބެން ޑޭވިސްއަށެވެ. ނީސްއަށް ކުޅެމުން އަންނަ ރަމްސޭ އަކީ މިހާރު ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާއެވެ. ބޭލް ކެޕްޓަނަކަށް ހުރިއިރު ވައިސް ކެޕްޓަނަކީވެސް ރަމްސޭއެވެ. އެހެންކަމުން ކޯޗު ޕޭޖްއަށް ކެޕްޓަނެއް ހަމަޖެއްސުންވީ ފަސޭހަ ނިންމުމަކަށެވެ. 32 އަހަރުގެ މިޑްފީލްޑަރ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 78 މެޗު ކުޅެދީފައެވެ.

ބޭލް ކުޅުން ހުއްޓާލިއިރު އޭނާއަކީ ވޭލްސްއަށް އެންމެ ގިނަ މެޗު ކުޅެ, އަދި އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. ބޭލް ކުޅުން ހުއްޓާލިފަހުން ވޭލްސް ކުޅޭ ފުރަތަމަ މެޗަކީ 2024 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ކްރޮއޭޝިޔާ އަދި ލެޓްވިއާއާ ވާދަކުރާ މެޗެވެ. އެ ދެމެޗަށް ނެގި ސްކޮޑްގައި މުޅިން އާ ހަތަރު ކުޅުންތެރިއަކަށް ކޯޗު ޕޭޖް ވަނީ ޖާގަ ދީފައެވެ.

ވޭލްސްއާރޮން ރަމްސޭ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2025

ލޯކަލް އިންތިޚާބުގައި ބަލިވެއްޖެ ނަމަ، ސްޓާމާގެ ވެރިކަން ނިމުމަކަށް އަންނާނެ ކަމަށް މެމްބަރުން ބުނަން ފަށައިފި

26 އޮކްޓޯބަރު 2025
ލޯކަލް އިންތިޚާބުގައި ބަލިވެއްޖެ ނަމަ، ސްޓާމާގެ ވެރިކަން ނިމުމަކަށް އަންނާނެ ކަމަށް މެމްބަރުން ބުނަން ފަށައިފި
12 ސެޕްޓެމްބަރު 2023

ލަޓްވިއާ ބަލިކޮށް ވޭލްސް އަށް އުންމީދެއް

12 ސެޕްޓެމްބަރު 2023
ލަޓްވިއާ ބަލިކޮށް ވޭލްސް އަށް އުންމީދެއް
10 ޖެނުއަރީ 2023

ކާމިޔާބު ކެރިއަރަކަށްފަހު ބޭލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

10 ޖެނުއަރީ 2023
ކާމިޔާބު ކެރިއަރަކަށްފަހު ބޭލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
21 ނޮވެމްބަރު 2022

ވޭލްސް ބަލިވިޔަނުދީ ސަލާމަތް ކޮށްދިނީ ބޭލް

21 ނޮވެމްބަރު 2022
ވޭލްސް ބަލިވިޔަނުދީ ސަލާމަތް ކޮށްދިނީ ބޭލް
21 ނޮވެމްބަރު 2022

އެމެރިކާ މެޗުގައި ރިސްކެއް ނަގަން ވޭލްސްގެ ކޯޗު ޕޭޖް ބޭނުމެއް ނުވޭ

21 ނޮވެމްބަރު 2022
އެމެރިކާ މެޗުގައި ރިސްކެއް ނަގަން ވޭލްސްގެ ކޯޗު ޕޭޖް ބޭނުމެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު